Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޝައްފާނުގެ މަރުގެ މައްސަލަ

ޝައްފާނުގެ މަރުގެ މައްސަލައިގެ ޙުކުމް ކުރުން 25 އޮކްޓޯބަރުގައި

ޝައްފާން ޝަރީފް މަރާލީ 2018 އޮކްޓޫބަރު 11 ވަނަ ދުވަހުގެ ދަންވަރު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 15 ސެޕްޓެމްބަރު 2021 | ބުދަ 08:40
ޝައްފާނުގެ މަރުގެ މައްސަލައިގެ މީގެ ކުރިން ކުރިއަށްދިޔަ އަޑުއެހުމެއްގެ ތެރެއިން

ޝައްފާނުގެ މަރުގެ މައްސަލައިގެ މީގެ ކުރިން ކުރިއަށްދިޔަ އަޑުއެހުމެއްގެ ތެރެއިން

ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ށ. ފޭދޫ ހީނާމާގެ އިސްމާއިލް ޝައްފާން ޝަރީފްގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ޝައްފާން މަރާލި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވާ ހަތަރު މީހުންނަކީ، ސ. ހިތަދޫ، މަލަ، މުހައްމަދު އައިމަން ހަބީބް، ސ. މަރަދޫ މޫންލައިޓް ގްލޯރީ ހަސަން ނަބާހް, ސ. ހިތަދޫ، ޗަމަން، ހުސައިން ނިހާދު އަހްމަދު އަދި ކ. މާލެ، ޓޮމާޓޯފްލާވަރ ހުސެއިން ޖައިލަމްއެވެ.

އޭގެ ތެރެއިން ނިހާދުއާއި ޖައިލަމްގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ނަބާޙްއާއި އައިމަންގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

މި މައްސަލައިގައި ދައުލަތާއި ދިފާއުން ވެސް މީގެ ކުރީގެ އަޑުއެހުންތަކުގައި ވަނީ ޚުލާސާ ބަޔާން އިއްވާފައެވެ.

ބަންދު މުރާޖައާ ބައި:

ބުދަ ދުވަހުގެ އަޑުއެހުމުގައި ވަނީ މި މައްސަލައިގެ ދައުވާ ލިބޭ މީހުންގެ ބަންދު މުރާޖައާ ކުރިއަށް ގެންގޮސްފައެވެ. އެމީހުންގެ ބަންދާމެދު ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވީ އެމީހުން ބަންދު ކުރި ސަބަބާ ގުޅޭ ހާލަތު އަދިވެސް ދެމި އޮތް ކަމަށާއި، އެމީހުން ބަންދުގައި ބޭތިއްބުމަށް އެދޭކަމަށެވެ. އަދި އަވަހަށް މައްސަލައިގެ ނިހާއީ ޙުކުމް ކުރެއްވުމަށް އަޑުއެހުމެއް ބޭއްވުމަށް ދައުލަތުން ވަނީ އެދިފައެވެ. ނަމަވެސް ދިފާއީ ވަކީލު ވަނީ މި މައްސަލައިގެ ހެކިބަސް ވެސް ނަގާ ނިމިފައިވާކަން ފާހަގަކުރައްވައި، މި މައްސަލައިގައި ކުށް ސާބިތު ކުރެވޭ ވަރުގެ އެކަށީގެންވާ ހެކި ގަރީނާ ވެސް ނެތްކަަމަށް ވިދާޅުވެފައެވެ. ދިފާއީ ވަކީލު ވަނީ ބަންދަށް ލުއެއް ދެއްވުމަށް އެދިވަޑައިގެންފައެވެ.

ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، 25 އޮކްޓޯބަރުގައި މި މައްސަލައިގެ ޙުކުމް ކުރެއްވުމަށް އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ. އަދި މިހާރު އޮތް ބަންދުގެ ހާލަތު ދެމެހެއްޓުމަށް ޝަރީއަތުން ވަނީ ނިންމާފައެވެ.

މައްސަލައިގެ ޚުލާސާއެއް:

ތޫނު އެއްޗަކުން ހަމަލާދީ ޝައްފާނު މަރާލާފައިވަނީ ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި ސިލްސިލާ މާރާމާރީތަކާ ގުޅިގެން ބަދަލުހިފުމުގެ ގޮތުން ކަމަށް އެ މައްސަލަތަކުގެ ތަހުގީގު ޓީމުން ބުނެފައިވެއެވެ.

އެގޮތުން، ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް (19އ) މަރާލި މައްސަލައާ ގުޅޭ ގޮތުން ފުލުހުންގެ ތަހުގީގު ޓީމުން އޭރު ވިދާޅުވެފައިވަނީ، އާގިލް މަރާލީ 2018 އޮގަސްޓް 31 ވަނަ ދުވަހު ވ. ފުލިދޫ އަށް ކުރި ދަތުރެއް ނިންމާލުމަށް ފަހު މާލެއަށް ފޭބި ވަގުތު ބޮޑުތަކުރުފާނު މަގު އެމް.އެމް.އޭ ކުރިމަތީ އޮންނަ ތޮށިގަނޑު މަތިން ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށެވެ. އާގިލް މެޔަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށާއި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ދިރިހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަން ތަހުގީގު ޓީމުން ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން 2018 އޮކްޓޫބަރު 11 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އިސްމާއިލް ޝައްފާން ޝަރީފް މަރާލީ އޭނާ ދިރިއުޅެމުން ދިޔަ ސަބުދެލިޔާ މަގު ގ. ރޯޒީ ކުރިމަތިން ބަޔަކު ތޫނު އެއްޗަކުން ހަމަލާދީ ކަމަށް ވެސް ފުލުހުންގެ ތަހުގީގު ޓީމުން ހާމަކޮށްފައިވެއެވެ. ޝައްފާންއަށް ހަމަލާދިންކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާ އެކު އެ ސަރަހައްދަށް ދިޔަ ކަމަށާއި، އަދި ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓު ތެރޭގައި އޭނާ ހޮސްޕިޓަލަށް ގެންދެވުނު އިރު ވެސް އޭނާ ދިރިހުރި ކަމުގެ ނިޝާނެއް ފެންނަން ނެތް ކަމަށް ތަހުގީގު ޓީމުން ބުނެފައިވެއެވެ. އޭނާގެ ގައިގެ 8 ތަނަކަށް ތޫނު އެއްޗަކުން ހަމަލާ ދީފައިވާ ކަމަށް ފުލުހުންގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓްނަދީމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު