Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބްރެޒިލުގެ ކުޅުންތެރިން ސަސްޕެންޑްކުރުން

ޕްރިމިއާ ލީގުގައި ކުޅޭ ބްރެޒިލުގެ ކުޅުންތެރިން ސަސްޕެންޑްކޮށްފި

މި މަހުގެ 10-14 އަށް އެ ކުޅުންތެރިންނަށް މެޗެއް ނުކުޅެވޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2021 | ބުދަ 14:19
ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލުގެ މިޑްފީލްޑަރު ފަބީނިއޯ އާއި ފޯވާޑް ރޮބާޓޯ ފިރްމީނޯ

ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލުގެ މިޑްފީލްޑަރު ފަބީނިއޯ އާއި ފޯވާޑް ރޮބާޓޯ ފިރްމީނޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅޭ ބްރެޒިލުގެ ކުޅުންތެރިން ސަސްޕެންޑްކުރަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން ނިންމައިފިއެވެ.

އިންގްލެންޑުން ކަނޑައަޅާފައިވާ ރެޑް ލިސްޓުގައި އޮތް ގައުމުތަކުގެ ތެރޭގައި ބްރެޒިލް ހިމެނޭއިރު، އެ ގައުމަށް ގޮސްފައި އެނބުރި އިންގްލެންޑަށް އައިސް 10 ދުވަހުގެ ކަރަންޓީނެއް ވާން ޖެހެއެވެ. އެހެންކަމުން މި ފަހަރުގެ ބައިނަލްއަގުވާމީ ބްރޭކުގައި ކުޅުނު ފީފާ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިން މެޗުތަކަށް ޕްރިމިއާ ލީގުގެ ކުލަބުތަކުން ބްރެޒިލުގެ ކުޅުންތެރިން ދޫކޮށްފައެވެ.

ގައުމީ ޓީމަށް ކުލަބުތަކުން ބްރެޒިލުގެ ކުޅުންތެރިން ދޫކޮށްފައި ނުވާއިރު، މީގެ ކުރިން ފީފާއިން ވަނީ ގައުމީ ޓީމަށް ކުޅުންތެރިން ދޫކުރަން އިލްތިމާސްކޮށްފައެވެ. ފީފާގެ ގަވާއިދުގައިވާ ގޮތުން ކުލަބަކުން ގައުމީ ޓީމަށް ކުޅުންތެރިއަކު ދޫކުރަން ދެކޮޅު ހަދައިފިނަމަ، އެ ގައުމެއްގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެދުމުން އެ ކުޅުންތެރިއަކު ފަސް ދުވަހުގެ މުއްދަތަކަށް ސަސްޕެންޑްކުރެވެއެވެ. އެއާއެކު ބުދަ ދުވަހު ބްރެޒިލުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ޕްރިމިއާ ލީގުގެ ކުލަބުތަކަށް ފިޔަވަޅު އަޅައި ދިނުމަށް ނިންމާފައެވެ.

އެހެންކަމުން ފީފާއިން މިހާރު ވަނީ އެ ކުޅުންތެރިންނަށް މި މަހު 10 ވަނަ ދުވަހުން ފެށިގެން 14 ވަނަ ދުވަހުގެ ނިޔަލަށް ކުލަބު ފެންވަރުގެ މެޗެއް ނުކުޅެވޭ ގޮތަށް ސަސްޕެންޑްކޮށްފައެވެ. ފީފާގެ މި ސަސްޕެންޝަނަށް އަމަލުކުރަން ޖެހޭ ބްރެޒިލުގެ ކުޅުންތެރިންނަކީ ލިވަޕޫލުގެ ގޯލްކީޕަރު އެލިސަން ބެކާ އާއި، މިޑްފީލްޑަރު ފަބީނިއޯ އާއި، ފޯވާޑް ރޮބާޓޯ ފިރްމީނޯ އާއި، މެންޗެސްޓާ ސިޓީގެ ގޯލްކީޕަރު އެޑަސަން އާއި، އެ ޓީމުގެ ފޯވާޑް ގަބްރިއެލް ޖީސޫސް އަދި ޗެލްސީގެ ޑިފެންޑަރު ތިއާގޯ ސިލްވާ އާއި، މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ފްރެޑާއި، އެވަޓަންގެ ފޯވާޑް ރިޗާލިސަންގެ އިތުރުން ލީޑްސް ޔުނައިޓެޑުގެ މިޑްފީލްޑަރު ރަފީނިއާއެވެ.

މި ފަހަރުގެ ބައިނަލްއަގުވާމީ ބްރޭކަށް ޕްރިމިއާ ލީގުގެ ކުލަބުތަކުން ބްރެޒިލުގެ ކުޅުންތެރިން ދޫނުކުރަން ނިންމި ނަމަވެސް، ޕްރިމިއާ ލީގުގައި ކުޅޭ އާޖެންޓީނާގެ ހަތަރު ކުޅުންތެރިއަކު ވަނީ ކުލަބުތަކުން ހުއްދަދިނުމުން ކޮލިފައިން މެޗުތަކުގައި ކުޅެފައެވެ. އެގޮތުން ކޮލިފައިންއަށް އާޖެންޓީނާއިން އެކުލަވާލި ސްކޮޑުގައި ޕްރިމިއާ ލީގުގެ ހަތަރު ކުޅުންތެރިއަކު ހިމެނުނެވެ. އެއީ ޓޮޓެންހަމް ހޮޓްސްޕާއަށް ކުޅެމުން އަންނަ ޖިއޮވާނީ ލޮ ސެލްސޯ އާއި، ކްރިސްޓިއަން ރޮމޭރޯ އަދި އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓީނޭޒް އަދި އެމީ ބުއެންޑީއާއެވެ.

އެކަމަކު ކޮލިފައިންގައި ބްރެޒިލާއި އާޖެންޓީނާ ބައްދަލުކުރި މެޗަށް މި ކުޅުންތެރިން ބްރެޒިލަށް ދިޔުމާއެކު، އެ މެޗު ފެށިތާ ފަސް މިނެޓު ތެރޭ ފުލުހުންނާއެކު ސިއްހީ އޮފިޝަލުން ވަނީ ދަނޑަށް އަރައި މެޗު ހުއްޓުވާފައެވެ. އެއާއެކު އެ މެޗު ސަސްޕެންޑްކުރިއިރު، ފީފާގެ ޑިސިޕްލިނަރީ ކޮމިޓީން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.

އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހާމަކޮށްފައިވާ ގޮތުން ބްރެޒިލުގެ ކަރަންޓީން އުސޫލާ ޚިލާފުވި ހަތަރު ކުޅުންތެރިން މިހާރު ވަނީ އެނބުރި އިންގްލެންޑަށް ދިޔުމަށް ނިންމާފައެވެ. އޭގެ ތެރެއިން މާޓިނޭޒާއި ބުއެންޑީއާ ނިންމާފައިވަނީ އިންގްލެންޑަށް އައުމުގެ ކުރިން ކްރޮއޭޝިއާގައި ވަކި މުއްދަތެއް ވަންދެން ތިބުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެކަމަކު އިންގްލެންޑުގެ ކަރަންޓީނު އުސޫލުތަކާ ގުޅިގެން އެ ހަތަރު ކުޅުންތެރިންނަށްވެސް މި ހަފުތާ ބަންދުގައި ކުޅޭ ޕްރިމިއާ ލީގުގެ މެޗުތައް ގެއްލޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

ޕްރިމިއާ ލީގު: ކޯސްޓާ އެނބުރި އައި މެޗުން ޗެލްސީ މޮޅުވެ 8 ޕޮއިންޓްގެ ލީޑެއް

23 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު