Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިއްޙީ މަރުކަޒުތަކުގެ ބަޖެޓް

ސިއްޙީ މަރުކަޒުތަކުގެ ބަޖެޓް ވަކިކޮށްދެއްވުމަަށް މެމްބަރުން ގޮވާލައްވައިފި

8 ސެޕްޓެމްބަރު 2021 | ބުދަ 08:03

ބޭސް ފިހާރަތަކުން ބޭސް ލިބެން ނުހުރޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 ސެޕްޓެމްބަރު 2021 | ބުދަ 08:03
ގއ. އަތޮޅު ހޮސްޕިޓަލް

ގއ. އަތޮޅު ހޮސްޕިޓަލް

ސިއްޙީ މަރުކަޒުތަކުގެ ބަޖެޓް ވަކިކޮށްދެއްވުމަަށް މެމްބަރުން ގޮވާލައްވައިފިއެވެ.

މެމްބަރުން މިގޮތަށް ގޮވާލެއްވީ، ހދ. ނޮޅިވަރަމްގައި ކޮވިޑްގެ ހާލަތު ގޯސްވެ، ބަލި މީހުން އުފުލުމަށް އެމްބިއުލާންސެއް ނެތުމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާއަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަށް ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، މިހާރު ސިއްޙީ ދާއިރާއަށް ދިމާވެގެން އުޅޭ މައްސަލައަކީ، ޒަމާނުއްސުރެ ސިއްޙީ ދާއިރާ ހިންގަމުން އައި ގޮތުން ދިމާވެގެން އުޅޭ މައްސަލައެއް ކަމަށެވެ. އަންނަ އަހަރުގެ ބަޖެޓް ކަނޑައަޅާއިރު، ސިއްޙީ މަރުކަޒުތަކުގެ ބަޖެޓް ވަކި ކޮށްދެއްވުމަަށް މެމްބަރު ގޮވާލެއްވިއެވެ. ސިއްޙީ މަރުކަޒުތަކުން އަމިއްލައަށް ކަންކަން މެނޭޖް ކުރުމުގެ މަގުފަހިވެގެން ދިޔުމަކީ އެދިލައްވާ ކަމެއް ކަމަށް މެމްބަރު ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތުގައި މި މައްސަލަ ސިޔާސީ ނުކުރައްވައި، ޒިންމާދާރު ކަމާއެކު އިދިކޮޅު ފަރާތްތަކުން އިޖާބަދެއްވި ނަމަ މިއަށްވުރެ ރަނގަޅު ނަތީޖާއެއް ނެރެވުނީސް ކަމުގައި ވިދާޅުވިއެވެ. ވެކްސިން ނުޖެހޭނެ ކަމަށާއި، ގާނޫނެއް ހަދައިގެން ނޫންނަމަ ވެކްސިން ނުޖެހޭނެ ކަމަށް އިދިކޮޅުން ބުނަމުން ދިޔަކަމަށް ވިދާޅުވިއެވެ.

ސިއްޙީ މަރުކަޒަށް ލިބޭ ބަޖެޓް އެރަށެއްގެ ސިއްޙީ މަރުކަޒުން ހޭދަ ކުރެވޭނެ ގޮތަކަށް ހެދުން މުހިއްމު ކަމަށް ކެލާ ދައިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވެސް ވިދާޅުވިއެވެ. މެމްބަރު ވިދާޅުވީ، ކުރިން ޖެހެނީ، ކަންކަން ކުރަން ސަރުކާރަށް ސަލާން ޖަހަން ކަމަށެވެ. މިހާރު ޖެހެނީ ސިއްޙީ މަރުކަޒުތަކުން ކުރަން ބޭނުންވާ ކަންކަން ކުރުމަށް އަތޮޅު ހޮސްޕިޓަލަށް ސަލާން ޖަހަން ކަމަށެވެ. ސިއްޙީ މަރުކަޒުތަކުގެ ބަޖެޓް ޚަރަދުކުރުމަށް އެ މަރުކަޒަކަށް ކޮންޓްރޯލް އޮންނަ ގޮތަށް ހެދިއްޖެނަމަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މެމްބަރު ފާހަގަކުރެއްވިއެވެ.

ރަށްރަށުގައި ހުންނަ އެސްޓީއޯގެ ބޭސްފިހާރަތަކުން ބޭސް ލިބެން ނުހުންނަ ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ރަށްރަށުގައި އުޅޭ ދޮށީ އުމުރުގެ މީހުންނަށް ތަކުލީފުތަކެއް އުފުލަން ޖެހޭ ކަމަށާއި، އެކަމަށް ހައްލެއް ލިބެން ޖެހޭ ކަމަށް މެމްބަރު ޝަރީފް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ

11 ފެބުރުއަރީ 2017
!ޕީޕީއެމް ގެ ޓީމުތައް ޕާޓީގެ މެމްބަރުން އިތުރު ކުރުމަށް މާލޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވަނީ
10 ފެބުރުއަރީ 2017

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!
09 ފެބުރުއަރީ 2017

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
02 ފެބުރުއަރީ 2017

ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ

02 ފެބުރުއަރީ 2017
ތައުލީމީ ދާއިރާގެ ބަޖެޓް ބަލަހައްޓާ މުއައްޒަފުންނަށް މާލީހިސާބު ތައްޔާރުކުރުމަށް އަހުލުވެރިކުރުވަނީ
24 ޖެނުއަރީ 2017

ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި

24 ޖެނުއަރީ 2017
ޕީޕީއެމްގެ އާންމު މެމްބަރުންނާއި ރައީސް މައުމޫނު ބައްދަލުކުރައްވައިފި
22 ޖެނުއަރީ 2017

ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!

22 ޖެނުއަރީ 2017
ޕީޕީއެމްގެ މެމްބަރުންނާ ބައްދަލު ނުކުރެއްވޭނެ ކަމަށް ފުލުހުން އެންގުމުން ރައީސް މައުމޫން އެޗްއާރުސީއެއްމަށް!
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް