Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ދިވެހިންގެ ވިޔަފާރިތައް ބިދޭސީންގެ އަތް މައްޗަށް ދޫކޮށް އަތް އުރާލައިގެން ނުތިބެމާ!

ރާއްޖޭގެ ކުދި އަދި މެންދުފަންތީގެ ވިޔަފާރިތައް ކޮންޓްރޯލް ކުރަނީ ބިދޭސީން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2021 | އާދީއްތަ 10:58
ބިދޭސީންގެ މައްސަލައަކީ ހައްލުކުރަން އުނދަގޫ ވެފައި އޮތް މައްސަލައެއް

ބިދޭސީންގެ މައްސަލައަކީ ހައްލުކުރަން އުނދަގޫ ވެފައި އޮތް މައްސަލައެއް

ކުރިން ދިވެހިން ގަބޫލުކުރާ ގޮތުގައި ބިދޭސީން ރާއްޖެއަށް އެތެރެ ކުރަނީ "ލޭބަރު" މަސައްކަތް ކުރުމަށެވެ. އެމީހުން މަސައްކަތް ކުރަނީ ހަމައެކަނި މަގުތަކުގައި ގާ އެތުރުމަށާއި ކޮންސްޓަރަކްޝަން ސައިޓުތަކުގައި ކުރާ ބުރަ މަސައްކަތްތަކުގައި ކަމަށް ގަބޫލު ކުރެއެވެ. ނަމަވެސް މި މަންޒަރު ބަދަލުވެ، އެކުރެވުނު ހީ ކުށް ހީއަކަށް މިވަނީ ބަދަލުވެފައެވެ.

ރާއްޖޭގެ މަސައްކަތުގެ މާހައުލުގައި ބިދޭސީން މިހާރުވަނީ ހުރިހާ ދިމާއެއްގައިވެސް ވަކި ހިއްޕާލާފައެވެ. ކެއްކިއަސް، ފެހިއަސް، ބޯ ކޮށިއަސް، ވިޔަފާރި ކުރިއަސް ބިދޭސީންނެވެ. ރާއްޖޭގައި އިގްތިސާދުގައި މައިގަނޑު ދައުރު އަދާކުރާ މަސައްކަތްތަކުގެ ތެރެއިން މަސްވެރިކަމާއި، ފަތުރުވެރިކަމާއި ދަނޑުވެރިކަމުގައި އުޅެނީ ބިދޭސީންނެވެ. ގެސްޓް ހައުސް ވިޔަފާރިއާއި، ވަޑާން ކުރުމާއި، ކެއްކުމާއި، ފެހުމާއި، ލޮރީ ދުއްވުމާއި، ލޯންޗު އަދި ބޯޓު ފަހަރުގައި ފަޅުވެރިކަން ކުރުމުގައިވެސް ބިދޭސީންނެވެ. މިކަމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ. ދިވެހިންގެ އަތުން ހުރިހާ ކަމެއް ބީވެގެން ގޮސް ބިދޭސީންގެ އަތްމައްޗަށް ހުރިހާ ކަމެއް ދޫކޮށް އަތް އުރާލައިގެން ތިބެންވީ ހެއްޔެވެ.

މާލެ ތެރެއަށް ނުކުމެ ހިނގާލުމުން ބިދޭސީން ނުފެންނަ ވިޔަފާރިއެއް ނެތެވެ. ރާއްޖޭގެ ކުދި އަދި މެންދުފަންތީގެ ވިޔަފާރިތައް ކޮންޓްރޯލް ކުރަނީ ބިދޭސީންނެވެ. ދެން އޮތީ ޖަވާބު ނުލިބޭ ބޮޑު ސުވަލެވެ. މިކަން ހުއްޓުވާނީ ކިހިނެއް ހެއްޔެވެ؟ މިކަމުގައި އޮތީ ކޮން ބައެއްގެ އިހުމާލެއް ހެއްޔެވެ؟ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުން މިކަން ކުރެވިދާނެ ބާއެވެ؟ ދިވެހިންގެ ވިޔަފާރިތައް ދިވެހިންނަށް ހޯދައި ދެވިދާނެ ބާއެވެ؟

ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ކުރަމުން އަންނަ ވިޔަފާރިތައް ހުއްޓުވުމަށް މިހާރު މަޖިލީހަށް ވައްދާފައިވާ ބިލަކީ މުހިއްމު ބިލެކެވެ. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަށް ހުށަހެޅި އިސްލާހަކީ، ދިވެހިންގެ ނަމުގައި ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ބިދޭސީންނަށް ވިޔަފާރީގެ މަންފާ ލިބިދިނުމަށް، ހިންގާ ވިޔަފާރިތަކުގެ ސަބަބުން އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި، ދިވެހި ރައްޔިތުންނަށް ލިބޭ އިގްތިސާދީ ފުރުސަތުތައް ހަނިވިޔަ ނުދިނުމަށްޓަކައި ފިޔަވަޅު އެޅޭނެ އިންތިޒާމެއް ހަމަޖެހިގެންދާނެ އިސްލާހެވެ. މި ކަމަށް މަސައްކަތް ފަށާއިރު، ބިދޭސީންގެ ވިޔަފާރިތަކާއެކު ގައުމު އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ. ރާއްޖޭގައި މި މައްސަލަ އޮތީ ގައުމީ ސަލާމަތަށް ނުރައްކާވެފައިވާ މައްސަލައެއްގެ ދަރަޖައަށް ވެއްޓިފައެވެ.

އެންމެ ފަހުން އިކޮނޮމިކް މިނިސްޓްރީން އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގައި މިހާރު އުޅޭ ބިދާސީންގެ އަދަދު އުޅެނީ ދެލައްކަ އަށްޑިހަ އެއްހާހުން މަތީގައެވެ. "އަން ޑޮކިއުމެންޓެންޑް" ނުވަތަ ގަވާއިދާ ޚިލާފަށް އުޅެމުން އަންނަ ބިދޭސީންގެ މައްސަލަ އޮތީ ފާލުން ނެއްޓިފައެވެ. މި ވާހަކައަކީ އަލަށް ދައްކާ ވާހަކައެއް ނޫނެވެ. އަދި ބަޔަކަށް ނޭގޭ ވާހަކައެއްވެސް ނޫނެވެ. މި ވާހަކަތަކަކީ އެންމެނަށް އެނގޭ އެކަމަކު ނުހުއްޓުވި އޮތް ބޮޑު ފެއިލްވުމެކެވެ. އަބަދުވެސް ބިދޭސީން ވިޔަފާރިކޮށް ދިވެހިންނަށް އޮތް ފުރުސަތު ގެއްލުވާލާ ވާހަކައާ ހިސާބުން ސަރުކާރުން ދައްކަނީ ގާނޫނެއްގެ ވާހަކަ ނުވަތަ ކޮންމެވެސް ސިސްޓަމެއް ނެތް ވާހަކައެކެވެ. ބިދޭސީން ރާއްޖެ އެތެރެކޮށް އެކަމުން މަންފާ ހޯދާ ބަޔަކު އުޅޭކަމީ ފެންނަން އޮތް ހަގީގަތެކެވެ. ހައްލުކުރުމުގެ ބަދަލުގައި ދައްކާ ބަހަނާތައް ވަނީ ގިނަވެފަައެވެ.

ރާއްޖޭގައި 18،000ށްވުރެ ގިނަ ވިޔަފާރި ރަޖިސްޓްރީ ކޮށްފައި އޮތް ނަމަވެސް މީގެ އަޑީގައި ބިދޭސީން އުޅެނީ ކިތައް ވިޔަފާރީގައިތޯ ހޯދިފައެއް ނެތެވެ. އެހެންނަވެސް މިހާރު ހުށަހަޅާފައިވާ އިސްލާހާއެކު މިކަން ހައްލު ކުރުމަކީ ސަރުކާރުގެ މަގްސަދެކެވެ. ބިދޭސީން މިފަދައިން ހިންގާ ވިޔަފާރިތަކަކީ ވިޔަފާރި ކުރުމުގެ އެއްވެސް ހުއްދައެއް ނެތި ހިންގާ ތަންތަނެވެ. ނަމަވެސް ގަވާއިދާ ޚިލާފަށް ކުރާ މި މަސައްކަތްތައް ބަލައިގަންނަ ބަޔަކު ތިބެއެވެ. އެމީހުންގެ އުފެއްދުންތައް ގަނެ ވިއްކާ ހެދުމަކީ ވިޔަފާރިކުރާ ބިދޭސީންނަށް ލިބޭ ހިތްވަރެކެވެ. އެމީހުންނަށް ލިބޭ ކުރިއެރުމެކެވެ. ސަބަބަކަށް ވެގެން ދަނީ މިފަދަ ބިދޭސީންގެ ނެޓްވޯކް ވަރުގަދަ ކަމެވެ. އެމީހުން ތިބެނީ ފިހާރަތައް ހިންގަން ތިބޭ ބިދޭސީ ސޭޓުންނާއި ޑީލް ހަދައިގެންނެވެ.

ދިވެހިންގެ އާބާދީގެ ދެބައިކުޅަ އެއްބައަށްވުރެ ގިނައިން މިހާރު ރާއްޖޭގައި ބިދޭސީން އުޅެމުން އަންނައިރު ކުށުގެ ވެށީގައިވެސް ބިދޭސީން އިތުރުވަމުން އަންނަ ކަން ރިކޯޑްތަކުން ދައްކައެވެ.

މަސައްކަތުގެ މާހައުލުން ދިވެހިންނަށް އޮތް ބާރު ކެނޑިގެން މިދަނީ ދިވެހިންގެވެސް އިހުމާލުންނެވެ. އެތައް ކަމެއްގައި ބިދޭސީންނަށް ބަރޯސާވެގެން ތިބުމަކީ އެ މީހުންނަށް ދެވޭ ބާރެކެވެ. ދިވެހިން މަސައްކަތް ކުރަމުން އައި ދާއިރާތަކަށް ބިދޭސީން ބާރުވެރިވުމުގެ ނަތީޖާއަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ލިބުމުގައި ގޮންޖެހުންތަކާ ކުރިމަތިވުމެވެ. އެހެންކަމުން މިހާރު މިއޮތީ ބިދޭސީންގެ ބާރެވެ. މިކަމަށް އަވަސް ހައްލެއް ނުލިބިއްޖެ ނަމަ ދެން ކުރެވޭނެ ކަމެއް ނޯންނާނެއެވެ.

ބިދޭސީންއިކޮނޮމިކް މިނިސްޓްރީއިމިގްރޭޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

ޝަރީއަތް ކުރިއަށްދާ ޝަމްއާނުގެ މައްސަލައިގައި ވީޑިއޯ ފުޓޭޖުގެ ވާހަކަ ހެކިވެރިއަކު ދެއްކުމުން އިހުސާން ހިތްހަމަނުޖެހިއްޖެ

04 ޑިސެމްބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް

ރާއްޖެ އިސްލާމްވިތާ 900 އަހަރު: މުނާސަބަތަކީ މިޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަސް - ރައީސް

23 ސެޕްޓެމްބަރު 2025
ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

30 އޯގަސްޓު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު