Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަހުގެ ޚިދުމަތް ދިނުން

ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަހުގެ ޚިދުމަތް ދޭން ފަށައިފި

2 އޮކްޓޯބަރު 2021 | ހޮނިހިރު 07:52

ބަހުގެ ޚިދުމަތް ދޭން ފެށީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 2 އޮކްޓޯބަރު 2021 | ހޮނިހިރު 07:52
އެމްޓީސީސީ ބަސް

އެމްޓީސީސީ ބަސް

ހުޅުމާލެ ދެވަނަ ފިޔަވައްސަށް ބަސް ދަތުރުގެ ޚިދުމަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ.

މި ޚިދުމަތް ދޭން ފަށާފައިވަނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެމްޓީސީސީން ބުނީ މި މަސައްކަތަކީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ދިމާވަމުން އަންނަ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި، ސަރުކާރުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއާއި، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އަދި އެކުންފުނި ގުޅިގެން ކުރެވުނު މަޝްވަރާތަކަށްފަހު ފަށާފައިވާ މަސައްކަތެއް ކަމަށެވެ. 

Advertisement - newsAdvertisement

މިގޮތުން ބަސް ރޫޓަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގުޅުވައިދޭ މި ބަސް ރޫޓުން ވެސްޓް ޕާކް ބަސް ރޫޓާއި، ކާރނިވަލް ރޫޓާއި ވީއައިއޭ ބަސް ރޫޓުގެ އިތުރުން ހުޅުމާލެ ފެރީއާއި ގުޅުވައިދޭ ބަސްހުއްޓިތަކަށް ހުއްޓާނެކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އަަދި ފެރީ ދަތުރުތައް އޮންނާނެ ގަޑިތައްވެސް އެމްޓީސީސީން ވަނީ އާންމުކޮށްފައެވެ.

މި ޚިދުމަތަށް އަގުގެ ގޮތުގައި ނަގާނީ 5 ރުފިޔާ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އަދި އެ ކުންފުނިން މި ޚިދުމަތް ފޯރުކޮށްދިނުމުގެ އަމާޒަކީ ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. މި ޚިދުމަތް ފުޅާކޮށް އެކަށީގެންވާ ފެންވަރެއްގައި ޚިދުމަތް ދިނުމަށް ބޭނުންވާނެ ބަސްތައް ގެނައުމާއި، އެއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ހުޅުމާލޭ ފޭސް 2އިން ހިޔާ ފްލެޓު ދޫކޮށްފައިވާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ދަތުރުފަތުރުކުރުމުގައި ދަތިތަކެއް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. މިފަދަ ގިނަ ކަންބޮޑުވުންތަކެއް ހުރިއިރު، ދާދި ފަހުން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓަކުން ފެންނަނީ މަންމައަކު އޭނާގެ ދަރިފުޅު ކޮނޑަށް ލައިގެން ސްކޫލަށް ދާން ހިނގާފައިދާ މަންޒަރެވެ. މިއާއެކު މިކަމަށް ހައްލެއް ހޯދައިދިނުން އަވަސްކުރުމަށް ގިނަ ބަޔަކު ގެންދިޔައީ ގޮވާލަމުންނެވެ.

އެމްޓީސީސީހުޅުމާލެ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
05 ޑިސެމްބަރު 2025

ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!

05 ޑިސެމްބަރު 2025
ހުޅުމާލޭގެ މަގުތައް ހަދަން ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފި، އަގެއް ހާމައެއް ނުކުރެ!
05 ޑިސެމްބަރު 2025

ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި

05 ޑިސެމްބަރު 2025
ދެ ދުވަސް ތެރޭ މާލެ އާއި ހުޅުމާލެ އިން 100 އަށް ވުރެ ގިނަ އުޅަނދު ޓޯ ކޮށްފި
03 ޑިސެމްބަރު 2025

ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި

03 ޑިސެމްބަރު 2025
ގަވާއިދާ ހިލާފަށް ޕާކު ކުރާނަމަ ޓޯވ ކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި
02 ޑިސެމްބަރު 2025

ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ

02 ޑިސެމްބަރު 2025
ހުޅުމާލޭގެ ހުސްބިންތަކުގަ އާއި މަގުތަކު ގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގަނީ
30 ނޮވެމްބަރު 2025

ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ

30 ނޮވެމްބަރު 2025
ހުޅުމާލެ ގެސްޓުހައުސްއެއް ތެރޭ މަރުވެފައި އޮތް މީހަކު ފެނިއްޖެ
30 ނޮވެމްބަރު 2025

ހުޅުމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް!

30 ނޮވެމްބަރު 2025
ހުޅުމާލެއިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް