Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޑެލްޓާ ވޭރިއަންޓްގެ ނުރައްކާ ބޮޑުވުން

ކޮވިޑްގެ އެހެން ވޭރިއަންޓްތަކަށްވުރެ ޑެލްޓާ ވޭރިއަންޓްގެ ނުރައްކާ މާބަނޑު މީހުންނަށް ބޮޑު

މިދިރާސާ ކުރިޔަށް ގެންދިޔުމަށްޓަކައި ކޮވިޑް ޖެހިފައިވާ 1515 މާބަނޑު މީހުން ބައިވެރިކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 2 އޮކްޓޯބަރު 2021 | ހޮނިހިރު 02:52
އެމެރިކާގެ ޕެންސިލްވީނިއާގައި މާބަނޑު މީހަކު ވެކްސިން ޖަހަނީ

އެމެރިކާގެ ޕެންސިލްވީނިއާގައި މާބަނޑު މީހަކު ވެކްސިން ޖަހަނީ

ވެކްސިން ނުޖަހާ ތިބޭ މާބަނޑު މީހުންނަށް ކޮވިޑްގެ ކުރީކޮޅު ފެނުނު ވޭރިއަންޓްތަކަށްވުރެ ޑެލްޓާ ވޭރިއަންޓުން ކުރާ އަސަރު ބޮޑުކަމަށް ދިރާސާއަކުން ހާމަވެއްޖެއެވެ.

މިދިރާސާ ކުރިޔަށް ގެންދިޔުމަށްޓަކައި ކޮވިޑް ޖެހިފައިވާ 1515 މާބަނޑު މީހުން ބައިވެރިކޮށްފައިވެއެވެ. މިމީހުންނަކީ 2020 ވަނަ އަހަރުގެ މެއި މަހުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ 4 ވަނަ ދުވަހާ ހަމައަށް ފަރުވާދީފައިވާ މީހުންނެވެ. މީގެތެރެއިން 82 މީހުންނަކީ ވެކްސިން ނުޖަހާ ތިބި މީހުންނެވެ. މިމީހުންގެ ތެރެއިން 81 މީހުންނަށް ވަނީ ކޮވިޑްގެ އަސަރު ވަރަށް ބޮޑަށްކޮށް ނުރައްކާތެރި ހާލަތަށް ގޮސްފައެވެ. އޭގެތެރެއިން 10 މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާދިންއިރު ދެ މީހުން ވަނީ މަރުވެފައެވެ.

ހާލަތު ގޯސްވި މީހުންގެ ނިސްބަތް މިއަހަރުގެ ކުރީކޮޅާ ހަމައަށް އުޅުނީ 5 އިންސައްތައިގައެވެ. އަދި އެމީހުން ފެނުނީ ވަރަށް މަދުންކަމަށް މިދިރާސާއަށްފަހު ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ. އެހެންނަމަވެސް ޑެލްޓާ ވޭރިއަންޓާއެކު ހާލަތު ގޯސްވެގެންދިޔަ ދުވަސްވަރު މާބަނޑު މީހުންގެ ތެރެއިން 10 އިންސައްތަ އާއި 15 އިންސައްތަ މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހުނުކަމަށް މިބަޔާނުގައި ބުނެފައިވެއެވެ.

މާބަނޑު މީހުންނަށް ކޮވިޑް ޖެހުމުގެ ސަބަބުން އެމީހުންގެ ނޭވާލާ ނިޒާމަށް ވަރަށް ބޮޑަށް ގެއްލުންވާކަމަށާއި އަދި އެހެންކަމުން ޑެލްޓާ ވޭރިއަންޓްގެ ސަބަބުން ހާލަތު ގޯސްވުމާ ހަމައަށް ދިޔުމުގައި ވެކްސިން ނުޖަހާ ތިބުން އެއީ ސަބަބެއްކަމަށް މިދިރާސާގައި ބުނެފައިވެއެވެ.

މިދިރާސާ އާންމުކޮށްފައިވާއިރު އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަނުން ވަނީ މާބަނޑު މީހުންނަށް ވެކްސިން ދިނުމުގެ ކަންކަން އަވަސްކުރާނެކަމަށް ބުނެފައެވެ. އޭގެތެރޭގައި ގާތުންދޭ މައިންނާއި ކައިރި މުސްތަގްބަލެއްގައި މާބަނޑުވާނެކަމަށް ބެލެވޭ މީހުންވެސް ހިމެނޭކަމަށް ސީޑީސީން ވަނީ ބުނެފައެވެ.

ކޮވިޑް-19ޑެލްޓާ ވޭރިއަންޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު