Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކަރަންޓު ކެނޑޭ

ށ. ފުނަދޫއިން ކަރަންޓު ކެނޑޭތީ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި

26 ސެޕްޓެމްބަރު 2021 | އާދީއްތަ 07:17

ބައެއް ސަރަހައްދުތަކުން 30 މިނެޓަށް ކަރަންޓު ކަނޑަމުންދާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 ސެޕްޓެމްބަރު 2021 | އާދީއްތަ 07:17
ށ. ފުނަދޫ

ށ. ފުނަދޫ

ށ. ފުނަދޫއިން ކަރަންޓު ކެނޑޭތީ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ފުނަދޫ ކައުންސިލްގެ ރައީސް އަހްމަދު އިބްރާހިމްފުޅު ވިދާޅުވީ ކަރަންޓު ކެނޑެނީ ޖަނަރޭޓަރަށް މައްސަލަ ދިމާވުމުން ކަަމަށެވެ. އަދި ފާއިތުވެދިޔަ ފަސް ދުވަހު ވެސް ބައެއް ސަރަހައްދުތަކުން 30 މިނެޓަށް ކަރަންޓު ކަނޑާލާފައިވާ ކަމަށެވެ. އެގޮތަށް އަމަލު ކުރަން ޖެހެނީ ދެ ޖަނަރޭޓަރަށް އެންމެ ޕީކް ގަޑީގައި ލޯޑު ބޮޑުވާތީކަން ފާހަގަކުރައްވައި އަހްމަދު އިބްރާހިމްފުޅު ވިދާޅުވީ ކަރަންޓު ކަނޑަނީ ދުވާލު ހެނދުނު 09:00ން ރޭގަނޑު 09:00އަކާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.

Advertisement - newsAdvertisement

ފުނަދޫ އިންޖީނުގެ ފެށުނީއްސުރެން ހިންގަމުން އަންނަނީ އެ ރަށު ކައުންސިލުންނެވެ. ފެނަކައިން އެ ރަށުގެ އިންޖީނުގެ ހިންގާކަމަށް ބުނެ ބައެއް އާންމުން ދަނީ އެވާހަކަތައް ފަތުރުމުންނެވެ. ނަމަވެސް މި ވާހަކަތަކަށް ރައްދު ދެއްވައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު ވިދާޅުވީ ފެނަކައިން އެ އިންޖީނުގެ ހިންގަމުން ނުދާކަމަށާއި ހަގީގަތް އޮޅޭ ގޮތަށް ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަހުމަދު ސައީދު މުހައްމަދު އިތުރަށް ވިދާޅުވީ ފެނަކައިން ޚިދުމަތްތައް ފޯރުކޮށްދެމުންދަނީ އެންމެ ފުރިހަމަކޮށް ކަމަށާއި ފެނަކައިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށެވެ.

ށ. ފުނަދޫ އިންޖީނުގެ ފެނަކައާ ހަވާލުކުރުމުގެ ވިސްނުން ގެންގުޅުއްވަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް ވިދާޅުވީ ފެނަކައާ އިންޖީނުގެ ހަވާލުކުރުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމަށެވެ. އަދި އެ ރަށުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެނީ ރަނގަޅަށް ކަމަށް ވެސް އަހްމަދު އިބްރާހިމްފުޅު ވިދާޅުވިއެވެ.

ށ. ފުނަދޫ

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2022

ފުނަދޫ ފަޅުގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދައިފި

04 ނޮވެމްބަރު 2022
ފުނަދޫ ފަޅުގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެ ބޭނުން ނުކުރެވޭވަރަށް އަނދައިފި
17 ޖޫން 2022

ފުނަދޫ ސްކޫލުގެ 50 އަހަރުގެ ތާރީޚުގައި ބިނާކޮށްދިން އިންސާނީ ވަޞީލަތްތަކަކީ، މުޖުތަމަޢަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާއެއް - ރައީސް

17 ޖޫން 2022
ފުނަދޫ ސްކޫލުގެ 50 އަހަރުގެ ތާރީޚުގައި ބިނާކޮށްދިން އިންސާނީ ވަޞީލަތްތަކަކީ، މުޖުތަމަޢަށް ދޫކުރި ވަރަށް އަގުހުރި ހަދިޔާއެއް - ރައީސް
03 ޖެނުއަރީ 2022

ށ. ފުނަދޫއަށް އުދައަރަނީ

03 ޖެނުއަރީ 2022
ށ. ފުނަދޫއަށް އުދައަރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް