Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ތަހުގީގުކުރުމުގެ ޚާއްސަ ގަވާއިދު މުރާޖަޢާކުރުމަށް ސައީދު ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ޒާތީ މިނިވަން ކަމަށް ހުރަސް އެޅޭ ކަމަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 29 ސެޕްޓެމްބަރު 2021 | ބުދަ 05:12
މުހައްމަދު ސައީދު - މާވަށު ދާއިރާގެ މެމްބަރ

މުހައްމަދު ސައީދު - މާވަށު ދާއިރާގެ މެމްބަރ

ތަހުގީގުކުރުމުގެ ޚާއްސަ ގަވާއިދު މުރާޖަޢާކުރުމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލައިފިއެވެ.

މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓި ދެއްވީ 7 މެމްބަރުންނެވެ. ބަލައިގަންނަން ނުފެންނަ ކަމަށް 22 މެމްބަރުން ވޯޓު ދެއްވިއެވެ. ސައީދު ހުށަހެޅި މި މައްސަލައިގައި ބުނެފައިވަނީ, ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ތަހުގީގުކުރުމުގެ ޚާއްސަ އުކުޅު ބޭނުންކުރުމުގެ ގަވާއިދާއި ގާނޫނު އަސާސީން ލިބިދޭ ބައެއް އަސާސީ ހައްގުތަކާއި މިނިވަންކަމާ ތައާރުޒްވާ ކަމަށެވެ.

Advertisement - newsAdvertisement

އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތަކުގެ ސަބަބުން ފަރުދުންގެ ޒާތީ މިނިވަންކަމަށް ހުރަސް އެޅޭ ކަމަށާއި, ފަރުދުންގެ އަމިއްލަ ހުރިހާ ހަރަކާތް ބަލައި ފާރަލުމާއި, އެހެނިހެން އިލެކްޓްރޯނިކް ވަސީލަތްތައް ބޭނުން ކޮށްގެން ފަރުދުންގެ މައުލޫމާތު ހޯދޭނެ ކަމަށް ގަވާއިދުގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެފަދަ ކަންކަމުގައި ކުށަށް އަރައިގަތުމުގެ ފުރުސަތު ލިބޭ ކަންކަން ހިމެނޭ ކަމަށް މައްސަލައިގައި ބުނެފައިވެއެވެ. މިއީ މިނިވަން ކަމަށް ހުރަސް އެޅޭ ކަމެއް ކަމަށް ސައީދު ހުށަހެޅި މައްސަލައިގައި ބުނެފައިވެެއެވެ.

އިތުރަށް ބުނެފައިވަނީ, ގާނޫނު އަސާސީން ލިބޭ ހައްގެން ގަވައިދަކުން ނިގުޅައި ނުގަނެވޭނެތީ, ތަހުގީގުކުރުމުގެ ޚާއްސަ އުކުޅު ހިމެނޭ ގަވާއިދު އަލުން މުރާޖަޢާކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްމުހައްމަދު ސައީދު، މާވަށު ދާއިރާ މެމްބަރު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު