Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިރާނުގެ ހާލަތު

އިރާނުން ޖޯންސަން އެންޑް ޖޯންސަންގެ ކޮވިޑް ވެކްސިން ބޭނުންކުރުމުގެ ހުއްދަދީފި

17 ސެޕްޓެމްބަރު 2021 | ހުކުރު 03:07

އިރާނުގެ ސީނިއަރ އޮފިޝަލެއް މިކަން ހާމަކޮށްފައިމިވަނީ އިރާނުގެ ރޫހާނީ ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ އެމެރިކާ އާއި އިނގިރޭސިވިލާތުން އުފައްދާފައިވާ އެއްވެސް ވެކްސިނެއް އިރާނަށް އެތެރެކުރުން މަނާކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 ސެޕްޓެމްބަރު 2021 | ހުކުރު 03:07
އިރާންގެ ވެރިރަށް ތެހެރާންގައި މީހުން ވެކްސިން ޖެހުމަށް މަޑުކޮށްލައިގެން

އިރާންގެ ވެރިރަށް ތެހެރާންގައި މީހުން ވެކްސިން ޖެހުމަށް މަޑުކޮށްލައިގެން

ކޮވިޑް-19ގެ ފަސް ވަނަ ރާޅެއް އިރާނަށް ކުރިމަތިވެފައިވާއިރު އެމެރިކާގެ ޖޯންސަން އެންޑް ޖޯންސަން އިން ކޮވިޑަށް އުފައްދާފައިވާ ވެކްސިން ބޭނުންކުރުމުގެ ހުއްދަ އިރާނުގެ އައު ސަރުކާރުން ދީފިއެވެ.

އިރާނުގެ ސީނިއަރ އޮފިޝަލެއް މިކަން ހާމަކޮށްފައިމިވަނީ އިރާނުގެ ރޫހާނީ ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ، އެމެރިކާ އާއި އިނގިރޭސިވިލާތުން އުފައްދާފައިވާ އެއްވެސް ވެކްސިނެއް އިރާނަށް އެތެރެކުރުން މަނާކޮށްފައި އޮންނަތާ 8 މަސް ފަހުންނެވެ. އެހެންނަމަވެސް އިރާނުން ވަނީ ހުޅަނގުގެ ބައެއް ގައުމުތަކުން އެހެން ގައުމުތަކުގައި އުފައްދަމުން އަންނަ ވެކްސިން އެގައުމުގައި ބޭނުންކުރުމުގެ ހުއްދަދީފައެވެ.

އިރާނުގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދިޔުމާއެކު ވެކްސިނޭޝަން ޕްރޮގްރާމް ފުޅާކުރުމުގެ ޕްރެޝަރ އިރާނުގެ އައު ރައީސް އިބްރާހިމް ރައީސީއަށް ވަނީ ބޮޑުވެފައެވެ.

އިރާނުގެ މީޑިޔާތަކުން އެގައުމުގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންގެ ހެޑް މުހައްމަދު ރިޒާ ޝަނެޝާޒް އާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ކޮވިޑް ވެކްސިންގެ އެއް ޑޯޒް ޖަހަންޖެހޭ ޖޯންސަން އެންޑް ޖޯންސަން ވެކްސިން އިރާނުގައި ޖެހުމުގެ ހުއްދަވަނީ ދީފައެވެ. އެވެކްސިން އުފައްދާ ތަނެއް ހާމަކޮށްފައެއްނުވެއެވެ.

މި އަހަރުގެ ޖެނުއަރީ މަހު އެމެރިކާ އާއި އިނގިރޭސިވިލާތުން ވެކްސިން އެތެރެކުރުން މަނާކަމަށް ޚާމަނާއީ އިއުލާނުކުރެއްވީ އެދެގައުމަށް އިތުބާރު ނުކުރެއްވޭ ކަމަށް ވިދާޅުވެފައެވެ. ޚާމަނާއީ ފަހުން ވިދާޅުވެފައިވަނީ އެތެރެކުރުން މަނާވާނީ އެދެ ގައުމުގައި އުފައްދާ ވެކްސިން ކަމަށެވެ.

ބުރާސްފަތި ދުވަހު ވަނީ ރަޝިޔާގެ ސްޕަޓްނިކް ވެކްސިނަށް ވެސް ހުއްދަދީފައެވެ.

މިއާއެކު އިރާނުގައި ކޮވިޑް ވެކްސިންގެ ގިނަ ގައުމުތަކެއްގެ އުފެއްދުންތަކަށް ހުއްދަދީފައިވާކަމަށް މުހައްމަދު ރިޒާ ވިދާޅުވިއެވެ.

އިރާނުން އަންނަނީ އެގައުމަށް އެތެރެކޮށްފައިވާ ރަޝިޔާގެ ސްޕަޓްނިކްވީ ވެކްސިނާއި އިންޑިޔާގެ ކޮވެކްސިން ވެކްސިން އަދި ރަޝިޔާގެ އާރު ފަރމާއި ދެކުނު ކޮރެއާގެ އެސްޓްރަޒެނެކާ-އެސްކޭބައޯ ގުޅިގެން އުފައްދާފައިވާ އިނގިރޭސިވިލާތުގެ އޮކްސްފޯރޑާއި އެސްޓްރަޒެނިކާ ގުޅިގެން އުފައްދާފައިވާ އެސްޓްރަޒެނިކާ ވެކްސިން އެގައުމުގެ ރައްޔިތުންނަށް ދިނުމުގެ ޕްރޮގްރާމް ހަލުވިކުރުމަށް މަސައްކަތްކުރަމުންނެވެ. މީގެއިތުރުން އިރާނުން އަންނަނީ އެގައުމުގައި އުފައްދާފައިވާ ކޮވިޑް ވެކްސިން ކޮވިއިރާން ބަރަކާތު ވެސް ދެމުންނެވެ.

އިރާނުގެ ހެލްތު މިނިސްޓްރީން ބުނެފައިވަނީ 83 މިލިއަން މީހުން ދިރިއުޅެމުން އަންނަ އިރާނުގެ 13 މިލިއަން މީހުންނަށް ދެ ޑޯޒް ދީފައިވާކަމަށެވެ. އިރާނުގެ ދައުލަތުގެ މީޑިޔާއިން އެގައުމުގެ ހެލްތު މިނިސްޓަރ ބަހްރަމް އިނުﷲ އާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި ހަފްތާގައި އެގައުމުގެ 7.9 މިލިއަން މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

އިރާނުގައި ކޮވިޑް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 5،378،408 (ފަސް މިލިއަން ތިން ލައްކަ ހަތްދިހަ އަށް ހާސް ހަތަރު ސަތޭކަ އަށެއް)ށް އަރާފައެވެ. އިރާނަކީ މެދު އިރުމަތީގައި ކޮވިޑްގެ ހާލަތު އެންމެ ގޯސް ސަރަހައްދެވެ. އެގައުމުގައި މިހާތަނަށް ކޮވިޑް ޖެހިގެން 116،072 މީހުން ވަނީ މަރުވެފައެވެ.

ކޮވިޑް-19އީރާން

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
13 ނޮވެމްބަރު 2025

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

13 ނޮވެމްބަރު 2025
އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
11 ނޮވެމްބަރު 2025

އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި

11 ނޮވެމްބަރު 2025
އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި
10 ނޮވެމްބަރު 2025

ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި

10 ނޮވެމްބަރު 2025
ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި
07 ނޮވެމްބަރު 2025

ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި

07 ނޮވެމްބަރު 2025
ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް