Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާދަމް ޢާޒިމް

މީޑިއާ ކޮންޓްރޯލް ބިލު ފާސް ކުރިޔަސް އެ ބިލަށް ތަބާ ނުވާތި: މޭޔަރު އާޒިމް

މިނިވަންކަމަށް ހުރަސް އެޅޭ އެއްވެސް ބިލަކަށް ތަބާވާން ނުޖެހޭނެ ކަމަށް މޭޔަރު ވިދާޅުވި

އަލީ ޝާހީން
އަލީ ޝާހީން | 13 ސެޕްޓެމްބަރު 2025 | ހޮނިހިރު 18:29
މާލެ ސިޓީ މޭޔަރު އާދަމް އާޒިމް

މާލެ ސިޓީ މޭޔަރު އާދަމް އާޒިމް

މިނިވަން މީޑިއާ ތަޅުއަޅުވާ ބިލު ފާސްކުރިޔަސް އެ ބިލަށް އެއްވެސް ބޭފުޅަކު ތަބާ ނުވުމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފި އެވެ.

ހިޔާލާއި ފިކުރު ކަފުނަށް ނަމުގައި ބޭއްވި ފޯރަމުގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވި، ރައްޔިތުންނަށް މިނިވަން ކަންމަތި އުޅެވެންޖެހޭނެ ކަމަށާއި މިނިވަންކަމަށް ހުރަސް އެޅޭ އެއްވެސް ބިލަކަށް ތަބާ ވާން ނުޖެހޭނެ ކަމަށެވެ. އަދި މިއީ ހަމައެކަނި ނޫސްވެރިންގެ މިނިވަން ކަމަށް އެޅޭ ހުރަހެއް ނޫންކަމަށާއި މިއީ ހިޔާލު ފާޅުކުރާ ކޮންމެ މީހެއްގެ މިނިވަންކަން ނިގުޅައިގަތުމަށް ކުރާ ކަމެއް ކަމަށް އާޒިމް ވިދާޅުވި އެވެ.

Advertisement - newsAdvertisement

އަދި ރައްޔިތުން އިންތިހާބު ކޮށްފައިވާ މެންބަރުންނާއި ވެރިން ވައްކަން ކުރަންޏާ އެވާހަކަ ދައްކާނެ ކަމަށާއި އަދި އެވާހަކަ ދެއްކެން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އެ މެންބަރުންނާއި ވެރިން ހަމަ މަގަށް އަޅުވަން ތިބީ ރައްޔިތުން ކަމަށާއި އެމީހުންގެ އަނގައިގައި މަލަން އެޅުއްވުމުން ނިކުންނަ ނަތީޖާ ގޯސްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

ތިބޭފުޅުން ފިލަން އުޅޭނެ ކަމެއް ނެތް. މިގައުމަކަށް ކުރިއެރުމެއް ނުލިބޭނެ މީޑިއާ ބަންދު ކޮށްފިއްޔާ. ސޯޝަލް މީޑިއާ ބަންދު ކޮށްފިއްޔާ. އަޅުގަނޑު ބުނަން އޮތް ވާހަކައަކި އެއްވެސް ބޭފުޅަކު އެ ފާސްކުރިޔަސް އެއަށް ތަބާ ނުވައްޗޭ. އަޅުގަނޑު ތަބައެއް ނުވާނަން. އެއްވެސް ބޭފުޅަކު ފާސްކުރިޔަސް ތަބާ ނުވައްޗޭ.
އާޒިމް

އާޒިމް ވިދާޅުވީ މިނިވަން ކަންމަތީ ބޭނުންވާ ވާހަކައެއް ދެއްކުމުގެ މިނިވަންކަން އޮންނަންޖެހޭނީ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް އެކަނި ނޫންކަމަށައި ކޮންމެ ރައްޔިތަކަށްވެސް އެ މިނިވަންކަން އޮންނަން ޖެހޭނެ ކަމަށެވެ. އަދި މަގާމުތަކަށް މީހުން އައްޔަން ކުރަންވާނީ ވެސް އާންމު ރައްޔިތުންނާއި މީޑިއާތައް މިނިވަންކޮށް ބާއްވާފަ ކަމަށާއި އެނޫންގޮތަކަށް އެކަން ވާނަމަ އެއި ރަނގަޅު މަގަކުން ދާނެ ކަމެއް ނޫން ކަމަށް އާޒިމް ވިދާޅުވި އެވެ.

މިގައުމަކީ މުއްސަނދި ގައުމެއް ކަމަށާއި އެހެން ނަމަވެސް މިގައުމުގެ ރައްޔިތުން މިހާ ނިކަމެތިކޮށް މިތިބޭ ސަބަބަކީ މިގައުމަށް ވަންނަ ފައިސާ ވިޔާނުދާކޮށް ބޭނުންކުރާތީ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާދަމް ޢާޒިމްމާލެ ސިޓީމިނިވަން މީޑިއާދުލާއި ގަލަމުގެ މިނިވަންކަންމީޑިއާ ބިލު ކޮރަޕްޝަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު