Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މައުލޫމާތު ހޯދުން

"މި ބަލަނީ، މި ޗެކްކޮށްލަނީ، އަޅުގަނޑު ޗުއްޓީގައި"

ސަރުކާރުގެ މުއައްސަސާތަކުން މައުލޫމާތު ހޯދުމަކީ ވޭނެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 20 ސެޕްޓެމްބަރު 2021 | ހޯމަ 10:59
މައުލޫމާތު ހޯދާ، އެ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް މުއައްސަސާތަކުގެ ވެރިންނާއި މީޑިއާ ސެކްޝަންތަކުގެ މީހުންގެ އެއްބާރުން ނުހަނު ބޭނުންވޭ

މައުލޫމާތު ހޯދާ، އެ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް މުއައްސަސާތަކުގެ ވެރިންނާއި މީޑިއާ ސެކްޝަންތަކުގެ މީހުންގެ އެއްބާރުން ނުހަނު ބޭނުންވޭ

.މާލެސިޓީ އަކީ ކާރޫބާރު ބޮޑު ސިޓީއެކެވެ. އެތަނުން ގިނަ ޚިދުމަތްތަކެއް ލިބުނު ނަމަވެސް ހޯދަން އުނދަގޫ ކަންކަންތަކެއް ވެއެވެ. މީހުން ބުނާ ގޮތުންނަމަ މާލެއިން ހޯދަން އުނދަގުލީ ތިން ކަމަކެވެ. އެއީ އުޅަނދު ޕާކު ކުރާނެ ތަނަކާއި ބޯހިޔަވާހިކަމާއި މައުލޫމާތެވެ. މިއީ މުޅިއަކުން ދޮގު ވާހަކައެއް ވެސް ނޫނެވެ.

އަޅުގަނޑު ނޫސްވެރިއެއްގެ ހައިސިއްޔަތުން އެއްޗެއްކޭ ދަންނަވާނަމަ ދެންނެވެން އޮތީ މައުލޫމާތު ހޯދުމަކީ ވަރަށް އުނދަގޫ ކަމެކެވެ. ތަނެއްގައި ހިނގި ހާދިސާއަކާއި ގުޅިގެން ވިޔަސް ހިންގަމުންދާ ޕްރޮޖެކްޓެއްގެ މައުލޫމާތު ހޯދަން ވިޔަސް ކަމެއް ހިނގައިދިޔަ ގޮތް އިތުރަށް ސާފުކުރަން ބޭނުންވިޔަސް އެ މައުލޫމާތު ވަގުތުން ވަގުތަށް ހޯދުމަކީ ވަރަށް ދަތިކަމެކެވެ. އެހާމެ އުނދަގޫ ކަމެކެވެ. ސަރުކާރުގެ މުއައްސަސާތަކުން މައުލޫމާތު ހޯދުމަކީ ވަރަށް ބޮޑު ވޭނެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ކަމަކާއި ގުޅިގެން މައުލޫމާތު ހޯދަން ގުޅާލުމުން ފޯނަށް ޖަވާބު ނުދޭ ފަހަރު ގިނައެވެ. މިސްކޯލް ފެނިގެން އަނބުރާ ނުގުޅާ ފަހަރު ވެސް ގިނައެވެ. އަދި ފޯނު ނަގައިފިނަމަ "މި ބަލަނީ، މި ޗެކްކޮށްލަނީ، އަޅުގަނޑު ޗުއްޓީގައި" މިފަދަ ޖަވާބުތައް ކަންފަތުގައި ނުޖެހޭ ފަހަރެއް ނުދާނެއެވެ. މި ބަލަނީއޭ ބުނުމަށްފަހު އޭގެ ދެ ހަފުތާ ފަހުން ވެސް އެކަމުގެ އެންމެ އެދެވޭ ޖަވާބެއް ނުލިބެއެވެ.

ސަރުކާރުގެ މުއައްސާސަތަކުގައި ވެސް ވަކިން މީޑިއާ ސެކްޝަންތައް ހުރެއެވެ. އެ ސެކްޝަނަކުން މައުލޫމާތު ފޯރުކޮށްދޭން ވަކި މީހަކު ވެސް ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް މައުލޫމާތެއް ހޯދަން ވެއްޖެނަމަ އެކަކަށް ގުޅާ އަނެކަކަށް ގުޅާ، އެކަމުގެ މައުލޫމާތު ނުލިބިގެން އުޅެން ޖެހެއެވެ.

ކަން މިހެން ހުރިއިރު މި ސަރުކާރަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މައުލޫމާތު ފޯރުކޮށްދިނުމަށް މަސައްކަތް ކުރާ ސަރުކާރެކެވެ. އެގޮތުން ބައެއް ޓީވީ ޗެނަލްތަކުންނާއި އޮންލައިން ނޫސް މަޖައްލާތަކުން ގައުމުގެ އެންމެ މަތިވެރިޔާ ރައީސުލުޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަބުރު ކަތިލާ، ހެއްދެވި ނެހެއްދެވިއަށް ގޮވަމުންދާއިރު ވެސް އެތަންތަނާ މެދު ސަރުކާރުން ފިޔަވަޅެއް ނާޅައެވެ. ސަރުކާރުން މިހެން ކަންތައްތައް ކުރާއިރު ސަރުކާރުގެ މުއައްސަސާތަކުން މައުލޫމާތު ހޯދުން މިހާ އުނދަގޫކަމަކަށްވަނީ ކީއްވެގެންތޯ ހަމަ ހިތާހިތާ ސުވާލު އުފެދެއެވެ.

އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން ބުނާގޮތުން މައުލޫމާތު ހޯދައި ލިބިގަތުމަކީ ކޮންމެ ރައްޔިތެއްގެ ވެސް ހައްގެކެވެ. އެ ރައްޔިތަކު މައުލޫމާތެއް ހޯދަން އެދިއްޖެ ހާލަތެއްގައި އެ މުއައްސަސާއަކުން ޖަވާބުދާރީ ވާންޖެހޭނެއެވެ. މައުލޫމާތު ފޯރުކޮށްނުދީ ހިފެހެއްޓޭ ހާލަތްތަކަށް ބަލާއިރު ހޯދުމަށް އެދޭ މައުލޫމާތަކީ ގައުމީ ސަލާމަތާއި ގުޅިފައިވާ މައުލޫމާތެއްނަމަ އެ މައުލޫމާތު ނުދީ ހިފެހެއްޓިދާނެއެވެ. މި ނޫން ހާލަތެއްގައި މައުލޫމާތު ފޯރުކޮށްދިނުމަކީ ލާޒިމްކަމަކެވެ.

މުއައްސަސާތަކުން މީޑިއާތަކަށް މައުލޫމާތު ފޯރުކޮށްދޭއިރު ތަފާތު ކުރާ މައްސަލައަކީ ވެސް ބޮޑު މައްސަލައެކެވެ. އެއްކަމެއްގައި ދެ މީޑިއާއަކުން ގުޅިޔަސް އެއް މީޑިއާއަށް ވަގުތުން މައުލޫމާތު ފޯރުކޮށްދިނުމަށްފަހު އަނެއް މީޑިއާއަށް އެ މައުލޫމާތު ނުދީ ހިފައްޓާތަން ވެސް އެބަ އާދެއެވެ. މިއީ ވަރަށް ހިތާމަވެރިކަމެކެވެ.

ކަން މިހެން ހުރިއިރު ސަރުކާރުގެ ބައެއް މުއައްސަސާތަކަކީ މައުލޫމާތު ފޯރުކޮށްދިނުމަށްވުރެ ބޮޑަށް އެމީހުންގެ އަމިއްލަ ޕީއާރް ފާރމްތަކޭ ސިފަވާ ކަހަލައެވެ. އެއީ މައުލޫމާތު ހޯދުމަށް އަޅުގަނޑުމެން ގުޅާ ގުޅާ ޖަވާބު ނުދިނުމަށްފަހު އެމީހުންގެ ޕްރޮމޯޝަނަލް ކަމެއް ހިންގަން ބޭނުންވުމުން އެއްކަލަ މީޑިއާ މަތިން ހަނދާންވެއެވެ. ދެއިރު ކާ ބޭސް ގުޅައެއް ހެން އެމީހުން ބޭނުންވާ ކަންތައްތަކުގައި އެދެވޭ ޖަވާބު ލިބިގެންދެން ހަމަ ގުޅާލަ ގުޅާލައި އެބަތިބެއެވެ.

ރައްޔިތުންނަށް މައުލޫމާތު ހޯދައި ދިނުމާއި ހަލުވި މިނެއްގައި ކަންތައްތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް މިކަމުގެ ސަބަބުން ހުރަސްތަކެއް އެޅިގެން އެބަދެއެވެ. ބައެއް ފަހަރު އެ މުއައްސަސާއަކަށް ގުޅަން ފޫހިވާ ފަހަރުވެސް އާދެއެވެ. އެއީ ފޯނަށް ޖަވާބު ނުދޭނެކަން ނުވަތަ އެ ހޯދަން އުޅޭ މައުލޫމާތެއް ނުލިބޭނެކަން އެނގޭނެތީއެވެ.

މައުލޫމާތު ހޯދައި، އެ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް މުއައްސަސާތަކުގެ ވެރިންނާއި މީޑިއާ ސެކްޝަންތަކުގެ މީހުންގެ އެއްބާރުލުން ނުހަނު ބޭނުންވެއެވެ. ޒަމާން ތަރައްގީވެ، ދުނިޔެ ކުރިއަރާ ދާއިރު ގިނަ ޚިދުމަތްތައް ވެސް އޮންލައިންކޮށް ދެވޭ ޒަމާނެއްގައި މައުލޫމާތު ހޯދުމަކީ މިހާ އުނދަގޫ ކަމަށް ވެގެނެއް ނުވާނެއެވެ. އެ ބައެއްގެ ޒިންމާ އެބަޔަކު އެބަ އަދާކުރަން ޖެހެއެވެ.

"މި ބަލަނީ، މި ޗެކްކޮށްލަނީ، އަޅުގަނޑު ޗުއްޓީގައި" މިހެން ބުނުމުގެ ބަދަލުގައި ވަގުތުން އެ މައުލޫމާތެއް ފޯރުކޮށްދެވޭނެ ގޮތްތައް އެބަ ފަހިކޮށްދޭން ޖެހެއެވެ. އަޅުގަނޑުމެންގެ ޒިންމާ އަދާކުރެވެން އޮތީ މައުލޫމާތު ހޯދައިގެން ކަމަށްވާތީ މިކަމަށް ހުރިހާ މުއައްސަސާއެއްގެ އެއްބާރުލުން ބޭނުންވެއެވެ. އެއީ ފަސްކުރެވެން އޮތް ކަމެއް ނޫނެވެ.

މިނިވަން މީޑިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭ ގައި މިނިވަން މީޑިއާ އަށް ފުރުސަތު ދިނުމަށް އެތައް ގައުމަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި

ރާއްޖޭ ގައި މިނިވަން މީޑިއާ އަށް ފުރުސަތު ދިނުމަށް އެތައް ގައުމަކުން މުއިއްޒު ސަރުކާރަށް ގޮވާލައިފި

06 ނޮވެމްބަރު 2025
މިނިވަން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމާއި މީޑިޔާގެ މިނިވަންކަމަށް ހުރަސް އެޅުމާއި ރިސޯޓް ވޯކާރސް ވެސް ދެކޮޅު

މިނިވަން ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމާއި މީޑިޔާގެ މިނިވަންކަމަށް ހުރަސް އެޅުމާއި ރިސޯޓް ވޯކާރސް ވެސް ދެކޮޅު

30 ސެޕްޓެމްބަރު 2025
ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ

ޗުއްޓީއަށްފަހު މަޖިލީހުގެ ޖަލްސާތައް ބުރާސްފަތި ދުވަހު ފަށަނީ

28 ސެޕްޓެމްބަރު 2025
މީޑިއާ ރެގިއުލޭޓް ކުރުމަށް ތަސްދީގު ކުރި ގާނޫނު އުވާލުމަށް އދ އިން ދިވެހި ސަރުކާރަށް ގޮވާލައފި

މީޑިއާ ރެގިއުލޭޓް ކުރުމަށް ތަސްދީގު ކުރި ގާނޫނު އުވާލުމަށް އދ އިން ދިވެހި ސަރުކާރަށް ގޮވާލައފި

25 ސެޕްޓެމްބަރު 2025
މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމާއި ކޮމަންވެލްތު ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމަށް ކެނެޑާއިން ރާއްޖެއަށް ގޮވާލައިފި

މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމާއި ކޮމަންވެލްތު ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމަށް ކެނެޑާއިން ރާއްޖެއަށް ގޮވާލައިފި

22 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު