Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދާއިރާތަކުގެ އިންތިޚާބު 2021

ޕާޓީ ހަލާކުވެގެން ގޮސްދާނެތީ ހާސްވާވަރުގެ ކަމެއް އަދި ނުފެނޭ - މަހުލޫފް

26 ސެޕްޓެމްބަރު 2021 | އާދީއްތަ 17:40

ރިޔާސީ އިންތިޚާބަކާ ހިސާބަށްދާއިރު ދެ ބޭފުޅުން ތިއްބަވާނީ އެކުގައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 26 ސެޕްޓެމްބަރު 2021 | އާދީއްތަ 17:40
އަހުމަދު މަހްލޫފް - ޔޫތު މިނިސްޓަރ

އަހުމަދު މަހްލޫފް - ޔޫތު މިނިސްޓަރ

ޕާޓީ ހަލާކުވެގެން ގޮސްދާނެތީ ހާސްވާވަރުގެ ކަމެއް އަދި ނުފެންނަ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިނިޓީ އެމްޕަވަރމެންޓް އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ ގެ 'ފަލަ ސުރުޚީ' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ، ޚިޔާލު ތަފާތުވުން އެއީ އަބަދުވެސް އެމްޑީޕީގައި އޮންނަ ކަމެއް ކަމަށާއި، އެންމެ ފަހު ވަގުތު ހުރިހާ މެމްބަރުންވެސް ތިބޭނީ އެއްގޮތަކަށް ކަމަށެވެ. ރައީސް ނަޝީދާއި، ރައީސް ސާލިހުގެ ވާހަކަފުޅު ތަކުންވެސް އެކަން ދޭހަވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މަހުލޫފް ވިދާޅުވީ، ޕާޓީގެ ރައީސާއި ލީޑަރުވެސް ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރައްވާ ކެމްޕެއިން ކުރެއްވި މަންޒަރު ފެނިފައި ނުވާކަަމަށެވެ. ރައީސް ސާލިހާއި ރައީސް ނަޝީދު ދެކެވެސް ޕާޓީގެ މެމްބަރުން ލޯބިވާކަން ކަށަވަރު ކަމަށާއި، ރިޔާސީ އިންތިޚާބަކާ ހިސާބަށްދާއިރު، ދެ ބޭފުޅުން ތިއްބަވާނީ އެކުގައި ކަމަށް މަހްލޫފް ވިދާޅުވިއެވެ. ދެ ބޭފުޅުންވެސް ތިއްބަވަނީ ޕާޓީގެ މަސްލަހަތާ އެކުގައި ކަމަށެވެ. އެހެންކަމުން ޕާޓީ ހަލާކުވެގެން ގޮސްދާނެތީ ހާސްވާން ނުޖެހޭ ކަމަށް ވިދާޅުވިއެވެ.

ޚިޔާލު ތަފާތުވާއިރުވެސް ގަބޫލުކުރަންވީ ހަގީގަތަކީ މިވަގުތު ހުންނެވި ރައީސުލްޖުމްހޫރިއްޔާއަށް ޕާޓީ ތެރެއިން ދެވެން އޮތް އެއްބާރުލުމެއް ދިނުން ކަމަށެވެ. ސިޔާސީ މަގާމުތަކަށް އައްޔަން ކޮށްފައި ތިބި ބައެއް މީހުންގެ ފަރާތުން ސަރުކާރަށް ދޭން ޖެހޭ އެއްބާރުލުން ދެމުން ނުދާ ކަމަށް މަހްލޫފް ވިދާޅުވިއެވެ. ސަރުކާރުން ކުރާ މަސައްކަތްތަކުގެ ވާހަކަ ދައްކަން ޖެހޭ މީހުން އެ ވާހަކަ ނުދައްކާ ކަމަށާއި، ސަރުކާރު ޕްރޮމޯޓް ކުރުން ނުފެންނަ ކަމަށް ވިދާޅުވިއެވެ. އެހެން ސަރުކާރުތަކުން ތިން އަހަރުތެރޭގައި ކުރި މަސައްކަތްތަކާއި، މި ސަރުކާރުން ތިން އަހަރުތެރޭގައި ކުރި މަސައްކަތާ އަޅާ ކިޔާއިރު، މި ސަރުކާރުން ހިންގާ ޕްރޮޖެކްޓް ތަކުގެ އަދަދު ގިނަ ކަމަށް ވިދާޅުވިއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިޚާބާމެދު މަހުލޫފު ވިދާޅުވީ މިހާ ފޯރިގަދަ އިންތިޚާބެއް މީގެ ކުރިން އެއްވެސް ޕާޓީއަކުން ނުފެންނަ ކަމަށެވެ.

މަހުލޫފް ވިދާޅުވީ، އިންތިޚާބުގެ ނަތީޖާއިން އެނގިގެން ދިޔައީ އެމްޑީޕީގެ މެމްބަރުން އެމަނިކުފާނުގެ މަސައްކަތްތައް ބަލައިގެންފައިވާ ކަންކަމުގައެވެ.

ސަސްޕެންޝަނެއްގައި އެމަނިކުފާނު މިހާރު ހުންނަވަން ޖެހިވަޑައިގެންފައިވާ މައްސަލަޔަށް އިޝާރާތް ކުރައްވަމުން މަހުލޫފު ވިދާޅުވީ މިހާރު ޕީޖީގައި އޮތް މައްސަލަ ވީ އެންމެ އަވަހަށް ނިންމައި ދިނުމަށް އެދޭ ކަަމަށެވެ. މައްސަލައާމެދު ވަކި ގޮތެއް ނުނިންމައި އޮންނަތާ 100 ވަރަކަށް ދުވަސްވީ އިރު، އަދިވެސް ތަހުގީގު ނުނިމެނީތޯ މަހުލޫފް ސުވާލު އުފެއްދެވިއެވެ. މަހްލޫފް ވިދާޅުވީ، ހެކި ހުރި ނަމަ މިހާރު ދައުވާ ނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ. ދައުވާކުރާ ހިސާބުން އެމަނިކުފާނުގެ އަތްޕުޅުގައި ހުރި ލިޔެކިޔުންތައް ހިއްސާކޮށް ކުށެއް ނެތްކަން ސާބިތު ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އަހުމަދު މަޚްލޫފްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
15 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް
15 އޮކްޓޯބަރު 2025

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި
14 އޮކްޓޯބަރު 2025

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން
13 އޮކްޓޯބަރު 2025

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި

13 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އައިޝަތު ވެސް އޭސީސީއަށް ހާޒިރުވާން އަމުރު ފޮނުވައިފި
13 އޮކްޓޯބަރު 2025

އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި

13 އޮކްޓޯބަރު 2025
އެމްޑީޕީގެ ޗެއާރޕާސަން ފައްޔާޒް އޭސީސީ އަށް ހާޒިރު ކޮށްފި
13 އޮކްޓޯބަރު 2025

ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން

13 އޮކްޓޯބަރު 2025
ލޫޓުވައިފި މުޒާހަރާއިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާތީ ހުށަހަޅަން އުޅުނު ކުއްލި މައްސަލައަށް ފުރުސަތެއް ނުދިން
12 އޮކްޓޯބަރު 2025

"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"

12 އޮކްޓޯބަރު 2025
"މުޒާހަރާ އިން ހައްޔަރު ކުރި މީހުންގެ ބަންދަށް 15 ދުވަސް ޖެހީ ސީދާ މިނިސްޓަރު އިހުސާން އަންގައިގެން"
07 އޮކްޓޯބަރު 2025

އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި

07 އޮކްޓޯބަރު 2025
އެމްޑީޕީ ސަރުކާރުން ހަންޏާމީދޫގައި އިމާރާތް ކުރި ކައުންސިލް އިދާރާ ރައީސް މުޢިއްޒު ހުޅުވައި ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް