Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކުއްލި ހާލަތު އިއުލާނުކުރުން

ފްލައިޓުން ފައިބައި ވަޑައިނުގަންނަވަނީސް ޓްރެވަލް އެޑްވައިޒަރީއެއް، ޑރ. ޝައިނީ ވިދާޅުވަނީ "ޔޫ ވިލް ސީ" ކަމަށް

ޝައިނީ ސައުދީއަށް ދަތުރުކުރެއްވީ ރައީސް ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 10 ފެބުރުއަރީ 2018 | ހޮނިހިރު 10:09
މިނިސްޓަރު ޝައިނީ ސައުދީގައި: ފްލައިޓް ރާއްޖޭގައި ޖެއްސުމުގެ ކުރިން ސައުދީ އިން ވަނީ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައި

މިނިސްޓަރު ޝައިނީ ސައުދީގައި: ފްލައިޓް ރާއްޖޭގައި ޖެއްސުމުގެ ކުރިން ސައުދީ އިން ވަނީ ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައި

ރާއްޖޭގެ ހާލަތު ސާފުކޮށްދެއްވުމަށް ހާއްސަ މަންދޫބެއްގެ ގޮތުގައި ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ފްލައިޓުން ފައިބައި ވަޑައިނުގަންނަވަނީސް އެ ގައުމުން ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވުމަށް ގޮވާލާ ޓްރެވަލް އެޑްވައިޒިރީއެއް ނެރުނު ނަމަވެސް ދަތުރު ކާމިޔާބު ކަމަށް މިނިސްޓަރު ޝައިނީ ވިދާޅުވެއްޖެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުން މިނިސްޓަރު ޝައިނީ ސައުދީއަށް ފުރާވަޑައިގަތީ މި މަހުގެ 8 ވަނަ ދުވަހުއެވެ. ރާއްޖޭގެ ހާލަ ގުޅޭ ގޮތުން ސައުދީގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި މިނިސްޓަރު ޝައިނީ ވަނީ މައުލޫމާތު ހިއްސާކުރައްވާފައެވެ. ސައުދީއަށް ޝައިނީ ވަޑައިގެންނެވިއިރު، އެ ގައުމުން ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ގޮވާލައި ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެއް ނުވެއެވެ. ރައީސް ޔާމީން ވެސް ވަނީ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރާއްޖެއާ އެންމެ އަރިސް ތިން ގައުމުގެ ތެރޭގައި ސައުދީ ހިމެނޭ ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

އެހެން ނަމަވެސް އެންމެ ފަހުން ކަންވެ މި ނިމިގެންދިޔައީ ސަރުކާރުން ދެއްކި ދަޅަތަކާ މުޅިން އިދިކޮޅަށެވެ. މިނިސްޓަރު ޝައިނީ ފްލައިޓުން ފައިބައިވަޑައިނުގަންނަވަނީސް ސައުދީ އިން ވަނީ ރާއްޖެއަށް ދަތުރުކުރުމުގައި ސަމާލުވުމަށް ގޮވާލައި ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ. ސައުދީ އިން ނެރެފައިވާ ޓްރެވެލް އެޑްވައިޒަރީގައި ބުނެފައި ވަނީ، ރާއްޖެއަށް ދަތުރު ކުރުމުގައި ސަމާލުވުމަށާއި ރާއްޖޭގައި މިވަގުތު ތިބި، ހުރިހާ ފަރާތްތަކުން ވެސް ސައުދީ އެމްބަސީއަށް ގުޅުމަށް ވަނީ އެދިފައެވެ.

ނަމަވެސް މިނިސްޓަރު ޝައިނީގެ ވާހަކަ މުޅިން ތަފާތެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވަނީ ސައުދީއަށް ކުރެއްވި ދަތުރުފުޅަކީ ވަރަށް ކާމިޔާބު ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުގައި ވަރަށް ކާމިޔާބު ބައްދަލުވުންތައް ކުރިޔަށް ގެންދެވި ކަމަށެވެ. އެ ޓްވީޓް ނިންމަވާލައްވަމުން ވިދާޅުވީ 'ޔޫ ވިލް ސީ' ކަމަށެވެ.

އަޅުގަނޑުމެންނަށް ފެނުނު މަންޒަރަކީ މިނިސްޓަރު ފްލައިޓުން ފައިބައި ވަޑައިނުގަންނަވަނީސް ސައުދީ އިން ޓްރެވަލް އެޑްވައިޒަރީ ނެރުނު މަންޒަރެވެ. ޝައިނީގެ މި ޓްވިޓާ ގުޅިގެން ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ބައެއް ފަރާތްތަކުން ބުނެފައި ވަނީ މީގެ ކުރިން ރާއްޖޭގެ ހާލަތު ސައުދީ އަށް ނޭނގޭ ކަމަށާއި ނަމަވެސް މިނިސްޓަރު ޝައިނީ ކުރެއްވި ދަތުރުފުޅުގައި އެކަން ސާފުކޮށްދެއްވުމުން ގައުމުގެ ހާލަތު އެނގި ސައުދީން ޓްރެވެލް އެޑްވައިޒަރީއެއް ނެރުނީ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފިތުރު އީދު ބަންދުގެ ކުރިން ޓްރެވަލް ވެކްސިން ޖެހުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފި

ފިތުރު އީދު ބަންދުގެ ކުރިން ޓްރެވަލް ވެކްސިން ޖެހުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފި

24 މެއި 2019
ދޯނީގެވަތަށް ފައިބައިގެން ހާލު ބޮޑުވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

ދޯނީގެވަތަށް ފައިބައިގެން ހާލު ބޮޑުވި މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި

22 ޑިސެމްބަރު 2018
ވަތަށް ފައިބައިގެން ހާލުބޮޑުވި އެކަކު އަދިވެސް އައިސީޔޫގައި

ވަތަށް ފައިބައިގެން ހާލުބޮޑުވި އެކަކު އަދިވެސް އައިސީޔޫގައި

20 ޑިސެމްބަރު 2018
ސަލާމަތީ ސަބަބުތަކަށްޓަކާ ރައީސްގެ ފްލައިޓުން މެމްބަރު ރިޔާޒު މާލެ ނުގެންނެވި!

ސަލާމަތީ ސަބަބުތަކަށްޓަކާ ރައީސްގެ ފްލައިޓުން މެމްބަރު ރިޔާޒު މާލެ ނުގެންނެވި!

19 އޯގަސްޓު 2018
ވިލާގެ ރިޒޯޓްތަކަށް އެރުމާ ގުޅިގެން ޖަރމަނީ އިން ރާއްޖެއަށް ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ ބަދަލުކޮށްފި

ވިލާގެ ރިޒޯޓްތަކަށް އެރުމާ ގުޅިގެން ޖަރމަނީ އިން ރާއްޖެއަށް ނެރެފައިވާ ޓްރެވަލް އެޑްވައިޒަރީ ބަދަލުކޮށްފި

22 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު