Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލިފުށީ ޖޮބްސެންޓަރުގެ ޚިދުމަތް ފެށުން

ޖޮބް ސެންޓަރުގައި ރަޖިސްޓްރީކޮށްފައި ވަނިކޮށް އެމީހަކަށް ވަޒީފާނުދީ އެފަދަ ވަޒީފާއަކަށް ބޭރު މީހަކު ނުގެންނާނެ: ރައީސް ޞާލިޙު

8 ސެޕްޓެމްބަރު 2021 | ބުދަ 20:06

ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ހުރި ވަޒީފާތަކަށް ބޭރުން މީހުން ގެންނަންޖެހޭ މިންވަރު މުސްތަގުބަލުގައި ދަށްކުރުން

އަމްނާ އިމާދު
އަމްނާ އިމާދު | 8 ސެޕްޓެމްބަރު 2021 | ބުދަ 20:06
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަލިފުށީ ޖޮބްސެންޓަރުގެ ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އަލިފުށީ ޖޮބްސެންޓަރުގެ ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވަނީ | ރައީސް އޮފީސް

ވަޒީފާ ބޭނުންވެގެން ޖޮބް ސެންޓަރުގައި އެކަމަށް އެކަށީގެންވާ މީހަކު ރަޖިސްޓްރީކޮށްފައި އޮއްވައި އެ މީހަކަށް ވަޒީފާ ނުދީ, އެފަދަ ވަޒީފާއަކަށް ބޭރު މީހަކު ގެނައުމުގެ ފުރުސަތު މުސްތަގުބަލުގައި ސަރުކާރުން ނުދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ އަލިފުށީގައި ޖޮބްސެންޓަރުގެ ޚިދުމަތް ރަސްމީގޮތުން ފައްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙުމަދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

ރައީސްގެ ވިދާޅުވީ ޖޮބް ސެންޓަރުތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމުކުރުމާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޓިވެޓް ސެންޓަރުތަކެއް ގާއިމުކުރާނެ ކަމަށެވެ. އޭގެ ތެރެއިން އެއް ސެންޓަރު ގާއިމުކުރެވޭނެ ރަށަކީ އަލިފުށިކަން ރައީސް ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގައި ހުރި ވަޒީފާތަކަށް ބޭރުން މީހުން ގެންނަންޖެހޭ މިންވަރު މުސްތަގުބަލުގައި ދަށްކުރުން ކަމަށެވެ. އެގޮތުން ވަޒީފާތަކަށް ބޭރުމީހުން ގެނައުން މަދުކުރުމަށް ކުރާ މަސައްކަތުގައި ކުރިއެރުންތަކެެއް ހޯދިފައިވާކަން ފާހަގަކުރައްވައި, މިސަރުކާރު ވެރިކަމާ ހަވާލުވިއިރު 56000 މީހުންނަށް ރާއްޖޭގައި ވޯރކް ޕަރމިޓް ދީފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް މި 2021 ވަނަ އަހަރުގެ ފުރަތަމަ 7 މަސް ނިމުނުއިރު ސަރުކާރުން ވޯރކް ޕަރމިޓް ދީފައި ވަނީ 8900 މީހުންނަށްކަން ފާހަގަކުރެއްވިއެވެ.

އަލިފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ޖޮބް ސެންޓަރުގެ އެޕްލިކޭޝަން ވެސް ރަސްމީ ގޮތުން އިފްތިތާޙު ކޮށްދެއްވާފައެވެ. އަދި މި ރަސްމިއްޔާތުގައި އަލިފުށީގައި ޖޮބްސެންޓަރުގެ ޚިދުމަތް ފެށުމާ ގުޅޭ އެއްބަސްވުމުގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި އަލިފުށީ ކައުންސިލާ ދެމެދު ސޮއި ކުރެވުނެވެ.

އަލިފުށީގައި ހުޅުވުނު ޖޮބްސެންޓަރަކީ މިއަހަރުގެ އެޕްރީލް މަހު ގައުމީ ޖޮބް ސެންޓަރުގެ ނަމުގައި މާލޭގައި ފެށި ޚިދުމަތުގެ ތެރެއިން ރަށްރަށުގައި ހުޅުވޭ ޖޮބް ސެންޓަރުތަކުގެ ފެށުމެވެ. ޖޮބްސެންޓަރުތަކުގެ މައިގަނޑު ބޭނުމަކީ ވަޒީފާދޭ ފަރާތްތަކާއި، ވަޒީފާ ބޭނުންވާ ފަރާތްތައް އެއްތަންކުރުމާއި ވަޒީއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް ހުށަހެޅުމުން ފެށިގެން ވަޒީފާ ލިބުމާހަމައަށް ކުރަންޖެހޭ ކަންކަން އެއްތަނަކުން ކުރެވޭނެ މަގުފަހިކުރުމެވެ. މީގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖޮބްސެންޓަރުގެ ޚިދުމަތް ތައާރަފްކޮށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެހެން ބައެއް ޚިދުމަތްތައް ވެސް ޖޮބްސެންޓަރުތަކުން ލިބޭނެގޮތް މުސްތަގުބަލުގައި ފަހިވެގެންދާނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 އޮކްޓޯބަރު 2017

އަދީބު އަވަހާރަ ކޮށްލަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނިކޮށް، ޝައްކު އުފެދޭ އިންޖެކްޝަނެއް ޖަހަން އުޅުނު: އާއިލާ

15 އޮކްޓޯބަރު 2017
އަދީބު އަވަހާރަ ކޮށްލަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވަނިކޮށް، ޝައްކު އުފެދޭ އިންޖެކްޝަނެއް ޖަހަން އުޅުނު: އާއިލާ
04 އޮކްޓޯބަރު 2017

ލަންކާގައި ހުންނަވަނިކޮށް އަނެއްކާ ވެސް މަހުލޫފްގެ ޕާސްޕޯޓް ހިފަހައްޓައިފި

04 އޮކްޓޯބަރު 2017
ލަންކާގައި ހުންނަވަނިކޮށް އަނެއްކާ ވެސް މަހުލޫފްގެ ޕާސްޕޯޓް ހިފަހައްޓައިފި
08 ސެޕްޓެމްބަރު 2017

އެންޑީއޭގެ ކޮމިއުނިޓީ ސަރވިސް ސެންޓަރުގައި 250 މީހުންނަށް ދަނީ ފަރުވާ ދެމުން

08 ސެޕްޓެމްބަރު 2017
އެންޑީއޭގެ ކޮމިއުނިޓީ ސަރވިސް ސެންޓަރުގައި 250 މީހުންނަށް ދަނީ ފަރުވާ ދެމުން
22 އޯގަސްޓު 2017

އިންތި މީޑިއާއަށް އިންޓަވިއު ދެއްވަނިކޮށް ސަރުކާރުގެ މެމްބަރުން ގޮސް ވަށާލައި އަޑުގަދަކޮށްފި!

22 އޯގަސްޓު 2017
އިންތި މީޑިއާއަށް އިންޓަވިއު ދެއްވަނިކޮށް ސަރުކާރުގެ މެމްބަރުން ގޮސް ވަށާލައި އަޑުގަދަކޮށްފި!
25 ޖުލައި 2017

މަޖިލިސް ހިސޯރު ނުކުރާކަމަށް ބުނެފައި ވަނިކޮށް، މިއަދުވެސް މެމްބަރުންނަށް މަޖިލީހަށް ނުވަދެވުނު!

25 ޖުލައި 2017
މަޖިލިސް ހިސޯރު ނުކުރާކަމަށް ބުނެފައި ވަނިކޮށް، މިއަދުވެސް މެމްބަރުންނަށް މަޖިލީހަށް ނުވަދެވުނު!
10 ޖުލައި 2017

އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް ޖޭއެސްސީގެ ބައްދަލުވުމުގައި މަސީހް!

10 ޖުލައި 2017
އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައި ވަނިކޮށް ޖޭއެސްސީގެ ބައްދަލުވުމުގައި މަސީހް!
30 ޖޫން 2017

ރަމަޟާން މަހުގައި އެމީހަކަށް ކުރެވުނު ހެޔޮއަމަލުތަކަށް ބޮޑާވެ ނުގަތުމަށް ގޮވާލައިފި

30 ޖޫން 2017
ރަމަޟާން މަހުގައި އެމީހަކަށް ކުރެވުނު ހެޔޮއަމަލުތަކަށް ބޮޑާވެ ނުގަތުމަށް ގޮވާލައިފި
28 މާރިޗު 2017

ސުލޫކީ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވާފައި ވަނިކޮށް އަމީތު ޕީޕީއެމުން ވަކިކޮށްފި

28 މާރިޗު 2017
ސުލޫކީ ކޮމެޓީގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވާފައި ވަނިކޮށް އަމީތު ޕީޕީއެމުން ވަކިކޮށްފި
15 މާރިޗު 2017

ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި

15 މާރިޗު 2017
 ކަނޑައެޅިފައިވާ އަދަދަށް ރަޖިސްޓްރީކޮށްފައި ނުވާތީ އެހެން ވޯޓު ފޮށިތަކުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި
04 މާރިޗު 2017

700 އަށްވުރެ ގިނަ ވަޒީފާ ތަކާއެކު "ޖޮއިން ޓީމް އެމްޓީސީސީ" ޖޮބް ފެއަރ ފެށިއްޖެ

04 މާރިޗު 2017
700 އަށްވުރެ ގިނަ ވަޒީފާ ތަކާއެކު "ޖޮއިން ޓީމް އެމްޓީސީސީ" ޖޮބް ފެއަރ ފެށިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް