Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖޭގެ ފަތުރުވެރިކަން

މިއަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ އަދަދު 8 ލައްކައަށް!

ސެޕްޓެމްބަރު މަހުގެ މިހާތަނަށް އައީ 61،421 ފަތުރުވެރިން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 17 ސެޕްޓެމްބަރު 2021 | ހުކުރު 12:16
ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް

ވެލާނާ އިންޓަނެޝަނަލް އެއާޕޯޓް

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 817،000 އިން މައްޗަށް އަރާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ކޮންމެ ހަފުތާއަކު އާންމުކުރާ މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓުގައި ވާގޮތުން މިއަހަރުގެ ޖެނުއަރީން ސެޕްޓެމްބަރު 15 ގެ ނިޔަލަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 817،387 އަށް އަރާފައެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައީ އިންޑިއާ މާކެޓުން ކަމަށް ބުނެފައިވެއެވެ. މިހާތަނަށް އިންޑިއާއިން އައި ފަތުރުވެރިންގެ އަދަދު 184،267 އަށް އަރާކަމަށް ވެސް ބުނެފައިވެއެވެ.

Advertisement - businessAdvertisement

ރަޝިއާއިން 165،453 ފަތުރުވެރިން އައިސްފައިވާއިރު، ޖަރުމަނުން 48،573 ފަތުރުވެރިން އައިސްފައިވާކަމަށް ވަނީ ރެކޯޑުކޮށްފައެވެ.

މި ހިނގާ ސެޕްޓެމްބަރު މަހުގެ 15 ގެ ނިޔަލަށް މިމަހު ރާއްޖެ އައީ 61،421 ފަތުރުވެރިން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. މިއީ 2020 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 1،277.8 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ކޮވިޑް-19ގެ ހާލަތުގެ ކުރިން 2019 ގެ މި މުއްދަތުގައި އައި ފަތުރުވެރިންނާ އަޅާ ބަލާއިރު 7.6 އިންސައްތައިގެ އިތުރުވުމެކެވެ. ސެޕްޓެމްބަރުގެ މިހާތަނަށް އައިއިރު ދުވާލަކު 4،095 ފަތުރުވެރިން އަންނަ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ. އަދި 8 ދުވަހު ރާއްޖޭގައި އެމީހުން މަޑުކުރާކަމަށް ޓީރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ނިމިދިޔަ އޮގަސްޓު މަހުއެވެ. އެ މަހު 143،599 ފަތުރުވެރިން އައިސްފައިވާއިރު، މިއީ ކޮވިޑް-19ގެ ހާލަތުގެ ކުރިން 2019ގެ މި މުއްދަތުގައި އައި ފަތުރުވެރިންނަށްވުރެ 3.1 އިންސައްތަ އިތުރު އަދަދެކެވެ. މި އަހަރުގެ ތެރޭ ދުވާލެއްގެ މައްޗަށް އައި ފަތުރުވެރިން ވެސް އެންމެ ގިނައީ އޮގަސްޓު މަހު ކަމަށް ވަނީ ރެކޯޑުކޮށްފައެވެ. އެގޮތުން އޮގަސްޓު މަހު ކޮންމެ ދުވަހަކު ވެސް އެވަރޭޖްކޮށް 4،632 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

މި އަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މާޗް މަހުއެވެ. މާޗް މަހު 109،585 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޖުލައި މަހުއެވެ. އެ މަހު 101،818 ފަތުރުވެރިން އައިސްފައިވެއެވެ.

މިއަހަރުގެ މާޗް ހިސާބުގައި ރާއްޖޭގެ ފަތުރުވެރިކަން ކޮންމެވެސް ވަރަކަށް ރަނގަޅުވެފައިވަނީ އެ ދުވަސްވަރު ރާއްޖެއިން ފެނުނު ކޮވިޑް-19ގެ ކޭސްތައް ދަށްވުމާއެކު ދިން ލުއިތަކުގެ ސަބަބުން ކަމަށް ކަމާބެހޭ މާހިރުން ބުނެއެވެ. އަދި އެއަށްފަހު މެއި، ޖޫން މި ދެ މަހު ރާއްޖެއިން ފެނުނު ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވެފައިވެއެވެ. އެއަށްފަހު ޖުލައި މަހު ފަތުރުވެރިކަން ރަނގަޅުވާން ފެށިގޮތަށް އެއް މަހަށްވުރެ އަނެއް މަހު ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ.

މީގެ އިތުރުން 869 ޓޫރިސްޓު އެކޮމޮޑޭޝަން ފެސިލިޓީއެއް މިވަގުތު ޚިދުމަތަށް ހުޅުވާލާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ޖުމްލަ 50،684 އެނދު ގެންދަނީ އޮޕަރޭޓްކުރަމުންނެވެ. އެގޮތުން 155 ރިސޯޓެއްގައި 36،832 އެނދު އޮޕަރޭޓްކުރަމުންދާއިރު، 570 ހޮޓެލް އަދި ގެސްޓްހައުސްތަކުގައި 11،006 އެނދު ގެންދަނީ އޮޕަރޭޓްކުރަމުންނެވެ. މީގެ އިތުރުން 144 ސަފާރީއެއްގައި 2،846 އެނދު އޮޕަރޭޓްކުރަމުންގެންދާކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެ، އިގްތިސާދު ކޮޅަށް ޖެހޭނެ ކަމަށް ކަމުގެ މާހިރުން ލަފާކުރެއެވެ. އަދި ރާއްޖޭގެ އިގްތިސާދު ނުހުއްޓި ކުރިއަށްދާނަމަ ސަރުކާރުގެ އަމާޒާ އެއްގޮތަށް މި އަހަރު ނިމުމުގެ ކުރިން 1.5 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނެވޭނެކަމަށް ސަރުކާރުން ބުނެއެވެ.

ޓޫރިޒަމް މިނިސްޓްރީފަތުރުވެނިން

ކޮމެންޓް

Like & Win

Giveaway
Powered by: Click Computers
Acer Travelmate P2

Acer Travelmate P2

i3 • 4GB • 256GB SSD • 14" FHD

Tap

އިތުރަށް ކިޔާލަން

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

ފަތުރުވެރިންނަށް ޕްރީ އެޕްރޫވަލް ވިސާ ދޭން ހުށަހެޅި ގަރާރު މަޖިލީހުން ބަލައިގެންފި

13 މެއި 2024
ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

ފަތުރުވެރިންނަށް 'ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް' ދޭން ގޮވާލާ ގަރާރެއް ހުށަހަޅައިފި

06 މެއި 2024
ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު

ވެލާނާ އެއާޕޯޓަށް ތާރީޚީ ދުވަސްތަކެއް: އަލަށް އިތުރުކުރެވުނު ޖެޓް ޕާކިން އާއެކު، ބުރާސްފަތި ދުވަހު އެކަނި ވެސް 38 ޖެޓު

29 ޑިސެމްބަރު 2023

އަހަރުތަކުން މިއަދު

1 މާރިޗު
ވަރމިސެއްލީ ޕުޑިންގ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވަރމިސެއްލީ ޕުޑިންގ

"ދިރިއުޅުން، މުސީބާތަކަށް ވެއްޖެ... އަހަރެމެންގެ ވީޑީއޯ ނަގާ، މީސްތަކުންނަށް ދައްކައިދީ"
20242 އަހަރު ކުރިން
ރިޕޯޓު

"ދިރިއުޅުން، މުސީބާތަކަށް ވެއްޖެ... އަހަރެމެންގެ ވީޑީއޯ ނަގާ، މީސްތަކުންނަށް ދައްކައިދީ"

މަތީ ތައުލީމު ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

މަތީ ތައުލީމު ދާއިރާގެ މަސައްކަތްތެރިންގެ މުސާރަ ބޮޑުކޮށްފި

ތުއްތު ކުއްޖެއްގެ ނޭވާހޮޅިން ކަރަންފުލެއް ނަގައިފި
20224 އަހަރު ކުރިން
ސިއްހަތު

ތުއްތު ކުއްޖެއްގެ ނޭވާހޮޅިން ކަރަންފުލެއް ނަގައިފި

ޖިންނި ފައްސާލަން ހެދި ފަންޑިތަޔަކުން 9 އަހަރުގެ ކުއްޖަކު މަރުވެއްޖެ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ޖިންނި ފައްސާލަން ހެދި ފަންޑިތަޔަކުން 9 އަހަރުގެ ކުއްޖަކު މަރުވެއްޖެ

މޭގަން މާކަލް ދެކެ ޕްރިޔަންކާ ރުޅިއަތުވެއްޖެ
20197 އަހަރު ކުރިން
ތަފާތު ޚަބަރު

މޭގަން މާކަލް ދެކެ ޕްރިޔަންކާ ރުޅިއަތުވެއްޖެ

އީޔޫއިން ރާއްޖެ އަށް ދިން އިންޒާރު، ދިވެހި ބަހުން ވެސް ނެރެފި
20188 އަހަރު ކުރިން
ރާއްޖެ

އީޔޫއިން ރާއްޖެ އަށް ދިން އިންޒާރު، ދިވެހި ބަހުން ވެސް ނެރެފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު