Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްޑީޕީ އެތެރޭގެ އިންތިޚާބު

އިންތިޚާބަކާނުލާ ހޮވޭ ކެންޑިޑޭޓުންގެ ލިސްޓް ދެދުވަސްތެރޭގައި އިއުލާން ކުރާނެ - ހަސަން ލަތިފް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2021 | އާދީއްތަ 09:20
ހަސަން ލަތީފް - އެމްޑީޕީގެ ޗެއަރޕާސަން

ހަސަން ލަތީފް - އެމްޑީޕީގެ ޗެއަރޕާސަން

އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޓޭޓުންގެ ތެރެއިން އިންތިޚާބަކާ ނުލާ ހޮވޭ ކެންޑިޑޭޓުންގެ ލިސްޓް ދެދުވަސްތެރޭގައި އިއުލާން ކުރައްވާނެ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

އިންތިޚާބާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރެއްވުމަށް އެމްޑީޕީގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ، އިންތިޚާބުގެ ކަންކަން ވަރަށް ފުރިހަމައަށް ކުރިއަށްދާ ކަމަށެވެ. އަދި މި އިންތިޚާބަކީ ވެސް ފޯރިގަދަ އިންތިޚާބަކަށް ވެގެންދާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިހާރު ކުރިއަށްދަނީ އިންތިޚާބަށް އޮފިޝަލުން ހޮވުމުގެ މަސައްކަތް ކަމަށާއި، ކޮންމެ ރަށެއްގައި ވޯޓު ފޮށްޓެއް ބަހައްޓާއިރު، ރަށްރަށުގައި ތިބި އެމްޑީޕީ މެމްބަރުންގެ ފަރާތުން މިކަމުގައި އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ. ދާއިރާތަކުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އެއް ކެންޑިޑޭޓަކު ކުރިމަތިލައްވާފައިވާ ދާއިރާތަކުގައި އިންތިޚާބަކާ ނުލާ ގޮނޑި ޔަގީންވާނެ ކަމަށާއި، ލިސްޓް ދެދުވަސްތެރޭގައި އާއްމު ކުރައްވާނެ ކަމަށެވެ.

Advertisement - newsAdvertisement

އިންތިޚާބުގައި 733 ކެންޑިޑޭޓުން ވާދަކުރައްވާއިރު، މިހާރު ލިސްޓް އާއްމު ކޮށްފައިވާނެ ކަމަށެވެ. އެތެރޭގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 93،165 މީހުން އެބަތިބި ކަމަށާއި، ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ޝަކުވާ ތަކަށް ބަލުމަށްފަހު މި މަހުގެ 11 ވަނަ ދުވަހު ފައިނަލް ލިސްޓް އާއްމު ކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

ޝަކުވާ ހުށަހެޅުމަށް ހުޅުވާލުމުން ލިބުނު ޝަކުވާތަކަށް ބަލައި، 918 މީހަކު ވޯޓު ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓުން އުނި ކޮށްފައިވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.

ވޯޓާރސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 11 ސެޕްޓެމްބަރުވީ ހޮނިހިރު ދުވަހުން ފެށިގެން 13 ސެޕްޓެމްބަރުވާ ހޯމަ ދުވަހުގެ މެންދަމު 12:00އާ ހަމައަށް ވަނީ ފުރުސަތު ހުޅުވާލާފައެވެ. މިހާރު އާއްމުކޮށްފައިވާ ލިސްޓަކީ 25 އޭޕްރީލް 2021ގައި ލިސްޓަށް ޝަކުވާ ހުށަހެޅުއްވުމަށް ހުޅުވާލެވި، 28 އޭޕްރީލް 2021ގައި ޝަކުވާ ހުށަހެޅުއްވުމަށް ވަގުތު އިތުރުކޮށް, ދެވުނު ފުރުސަތުގައި ޝަކުވާ ހުށަހެޅި ބޭފުޅުންގެ ޝަކުވާތައް ބަލައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްފަހު އާންމު ކޮށްފައިވާ ދާއިމީ ލިސްޓު ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީން ބުނީ މި ބަދަލުތައް ގެނައުމަށްފަހު މިހާރު އާންމުކޮށްފައިވާ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާއިރު، ޝަކުވާ ހުށަހެޅުމުގެ ފޯމު މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އަދި ޝަކުވާ ހުށަހަޅާއިރު، ކުރިން ޝަކުވާ ހުށަހަޅަން ބޭނުން ކުރި އައިޑީކާޑު ނަންބަރު ބޭނުންކޮށްގެން މިފަހަރުވެސް ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. އެހެން ގޮތްގޮތުން ފޮނުވާ ޝަކުވާ ބަލައިނުގަނެވޭނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު 25 ސެޕްޓެމްބަރު ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ. އެމްޑީޕީން، ކުރިން ދާއިރާތަކުގެ އިންތިޚާބު ބޭއްވުމަށް ނިންމީ މެއި މަހުގެ ތެރޭގައެވެ. އެހެންނަމަވެސް ފަހުން ވަނީ ސެޕްޓެމްބަރަށް ފަސްކޮށްފައެވެ.

އެމްޑީޕީން މިނިންމުން ނިންމީ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅު ދުއްވާލުމަށް ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއްދީ، އެމަނިކުފާނުގެ ހާލުކޮޅު ސީރިއަސްވެ، އެމަނިކުފާނު ފަރުވާ ހޯއްދަވަމުން ގެންދަވާތީ ދާއިރާތަކުގެ އިންތިޚާބު 29 މެއި 2021ގައި ބޭއްވުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީއެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)ހަސަން ލަތީފް

ކޮމެންޓް

އިތުރަށް ކިޔާލަން

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އޭސީސީ އަށް ހާޒިރު ކޮށްގެން ބަލަމުން ދާ މައްސަލަ އިންވެސްޓިގޭޓަރުންނަށް ސާފެއް ނުވޭ: މައުރޫފް

15 އޮކްޓޯބަރު 2025
ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

ކުރީގެ މިނިސްޓަރު އައިޝަތު އަލީ އޭސީސީ އަށް ޙާޒިރު ކޮށްފި

15 އޮކްޓޯބަރު 2025
މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންނަށް ލިބުނު އަނިޔާގެ ފުރިހަމަ ޒިންމާ ދައުލަތުން ނަގަން ޖެހޭނެ: ވަކީލް ނިޝާން

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު