Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓްރެވަލް އެޖެންސީ ގަވާއިދު

ޓްރެވަލް އެޖެންސީ ގަވާއިދާއެކު، ޓްރެވަލް އެޖެންޓުންނަށް ފައިދާތަކެއް ވާނެ - ރިފްޢަތު

4 ސެޕްޓެމްބަރު 2021 | ހޮނިހިރު 17:16

ޕެންޑަމިކްގެ ސަބަބުން އެންމެ ބޮޑު ގޮންޖެހުމެއް ދިމާވީ ފަތުރުވެރިކަމުގެ ޞިނާޢަތަށް

އަތޫފް އާތިފް
އަތޫފް އާތިފް | 4 ސެޕްޓެމްބަރު 2021 | ހޮނިހިރު 17:16
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް

ޓްރެވަލް އެޖެންސީގެ ގަވާއިދު ފަރުމާ ކުރުމުގެ މަސައްކަތް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ފަށާފައިވާ ކަމަށާއި، އެ ގަވާއިދާއެކު ރާއްޖޭގެ ޓްރެވަލް އެޖެންޓުންނަށް ފައިދާތަކެއް ވާނެކަމަށް ގަބޫލުކުރައްވާ ކަމަށް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންސީގެ ރައީސް އަދި ކެޕިޓަލް ޓުއަރސްގެ މެނޭޖިންގ ޑިރެކްޓަރު ޔޫސުފް ރިފްޢަތު ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ރިފްޢަތު ވިދާޅުވީ، ކޮވިޑް-19 ގެ ޕެންޑަމިކާއެކު އެންމެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ ހޮސްޕިޓަލިޓީ އިންޑަސްޓްރީއަށް ކަމަށާއި، އެގޮތުން ކޮވިޑާއިއެކު މުޅި ޞިނާޢަތް ހުއްޓުމަކަށް އައި ކަމަށެވެ. ނަމަވެސް ސަރުކާރުން އެޅި ފިޔަވަޅުތަކާއި، ފަތުރުވެރިކަމުގެ ޞިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދެއްވި އެހީއާއެކު ޕެންޑަމިކުގެ ސަބަބުން ކުރިމަތިލާން ޖެހުނު ގެއްލުންތަކުން އަރައިގަތުމަށް ފަސޭހަވިކަމަށެވެ.

Advertisement - newsAdvertisement

ރިފްޢަތު ވިދާޅުވީ ޕެންޑަމިކާއެކު، ރިސޯޓުތަކުން ޓާގެޓުކުރީ ޓްރެވަލް އެޖެންސީތަކުގެ ބަދަލުގައި އޮންލައިން ޕްލެޓްފޯމަށް ކަމަށާއި، އޭގެ ސަބަބުން ރާއްޖޭގެ ޓްރެވަލް އެޖެންޓުންނަށް އޭގެ ގެއްލުމާ ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި މިހާރުވެސް ބައެއް ރިސޯޓުތަކުން އޮންލައިން ޕްލެޓްފޯމް ބޭނުން ކުރަމުން އަންނަ ކަމަށާއި، އެކަމުގެ ހައްލަކީ ޓްރެވަލް އެޖެންސީ ގަވާއިދު ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ރިފްޢަތު ވިދާޅުވީ ކޮވިޑްގެ ހާލަތާއެކު ފަތުރުވެރިކަމުގެ ޞިނާޢަތުން ކުރިމަތިލާން ޖެހުނު ގޮންޖެހުންތަކުން އަރައިގަތުމުގައި ފަތުރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މަޢުޞޫމް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އެގޮތުން މި ޞިނާޢަތުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މުޅި ޞިނާޢަތުގައި މަސައްކަތްކުރާ އެސޯސިއޭޝަންތަކާ ބައްދަލުކުރައްވައި ހުރިހާ ފަރާތްތަކެއްގެ ޚިޔާލު ހޯއްދަވާ ކަމަށް ރިފްޢަތު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 ޖޫން 2019

ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2019 އަށް ނޮމިނޭޓް ވެފައިވާ ފަރާތްތަށް އިވެލުއޭޝަން ފެށިއްޖެ

20 ޖޫން 2019
ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2019 އަށް ނޮމިނޭޓް ވެފައިވާ ފަރާތްތަށް އިވެލުއޭޝަން ފެށިއްޖެ
24 މެއި 2019

ފިތުރު އީދު ބަންދުގެ ކުރިން ޓްރެވަލް ވެކްސިން ޖެހުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފި

24 މެއި 2019
ފިތުރު އީދު ބަންދުގެ ކުރިން ޓްރެވަލް ވެކްސިން ޖެހުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފި
23 މެއި 2019

ސަކުރާރުގެ އިދާރާތަކުން ތެދު ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ: މޯލްޑިވްސް އެސޯސިއޭޝަން ފޯރ އެމްޕްލޯއިމެންޓް އެޖެންސީ

23 މެއި 2019
19 އެޕްރީލު 2019

ތަރިކަ ރައްކާތެރި ކުރުމުން އިގްދިސާދީ އެތައް ފައިދާތަކެއް ލިބޭނެ: ޔުމްނާ

19 އެޕްރީލު 2019
ތަރިކަ ރައްކާތެރި ކުރުމުން އިގްދިސާދީ އެތައް ފައިދާތަކެއް ލިބޭނެ: ޔުމްނާ
10 ފެބުރުއަރީ 2018

ފްލައިޓުން ފައިބައި ވަޑައިނުގަންނަވަނީސް ޓްރެވަލް އެޑްވައިޒަރީއެއް، ޑރ. ޝައިނީ ވިދާޅުވަނީ "ޔޫ ވިލް ސީ" ކަމަށް

10 ފެބުރުއަރީ 2018
ފްލައިޓުން ފައިބައި ވަޑައިނުގަންނަވަނީސް ޓްރެވަލް އެޑްވައިޒަރީއެއް، ޑރ. ޝައިނީ ވިދާޅުވަނީ "ޔޫ ވިލް ސީ" ކަމަށް
22 ޖެނުއަރީ 2018

ވިލާގެ ރިޒޯޓްތަކަށް އެރުމާ ގުޅިގެން ޖަރމަނީ އިން ރާއްޖެއަށް ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ ބަދަލުކޮށްފި

22 ޖެނުއަރީ 2018
ވިލާގެ ރިޒޯޓްތަކަށް އެރުމާ ގުޅިގެން ޖަރމަނީ އިން ރާއްޖެއަށް ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ ބަދަލުކޮށްފި
11 ޑިސެމްބަރު 2017

ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ރަން ވަނަ ތަކެއް

11 ޑިސެމްބަރު 2017
ވޯލްޑް ޓްރެވަލް އެވޯޑްސްގައި ރާއްޖެއަށް ރަން ވަނަ ތަކެއް
06 ޑިސެމްބަރު 2017

ޗައިނާ އަށް ފައިދާތަކެއް ނުވާނަމަ ޗައިނާއިން ވެސް ރާއްޖެ އަށް ހެވެއް ނޭދޭނެ: އަލީ އާރިފް

06 ޑިސެމްބަރު 2017
ޗައިނާ އަށް ފައިދާތަކެއް ނުވާނަމަ ޗައިނާއިން ވެސް ރާއްޖެ އަށް ހެވެއް ނޭދޭނެ:  އަލީ އާރިފް
01 މެއި 2017

ގްރީން ޒޯނުގައި ހުރި ޓްރެވަލް އެޖެންސީއެއް ފަޅާލުމަށް ފަހު، ރޯކޮށްލައިފި

01 މެއި 2017
ގްރީން ޒޯނުގައި ހުރި ޓްރެވަލް އެޖެންސީއެއް ފަޅާލުމަށް ފަހު، ރޯކޮށްލައިފި
09 މާރިޗު 2017

ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދެއްކުމަށް ހިލްޓަންގެ މައްޗަށް ހުކުމް ކޮށްފި

09 މާރިޗު 2017
ސަން ޓްރެވަލްސް އަށް 16 މިލިއަން ޑޮލަރު ދެއްކުމަށް ހިލްޓަންގެ މައްޗަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް