Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހެލްތް ސެންޓަރުތަކުގައި ހުރި މައްސަލަތައް

ސިއްހީ މަރުކަޒުތަކުގައި ހުރި މައްސަލަތައް ރައީސްއަށް: ހައްލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވި!

9 ސެޕްޓެމްބަރު 2021 | ބުރާސްފަތި 07:57

އެންމެ ބޮޑު މައްސަލައެއް ކަމަށް ހުށަހެޅީ ބަޖެޓު ވަކިނުކުރުމުގެ މައްސަލަ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 9 ސެޕްޓެމްބަރު 2021 | ބުރާސްފަތި 07:57
ނ. ނަރުދޫ ސިއްހީ މަރުކަޒު

ނ. ނަރުދޫ ސިއްހީ މަރުކަޒު

އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތަކުގައި ހުރި މައްސަލަތައް ހައްލުކޮށްދިނުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ހުށަހަޅުއްވައިފިއެވެ.

އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް 22 ރަށެއްގެ ސިއްހީ މަރުކަޒުތަކަށް ސިޔާސީ ގޮތުން އައްޔަންކުރައްވާފައިވާ ބޭފުޅުން ވަނީ މާލެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވާފައެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމާ ގުޅޭގޮތުން ރާއްޖެޓީވީގެ ޚަބަރު ފީތާ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސިޔާސީ ގޮތުން އއ. ފެރިދޫ ހެލްތު ސެންޓަރަށް ކަނޑައަޅުއްވާފައިވާ މަރިޔަމް މުހައްމަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ސިއްހީ މަރުކަޒުތަކުތަކުގައި ހުރި ދަތިތައް ހިއްސާކުރައްވާފައިވާކަމަށެވެ. އެގޮތުން އެމްބިއުލަންސް ނެތުމުގެ މައްސަލައާއި، ހެލްތު ސެންޓަރުތަކުގެ ބަޖެޓު ވަކިވެފައި ނެތުމުގެ މައްސަލައާއި، އެކަށީގެންވާ ވަރަށް މުވައްޒަފުން ނެތުމުގެ މައްސަލައާއި، ސިއްހީ މަރުކަޒުތަކުގެ ޖާގައިގެ ދަތިކަމާއި، އަދިވެސް މިނޫން މައްސަލަތަކެއް ވެސް ހުށަހަޅާފައިވާނެ ކަމަށް މަރިޔަމް ވިދާޅުވިއެވެ.

މިކަންކަން ރައީސްއަށް ހުށަހެޅުމުން ވަރަށް އުންމީދީ ޖަވާބެއް ލިބުނު ކަމަށް މަރިޔަމް ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައި ހުށަހެޅުއްވި ހުރިހާ މައްސަލައަކަށް ވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް މަރިޔަމް ވިދާޅުވިއެވެ.

އެގޮތުން ހެލްތް ސެންޓަރުތަކަށް ވަކި ބަޖެޓެއް ކަނޑައެޅިގެންދާނެ ކަމަށާއި، އެ ބަޖެޓު ބޭނުންކުރެވޭނީ ހަމައެކަނި ހެލްތު ސެންޓަރުތަކަށް ކަމުގެ ޔަގީންކަން ރައީސް ދެއްވި ކަމަށް މަރިޔަމް ވިދާޅުވިއެވެ. މީގެ ސަބަބުން ހެލްތު ސެންޓަރުތަކަށް ބޭނުންވާ ތަކެތި ހޯދުމަށާއި، އެހެނިހެން ކަންކަން ކުރުމަށް ވެސް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް މަރިޔަމް ވިދާޅުވިއެވެ. މީގެ އިތުރުން އާސަންދައިގެ ޚިދުމަތް ހޯދުމުގައި އެންސްޕާއާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދެއްވާނެކަން ފާހަގަކުރެއްވި ކަމަށް މަރިޔަމް ވިދާޅުވިއެވެ.

މީގެ އިތުރުން ޚަބަރު ފީތާ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސިޔާސީ ގޮތުން ނ. ނަރުދޫ ހެލްތު ސެންޓަރަށް ކަނޑައަޅުއްވާފައިވާ މުސްތަފާ މޫސާ ވިދާޅުވީ މި ސަރުކާރު އައި ފަހުން ރާއްޖޭގެ ސިއްހީ ނިޒާމަށް ވަރަށް ބޮޑު އިންގިލާބީ ބަދަލެއް އައިސްފައިވާ ކަމަށެވެ. މިގޮތުން މުވައްޒަފުންގެ ދަތިކަން ހައްލުކުރުމަށް ކޮށްދެއްވާފައިވާ މަސައްކަތްތަކާއި، ބޭނުންވާ ވަސީލަތްތައް ތަނަށް ހަމަކޮށްދެއްވާފައިވާކަން މުސްތަފާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަކީ މި ސަރުކާރުގެ މުހިންމު އަމާޒަކަށް ވާއިރު، ރަށްރަށުގެ ހެލްތް ސެންޓަރުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މި ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މޯބައިލް ލެބޯޓްރީގެ ޚިދުމަތް ރަށްރަށަށް ތައާރަފުކުރުމާއި، ބަލި މީހާއަށް ބޭނުންވާ އެންމެ އާދައިގެ ފަރުވާ ދެވޭނެ ފެންވަރަށް ސިއްހީ މަރުކަޒުތައް ވަނީ ތަރައްގީކޮށްފައެވެ. މީގެ ސަބަބުން ބަލި މީހުންނަށް ދޭންޖެހޭ ފަރުވާ ނުދެވި ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހި، އެހެން ރަށްރަށުގެ ހޮސްޕިޓަލުތަކަށް ބަލި މީހުން ފޮނުވަން ޖެހޭ ޖެހުމަށް ލުއި ލިބިގެން ގޮސްފައިވާކަން ހޮސްޕިޓަލުތަކުން ފާހަގަކުރެއެވެ.

ހެލްތު މިނިސްޓްރީރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

26 ނޮވެމްބަރު 2025

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް
17 ނޮވެމްބަރު 2025

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ
17 ނޮވެމްބަރު 2025

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި
15 ނޮވެމްބަރު 2025

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ
08 އޮކްޓޯބަރު 2025

ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި

08 އޮކްޓޯބަރު 2025
ވެންޓިލޭޓަރު ގަންނަން ހަވާލުކުރި ޑުބާއީ ކުންފުނިން 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފި
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
20 އޯގަސްޓު 2025

ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ

20 އޯގަސްޓު 2025
ރާއްޖޭގައި މަސައްކަތް ކުރާ ނަރުހުން ރަޖިސްޓްރީ ނުވެ، ލައިސެންސް ނެތި މަސައްކަތް ކުރޭ: ހެލްތް މިނިސްޓްރީ
07 އޯގަސްޓު 2025

ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް

07 އޯގަސްޓު 2025
ފީއަލީގައި އެމްބިއުލާންސް ހަލާކުވެ ޚިދުމަތް ހުއްޓިފައި އޮންނަތާ ތިން މަހަށް ވުރެ ގިނަ ދުވަސް
07 އޯގަސްޓު 2025

ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ

07 އޯގަސްޓު 2025
ޔުމްނު ވެއްޓުނު ހާދިސާ - ރިޕޯޓުގައި ހުރި ފިޔަވަޅުތައް އެޅިތޯ ބެލުމަށް އިހުސާން މަޖިލީހަށް ހާޒިރުކުރަނީ
19 އެޕްރީލު 2025

ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި

19 އެޕްރީލު 2025
ދުންފަތުގެ ވިޔަފާރިކުރަން ބޭނުންވާ ލައިސަންސް ހޯދަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް