Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއާރުއެމްގެ މަގާމުތައް

ވޯޓަކާ ނުލައި އެމްއާރުއެމްގެ ޒައީމަކަށް މައުމޫން އަދި ރައީސަކަށް ފާރިސް

އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 24 ސެޕްޓެމްބަރު 2021 | ހުކުރު 17:43
އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން

އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން

ވޯޓަކާ ނުލައި އެމްއާރުއެމްގެ ޒައީމަކަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ރައީސަކަށް ފާރިސް މައުމޫން ހޮވިއްޖެއެވެ.

އަންނަ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްއާރުއެމް އިންތިޚާބުގައި 16 މަގާމަކަށް 72 މީހަކު ވަނީ ކުރިމަތިލާފައެވެ. އަދި މިމަގާމުތަކުގެ ތެރެއިން އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިވުމުން 12 މަގާމަކަށް މެމްބަރުން ވަނީ ވޯޓަކާއި ނުލައި ހޮވިފައެވެ. ރައީސް މައުމޫނާއި ފާރިސްއާ ނުލާ ދެން އަންހެން މެމްބަރުންގެ ތެރެއިން ނާއިބުރައީސް ކަމަށް ނާދިރާ ވަނީ ހޮވިފައެވެ.

Advertisement - newsAdvertisement

އަންހެނުންގެ ކައުންސިލްގެ ރައީސާއި ނާއިބުރައީސް އިންތިޚާބުކުރާއިރު އަންހެނުންގެ ކައުންސިލަށް 20 މެމްބަރުން އިންތިޚާބުކުރާނެއެވެ. އިންތިޚާބު ކޮމިޓީ އާއި ސުލޫކު ކޮމިޓީ އަދި އިސްތިއުނާފް ކޮމެޓީއަށް މެމްބަރުން އިންތިޚާބުކުރާއިރު މިއިން ކޮންމެ ކޮމިޓީއަކަށްވެސް 5 މެމްބަރުން އިންތިޚާބުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ހުރިހާ މަގާމަކަށްވެސް މީހުން ކުރިމަތިލާފައިވާކަމަށް އެމްއާރުއެމްއިން ވަނީ ބުނެފައެވެ. މި މަގާމުތަކަށް މީހުން ހޮވާނީ އަންނަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އޮންނަ އެޕާޓީގެ ނޭޝަނަލް ކޮންވެންޝަންގައެވެ. މައުމޫން އިސްވެ ހުންނަވައި އެމްއާރުއެމް އުފެއްދެވީ ޕީޕީއެމް ދެބައިވެ ޕީޕީއެމްގެ ބާރު ކުރީގެ ރައީސް އަދި މައުމޫންގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން ހޯއްދެވުމުންނެވެ. ޕީޕީއެމްގެ ރައީސްކަމުގައި ހުންނަވައި ފެއްޓެވި އިސްލާހީ މަސައްކަތުގެ ތެރެއިން އެމްއާރުއެމް އުފެއްދެވިއިރު ޕީޕީއެމް އުފައްދަވާފައި ވަނީވެސް މައުމޫން އިސްވެ ހުންނަވައެވެ.

ޕީޕީއެމްގެ ކުރިން މައުމޫން ވަނީ ޑީއާރުޕީ އުފައްދަވާފައެވެ. އެޕާޓީވެސް އެމަނިކުފާނަށް ގެއްލުނީ އޭރު ޑީއާރުޕީ ހިންގަވަން ތިއްބެވި ބޭފުޅުންނާއި މައުމޫނާ ދެމެދު އުފެދުނު ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުންނެވެ.

އެމްއާރުއެމް އަކީ ރައީސް މައުމޫން އުފެއްދެވި ތިން ވަނަ ސިޔާސީ ޕާޓީއެވެ. އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 20 ވަނަ ދުވަހުއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް)

ކޮމެންޓް

އިތުރަށް ކިޔާލަން

ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް

ފާރިސްވެސް ނިންމެވީ ވަކިކޮޅަކަށް ނޭރުއްވުމަށް

20 ސެޕްޓެމްބަރު 2023
ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަގޮތުން

ރިޔާސީ އިންތިޚާބުގައި ފާރިސް ވާދަ ކުރައްވަނީ އަމިއްލަގޮތުން

06 އޯގަސްޓު 2023
އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްއާރްއެމްއިން ރައްދުދީފި

އެއް ކެންޑިޑޭޓަކު ނެރުމަށް ނިންމި ނިންމުމަށް ޕީޕީއެމް/ޕީއެންސީ އަދި އެމްއާރްއެމްއިން ރައްދުދީފި

19 ޖުލައި 2023
އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި

އިދިކޮޅު ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ދޭތެރޭ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފި

25 ޖޫން 2023
ސިޔާސީ ހަރަކާތް ހިންގުމަށް އެއްވެސް ހުރަހެއް ނެތް: އެމްއާރްއެމް

ސިޔާސީ ހަރަކާތް ހިންގުމަށް އެއްވެސް ހުރަހެއް ނެތް: އެމްއާރްއެމް

24 ޖޫން 2023

އަހަރުތަކުން މިއަދު

25 އެޕްރީލު
މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާގައި ތިބި ކިޔަވާކުދިން ރައީސް މުއިއްޒާއި ބައްދަލުނުކުރަން ނިންމައިފި

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ސާބިތުކަމުގެ އާދަޔާ ޚިލާފު ބާރު، ޢިމާދުގެ ފޭލިގެއިން!

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!
20233 އަހަރު ކުރިން
ކުޅިވަރު

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ
20224 އަހަރު ކުރިން
ދުނިޔެ

100،000 ޑޮލަރު ޑިޕޮސިޓްކޮށްގެން، 10 އަހަރަށް ލަންކާގައި އުޅުމުގެ ވިސާ ދެނީ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި
20215 އަހަރު ކުރިން
ދުނިޔެ

ސައުދީން އިންޑިއާއަށް އޮކްސިޖަން ފޯރުކޮށްދީފި

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާ އަށް ދިން ޓެރަރިސްޓް ހަމަލާ: އެންމެ ފަސް

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!
20188 އަހަރު ކުރިން
ރިޕޯޓު

ތިން ކުދިން ގެބެމުން ދިޔަ މަންޒަރު ހަސަންގެ އިޝާރާތުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު