Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަނޑުދަތުރު ފަތުރުގެ ދުވަސް

ބޯޓުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރި ކޮށްދޭނެ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ފަަށައިފި - މިނިސްޓަރ

ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަކީ ވަރަށް މުހިއްމުކަމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 30 ސެޕްޓެމްބަރު 2021 | ބުރާސްފަތި 08:27
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ

ބޯޓުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރި ކޮށްދޭނެ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރާއި ސީފެއަރާސް ރައިޓްސް އިންޓަރނޭޝަނަލް (އެސްއާރުއައި) އާ ގުޅިގެން ކުރަމުންދާކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ކަނޑުދަތުރު ފަތުރުގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގައި މިނިސްޓަރ ނަހުލާ ވިދާޅުވީ ބޯޓުދަތުރުފަތުރު ކުރާ ފަރާތްތަކުގެ ހައްޤުތައް ރައްކާތެރި ކޮށްދޭނެ ބިލެއް ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރާއި ސީފެއަރާސް ރައިޓްސް އިންޓަރނޭޝަނަލް (އެސްއާރުއައި) އާ ގުޅިގެން ކުރެވެމުންދާ ކަމަށެވެ. އަދި މި ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުން މިދާއިރާއަށް މީހުން ބިނާ ކުރުމަށާއި މިދާއިރާ ތަރައްގީކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ. އަދި މިކަމަށް ސަރުކާރުގެ ކުންފުނިތަކުން ވެސް އިސްނެގުމަށް މިނިސްޓަރު ވަނީ ގޮވާލާފައެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ކަނޑުދަތުރުފަތުރު މެދުވެރިކޮށް މުދާ އުފުލުމަކީ ފާއިތުވެދިޔަ އެތައްހާސް އަހަރެއްގެތެރޭގައި ދުނިޔޭގެ ވިޔަފާރީގެ މައިބަދަ ކަމުގައި ވެގެންގޮސްފައިވާކަމުގައެވެ. ދުނިޔޭގެ ވިޔަފާރީގެ 90 އިންސައްތަ މުދާ އެއްބައްރުން އަނެއް ބައްރަށް އުފުލުމަށް ބޭނުންކުރެވޭ އެންމެ އިތުބާރުކުރެވޭ، ޚަރަދުކުޑަ ވަޞީލަތަކީ ކަނޑުމަގުން މުދާ އުފުލުން ކަމަށެވެ. އިޤްތިޞާދީ މަންފާ ޤައުމީ އަދި ފަރުދީ ފެންވަރުގައި ލިބި، ފުދުންތެރި އިޤްތިޞާދެއް ބިނާކުރުމަށް މިކަމުން އެހީތެރިކަން ލިބޭ ކަމަށެވެ.

މީގެ އިތުުރުން ކޮވިޑްގެ ބަލިމަޑުކަމުގައި ބޭހާއި، ކާބޯތަކެތި އަދި ޒަރޫރީ ބޭނުންތަކަށް ކޮންމެހެން ބޭނުންވާ ތަކެތި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށް ދިނުމަށް ބޯޓު ދަތުރުކުރާ 2 މިލިއަނެއްހާ މީހުން ކުރި ބުރަ މަސައްކަތާއި ވީޤުރުބާނީ ފާހަގަ ވެގެންދިޔަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ބަލިމަޑުކަމުގެ ތެރޭގައި ގިނަ ގޮންޖެހުންތަކާ އެކުވެސް ޝިޕިންގް އިންޑަސްޓްރީން ކުރި މަސައްކަތް ބައިނަލްއަޤވާމީ ފެންވަރުގައި ފާހަގަކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ނަހުލާ ވިދާޅުވީ އައިއެމްއޯ އަދި އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައިއެލްއޯ) ގެ އެދުމުގެ މަތިން އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ ގޮތުން ބަނދަރުތަކާއި ބޯޑަރު، ހުޅުވައި ޚިދުމަތްދޭން ފެށުނީ ކޮވިޑްގެ އެންމެ ދަތި އުނދަގޫ ވަގުތުގައި ކަމަށެވެ.

އަދި ދަތުރުފަތުރުގެ ކަންކަމާ ހަވާލުވެހުރި ވަޒީރުގެ ހައިސިއްޔަތުން ބޯޓު ދަތުރުކުރާ ފަރާތްތަކާއި ޕޯޓުތަކުގެ ޚިދުމަތްތެރިން މިބަލިމަޑުކަމުގެ ތެރޭގައި ކުރި ދަތި އުދަގޫ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރާ ކަމަށެވެ.

ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރާ ބެހޭ ދުވަހަށް މިއަހަރަށް ކަނޑަ އަޅާފައިވާ ޝިއާރަކީ "ސީފެއަރާސް: އެޓް ދަ ކޯ އޮފް ޝިޕިންގ ފިޔުޗަރ" އެވެ. މިނިސްޓަރ ވިދާޅުވީ މިސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ. މި ސިނާޢަތް ކުރިއެރުވުމަށް އެންމެ ބޭނުންވަނީ މިކަމުގެ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ޤާބިލް މީހުން އުފެއްދުން ކަމަށާއި، އެހެންކަމުން މިދާއިރާއަށް ބޭނުންވާ މީހުން އުފެއްދުމަށްޓަކައި ޤައުމީ ޔުނިވަރސިޓީއާއެކު އެމްއޯޔޫ އެއްގައި ސޮއިކޮށްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި އެމްއޯޔޫގެ ދަށުން ޑެކް އޮފިސަރުންނާއި އިންޖީނު އޮފިސަރުން ތަމްރީނު ކުރެވިގެން ދާނެ ކަމަށެވެ.

ކަނޑު ދަތުރުފަތުރުގެ ދުވަސް ފާހަގަ ކުރަމުންދާއިރު، މި ސިނާޢަތް ކުރިއަރުވާ ތަރައްޤީ ކުރުމަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ދެއްވާ އިރުޝާދާއި އެއްބާރުލެއްވުމަށް މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރާ ބެހޭ ޖަމްއިއްޔާ އިންޓަރނޭޝަނަލް މެރިޓަމް އޯގަނައިޒޭޝަން (އައި.އެމް.އޯ) ވުޖޫދުވެގެން އައިސްފައިވަނީ 17 މާރިޗު 1948 ގައި. ދިވެހިރާއްޖެއިން މިޖަމިއްޔާގެ މެމްބަރަކަށް ވެފައިވަނީ 31 މެއި 1967 ގައެވެ. އަދި ފުރަތަމަ ފަހަރަށް އައި.އެމް.އޯ އަށް ދިވެހިރާއްޖޭގެ ފަރާތުން ދާއިމީ މަމްދޫބެއް ކަނޑައެޅިގެން ދިޔައީ 06 ޖުލައި 2021 ގައެވެ.

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، ޢާއިޝަތު ނަޙުލާޓްރާންސްޕޯޓް މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު