Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޖެންޑަރ އީކުއަލިޓީ ޤާނޫނު

ޖެންޑަރ އީކުއަލިޓީ ޤާނޫނު: ލާމަރުކަޒީ އުސޫލުން މިންތީގެ ހަމަހަމަކަން ޤާއިމްކުރަން މަސައްކަތްކުރެވޭނެ

6 ސެޕްޓެމްބަރު 2021 | ހޯމަ 20:31

ޤާނޫނު ތަންފީޒުވުމާއެކު މިންތީގެ ފަރަގުތައް ކުޑަކުރެވި ހަމަހަމަ ފުރުސަތުތައް ހޯދައިދެވިގެންދާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 6 ސެޕްޓެމްބަރު 2021 | ހޯމަ 20:31
2020 އަދި 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑް ހަވާލުކުރުމުގެ ރަސްމިއްޔާތު

2020 އަދި 2021 ވަނަ އަހަރުގެ ރެހެންދި އެވޯޑް ހަވާލުކުރުމުގެ ރަސްމިއްޔާތު

އަންހެނުން ބާރުވެރިކުރުވުމުގެ ގަވައިދުތަކާއި އެކްޝަން ޕްލޭން ތަންފީޒުވުމާއެކު, ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބާރުތަކެއް ލިބިގެންދާނެ ކަމަށް ޖެންޑަރ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ރެހެންދި އެވޯޑް ޙަފްލާގައި ވާހަކަދައްކަވަމުން ޖެންޑަރ މިނިސްޓަރ ވިދާޅުވީ, އަންހެނުން ބާރުވެރިކުރުވުމާއި ހަމަހަމަ ފުރުސަތު ހޯދައިދިނުމަށް، މިކަމާގުޅޭ ޤާނޫނުތައް ތަންފީޒުކޮށް, ގަވައިދުތައް އެކުލަވާލައި، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. މި ގަވައިދުތަކާއި އެކްޝަން ޕްލޭން އެކުލަވާލައި ތަންފީޒުކުރެވުމާއެކު ލާމަރުކަޒީ އުސޫލުން މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް, ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބާރުތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މި ބާރުތައް ދިނުމުގެ މަސައްކަތް ކުރުމަށްޓަކައި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބޭނުންވާ ތައުލީމާއި ތަމްރީނާއި ޤާބިލުކަން ހޯދައިދިނުމަށް މަސައްކަތްކޮށްދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައެވެ.

މީގެ އިތުރުންވެސް ޖެންޑަރ އީކުއަލިޓީ ގާނޫނުގައިވާ ކަންކަން ތަންފީޒުވުމުން, ހަމަހަމަކަން ޤާއިމްކުރެވުމާއި, ރާއްޖެއިން ބައިވެރިވާ މުއާހަދާތައް އިތުރުވުމާއި، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކުގައި ހުރި ކަންކަން ހާސިލްކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަން ކުރެވޭނީ ހުރިހާ ދާއިރާއަކުންވެސް އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދީ، މިކަމުގައި ގެންގުޅޭ ވިސްނުން ބަދަލުކޮށްގެން ކަމަށާއި, އަދި ތުއްތު އިރުން ފެށިގެން ކުއްޖާގެ ގައިގައި ހުރި ހުނަރުތައް ދެނެގަނެގެން ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. މި ލަނޑުދަނޑިތަކާއެކު ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުކުރުމަށް މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތްކޮށްދިނުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

މިއަހަރު ރެހެންދި އެވޯޑް ދިނުމަށް ބޭއްވި ޙަފްލާގައި ވަނީ 2020 ވަނަ އަހަރު އަދި 2021 ވަނަ އަހަރު ރެހެންދި އެވޯޑް ހާސިލްކުރި އަންހެނުންނަށް އެވޯޑް ދީފައެވެ. 2020 ވަނަ އަހަރުގެ ރެހެންދި އެވޯޑް ލިބިފައިވަނީ ފާޠިމަތު އިބްރާހީމް, މަރިޔަމް ޝުނާނާ, ޢާއިޝަތު ޙުސައިން މަނިކު, އަމީނާ ނަޢީމް, ޙައްވާ ލަޠީފް, މިންޙާ ފާއިޒު އަދި ޝިފްޒާ މުސްޠަފާއަށެވެ. 2021 ވަނަ އަހަރުގެ އެވޯޑް ލިބިފައިވަނީ އަހުމީމާ ލުޠުފީ, އާމިނަތު ޝާހާ ހާޝިމް, ޒީނިއާ އަޙުމަދު ޙަމީދު, ނާދިޔާ ޢަބްދުލްޣަފޫރު, ޙައްވާ ރާމިޒާ, ސަރޖަންޓް ފަސްޓް ކްލާސް ނަސްރީނާ ޙަސަން, ޝިޔާމާ އަޙުމަދު އަދި ފޮނަދޫ އަންހެނުންގެ ތަރައްޤީއަށް މަަސައްކަތް ކުރާ ކޮމެޓީއަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

15 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް

15 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރޭ: އައިޖީއެމްއެޗް
14 މާރިޗު 2017

ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ

14 މާރިޗު 2017
ނަރުހުންނަށް ވެކްސިން ދިނުމުގެ އުސޫލުން ބޭރުން ކަންކުރުމުން މައްސަލަ ހޫނުވެއްޖެ
07 މާރިޗު 2017

އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި

07 މާރިޗު 2017
އަބުރު ޤާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން، ނޫސްވެރިއަކު 50،000ރ. އިން ޖޫރިމަނާ ކުރަން ނިންމައިފި
26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
25 ފެބުރުއަރީ 2017

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
16 ޖެނުއަރީ 2017

ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި

16 ޖެނުއަރީ 2017
ކަދުރުގެ މައްސަލަ އޭސީސީން ނިންމީ ހިންޏަށް ހަކުރު އޮޅުވާލާ އުސޫލުން: އިންތި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް