Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

އިންތި މީޑިއާއަށް އިންޓަވިއު ދެއްވަނިކޮށް ސަރުކާރުގެ މެމްބަރުން ގޮސް ވަށާލައި އަޑުގަދަކޮށްފި!

ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ އަޑު ގަދަކުރުން ފިޔަވާ އިތުރުކަމެއް ނުކުރައްވާ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 22 އޯގަސްޓު 2017 | އަންގާރަ 08:07
މެމްބަރު އިންތި އިންޓަވިއު ދެއްވަނިކޮށް، ސަރުކާރަށް ނިސްބަތްވާ މެމްބަރުން އިންތި ވަށާލައި އަޑުގަދަ ކުރައްވަނީ --

މެމްބަރު އިންތި އިންޓަވިއު ދެއްވަނިކޮށް، ސަރުކާރަށް ނިސްބަތްވާ މެމްބަރުން އިންތި ވަށާލައި އަޑުގަދަ ކުރައްވަނީ --

އަންގާރާ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށްފަހު، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) މަޖިލީސް އިދާރާގެ ބޭރުގައި ހުންނަވައި މީޑިއާއަށް އިންޓަވިއު ދެއްވަނިކޮށް، ސަރުކާރު ކޯލިޝަންގެ ބައެއް މެމްބަރުން ވަޑައިގެން އިންތި ވަށާލައި އަޑުގަދަ ކުރައްވައިފި އެވެ.

އިންތި އިންޓަވިއު ދެއްވާފައިވަނީ އަންގާރަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ ކަންތައްތަކާއި މެމްބަރުންގެ ގޮނޑި ގެއްލުވާލި މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ހުކުމްކުރުން ލަސްވަމުންދާތީ އެކަމާ ގުޅޭ ގޮތުންނެވެ.

Advertisement - newsAdvertisement

އިންތި ވަށާލައި މެމްބަރުން އަޑުގަދަކުރަމުން ގެންދިޔަ ނަމަވެސް، އެ ބޭފުޅުންނަށް ކަޅިވެސް ހިންގަވާ ނުލައްވައި އޭނާ ގެންދެވީ މީޑިއާތަކާ ވާހަކަ ދައްކަވަމުންނެވެ. އިންތި އާއި މީޑިއާއަށް ހުރަސް އެޅުއްވި މެމްބަރުންގެ ތެރޭގައި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު، ހޯރަފުށި ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހީމްދީދީގެ އިތުރުން ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އެވެ. މީގެއިތުރުންވެސް މަޖިލީހުގެ ނާއިބުރައީސް މޫސާމަނިކު އާއި ދެން ވަޑައިގެންނެވި މެމްބަރުން ތިއްބެވީ އިންތިއަށް އުނދަގޫ ނުވާގޮތަށް ތަންކޮޅެއް ދުރުގަ އެވެ.

މި މެމްބަރުން ވިދާޅުވަމުން ގެންދެވީ އިންތި ދައްކަވާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ. އަޑުގަދަކުރެއްވުމަށް ފަހު މާގިނަ އިރެއް ނުވެ އެ މެމްބަރުން މަޖިލީހުގެ ގޯތިތެރެއަށް ވަދެވަޑައިގަތެވެ.

"އަޅުގަނޑު މިވަގުތުވެސް އެދެން ސުޕްރީމް ކޯޓުގައި އޮތް މައްސަލަ މިވަގުތުން މިވަގުތަށް ވެސް ނިންމާލަ ދެއްވުމަށް. މަޖިލީހުގައި މިހާރު ކުރިމަތިވެފައިވާ މައްސަލަތަކުގެ އެއް އަސްލަކީ ހާގީގަތުގައިވެސް އެއީ. ސުޕްރީމް ކޯޓުން މީގެކުރިން ނެރުނު ހުކުމަކާއި ގުޅިގެންނާއި ރައީސް ޔާމީން އެދިވަޑައިގެންނެވުމުގެ މަތިން ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަތަކެއްގެ ސަބަބުން މަޖިލީހުގައި ހިނގަމުންދާ ތަންތައްތަކެއް މިއީ. މަޖިލިސް މިހާރު މިއޮތީ ހުއްޓިފަ. މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް މިވަނީ މިކަމާ ގުޅިފައި،" އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ.

މެމްބަރު އިންތި އިންޓަވިއު ދެއްވަމުން ގެންދަވިކޮށް، ސަރުކާރަށް ނިސްބަތްވާ މެމްބަރުންތަކެއް އިންތި ވަށާލައި އަޑުގަދަ ކުރުމަށް ވަޑައިގަންނަވަނީ --

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ބައެއް މެމްބަރުން އިންޓަވިއު ދެއްވަމުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ގިނައީ ސިފައިން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު މައްސަލަ މަޖިލީހަށް ހުށަހަޅާފައިވާތީ، މަސީހުގެ ދިފާއުގައި ގިނަ އަދަދެއްގެ ސިފައިން މަޖިލީހުގެ ތެރޭގައި ހަރަކާތްތެރިވެ ވަޑައިގަންނަވާއިރު، މަޖިލިސް އޮތީ "މިލިޓަރީ ބާރުގެ" ދަށުގައި ކަމަށްވެސް ބައެއް މެމްބަރުން ވިދާޅުވި އެވެ.

"ޖުލައި 31 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ތިއްބެވި ސެކިއުރިޓީ ސިފައިންނެއް ނޫން ގިނައިން ތިބީ، މިހާރު ތިބީ ސަރުކާރުން ބުނާހާކަމެއް ކުރާނެ ސިފައިން. ގިނަ އަދަދެއްގެ ސިފައި މަޖިލީހުގައި އިދާރާގަ އާއި ޗެމްބަރުގެ ތެރޭގައި ހަރަކާތްތެރިވޭ. ސިފައިވަނީ ޗެމްބަރުގެ ތެރެއަށް ވަދެވޭނީ 08:10 ގައި ކަމަށްބުނެ ހިފަހައްޓާފަ. ސިފައިން މިއަދުވެސް ވަނީ އަޅުގަނޑަށް އަނިޔާކޮށްފަ،" ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ތެރެއިން --

އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު ރޮޒައިނާ އާދަމް ވިދާޅުވީ މަޖިލީހުގެ ޖަލްސާއެއް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ނުހިމަނާ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.

"މަޖިލީހުގެ ކައުންސެލް ޖެނެރަލް އަޅުގަނޑުމެން ގާތު ވިދާޅުވި މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަކީ ސައްހަ މައްސަލައެއް ކަމަށް. އެހެންކަމުން މަޖިލީހުގެ ޖަލްސާ އެކަން އެޖެންޑާ ނުކުރައްވާ ކުރިއަކަށް ނުގެންދެވޭ. މަސީހު ހިތައްއަރާވަޑައިގަންނަވާ ގޮަތަށް މަޖިލިސް ކުރިއަކަށް ނުގެންދެވޭނެ،" ރޮޒައިނާ ވިދާޅުވި އެވެ.

މެމްބަރު މަހްލޫފް ވެއްޓިފައި: މިއަދުވެސް މަހުލޫފަށް ވަނީ އަނިޔާވެފައި

މަތިވެރި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރު ހުސައިން މުހައްމަދު ވިދާޅުވީ ގައުމުގެ ކަންކަން ބޮއްސުންލާފައިވާ ކަމަށާއި ރައީސް އަބްދުﷲ ޔާމީން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. އިސްތިއުފާ ނުދެއްވާނަމަ ގައުމުގެ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތްކުރައްވާ، ރައީސް ޔާމީން ގާނޫނީ އިމުގެ ތެރެއަށް ވަދެވަޑައިގެންނެވުމަށް ގޮވާލައްވާ ކަމަށެވެ.

"ރައީސް ޔާމީން އިސްތިއުފާ ދެއްވުމަށް ގޮވާލަން. އިސްތިއުފާ ނުދެއްވާނަމަ ގައުމުގެ ކަންކަން ރަނގަޅު ކުރައްވާ، ގާނޫނީ އިމުގެ ތެރެއަށް ވަދެ ވަޑައިގެންނެވުމަށް ގޮވާލަން. މަޖިލިސް މިވަނީ މިލިޓަރީ ބާރުގެ ދަށުގައި،" ހުސައިން މުހައްމަދު ވިދާޅުވި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

އަދާލަތު ޕާޓީން ލޯކަލް ކައުންސިލް އިންތިޚާބު ބޮއިކޮޓްކޮށްފި

10 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު