Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެސްޓީއޯ ޑިޖިޓަލް ބޭންކް

އެސްޓީއޯގެ ޑިޖިޓަލް ބޭންކް – ލޯނު ނަގަން މިނެޓެއް، އެކައުންޓް ހުޅުވަން 5 މިނެޓު

ލައިސަންސަށް އެދި ހުށަހަޅާފައިވާއިރު، މިދިޔަ އަހަރުން ފެށިގެން މިކަމުގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 7 ސެޕްޓެމްބަރު 2021 | އަންގާރަ 11:16
އެސްޓީއޯއިން ޑިޖިޓަލް ބޭންކިން އުފެއްދުމަށް އެދި ލައިސަންސަށް ހުށަހަޅައިފި

އެސްޓީއޯއިން ޑިޖިޓަލް ބޭންކިން އުފެއްދުމަށް އެދި ލައިސަންސަށް ހުށަހަޅައިފި

އެސްޓީއޯއިން ޑިޖިޓަލް ބޭންކެއް އުފެއްދުމަށް ހުށަހަޅާފައިވާ ކަމަށާއި، އޮންލައިންކޮށް މުޢާމަލާތު ކުރެވޭ މި ބޭންކުން 5 މިނެޓު ތެރޭގައި އެކައުންޓް ހުޅުވޭނެ ކަމަށާއި، މިނެޓެއްގެ ތެރޭގައި ލޯނު ލިބޭނެކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވެއްޖެއެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް އުފައްދައި އެ ކުންފުނީގެ ދަށުން ޑިޖިޓަލް ބޭންކެއް ހުޅުވުމަށް ނިންމައި ލައިސަންސް ހޯދުމަށް އަންގާރަ ދުވަހު ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އަށް ހުށަހަޅާފައެވެ.

ލައިސަންސަށް އެދި ހުށަހެޅުމަށްފަހު ރާއްޖެ އެމްވީއާ ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ އެމްއެމްއޭއަށް ހުށަހެޅުއްވީ ޑިޖިޓަލް ބޭންކެއް އުފެއްދުމަށް ކަމަށާއި، ލައިސަންސަށް ހުށަހެޅި އިރު މިދިޔައަހަރުން ފެށިގެން ވަރަށް ގިނަ މަސައްކަތްތަކެއް މިކަމުގައި ކޮށްފައިވާ ކަމަށެވެ. އަދި ޑިޖިޓަލް ބޭންކަކީ އާދައިގެން ބޭންކުތަކާޚިލާފަށް ހިންގާ ބޭންކެއް ކަމަށާއި، މި ބޭންކުގައި އެއްވެސް ގޮތަކަށް މީހަކާ ބައްދަލުކުރަން ނުޖެހި އެކައުންޓު ހުޅުވުމާއި އެހެނިހެން މުޢާމަލާތްތައް ކުރެވޭނެ ކަމަށެވެ.

ޢަމްރު ވިދާޅުވީ ބޭންކުތަކުން ލޯނެއް ނުވަތަ ފެސިލިޓީއެއް ހޯދުމަކީ އުނދަގޫކަމެއް ކަމަށެވެ. އަދި ލޯނަށް އެދޭއިރު އެމީހަކީ ވަޒީފާއެއްގައި އުޅެން ޖެހޭ މީހެއް ކަމަށާއި، ލޯނު ހޯދުމުގައި އަމިއްލަ މަސައްކަތެއް ކުރާ މީހެއް ނަމަ ވަރަށް އުނދަގޫ ކަންތަކާ ދިމާވާ ކަމަށެވެ. އަދި ދުވާލެއްގެ މައްޗަށް އާމްދަނީ ލިބޭ ފަރާތެއް ނަމަ އެ ފަރާތްތަކަށް ބޭންކުތަކުން ލޯނުތައް ލިބުމުގައި ދަތި އުނދަގޫތަކެއް ދިމާވާ ކަމަށެވެ. ނަމަވެސް އެސްޓީއޯގެ ޑިޖިޓަލް ބޭންކާއެކު އެ މައްސަލަތައް ހައްލުވެގެންދާނެ ކަމަށެވެ.

ޢަމްރު ވިދާޅުވީ ރާއްޖެފަދަ ގައުމަކަށް, އަދި ވަކިން ޚާއްސަކޮށް ރާއްޖެފަދަ އިޤްތިޞާދެއް އޮންނަ ގައުމަކަށް މުހިންމުވާނެ ކަމަށެވެ. އަންގާރަ ދުވަހު ލައިސަންސަށް ހުށަހަޅާފައިވާ އިރު، ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ލައިސަންސް ލިބިގެންދާނެ ކަމަށް ޢަމްރު ވިދާޅުވިއެވެ. އަދި ލައިސަންސް ލިބުމުން ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށާއި އެ ކަންކަން ނިންމައި އަންނަ އަހަރުގެ މެދުތެރޭގައި ބޭންކު ހުޅުވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2017

37 ޒުވާނަކަށް ގެޓްސެޓް ލޯނު ލިބުނުކަން ހާމަކޮށްފި

23 ނޮވެމްބަރު 2017
37 ޒުވާނަކަށް ގެޓްސެޓް ލޯނު ލިބުނުކަން ހާމަކޮށްފި
10 ނޮވެމްބަރު 2017

ދިރާގުން އައިފޯން އެކްސްގެ ޕްރީ އޯޑަރ ނަގަން ފަށަނީ

10 ނޮވެމްބަރު 2017
ދިރާގުން އައިފޯން އެކްސްގެ ޕްރީ އޯޑަރ ނަގަން ފަށަނީ
08 ނޮވެމްބަރު 2017

ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 8 ގެ ފޯނަށް ޕްރީ އޯޑަރު ނަގަން ފަށައިފި

08 ނޮވެމްބަރު 2017
ދިރާގުން ސެމްސަންގް ގެލެކްސީ ނޯޓް 8 ގެ ފޯނަށް ޕްރީ އޯޑަރު ނަގަން ފަށައިފި
01 ނޮވެމްބަރު 2017

ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް ޑިޖިޓަލް ރިސިޕްޓް ލިބޭ ގޮތަށް ހަދަނީ!

01 ނޮވެމްބަރު 2017
ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް ޑިޖިޓަލް ރިސިޕްޓް ލިބޭ ގޮތަށް ހަދަނީ!
02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު