Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚުތުބާ ސިޔާސީއެއް ނުކުރާނެ

ޚުތުބާ ސިޔާސީއެއް ނުކުރަން، އެފަދަ ވާހަކަތައް ފެތުރުމަކީ ވަރަށް ދެރަ ކަމެއް: އިސްލާމިކް މިނިސްޓަރު

4 ސެޕްޓެމްބަރު 2021 | ހޮނިހިރު 11:11

ޚުތުބާ ޚާއްސަކުރަނީ މުޖުތަމައުގައި އޮންނަ މައްސަލައަކަށް، އެވަގުތާއި ހާލަތަށް އަބަދުވެސް ބަލާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 4 ސެޕްޓެމްބަރު 2021 | ހޮނިހިރު 11:11
އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒާހިރު

އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒާހިރު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި ހުކުރު ޚުތުބާ ސިޔާސީ ނުކުރާ ކަމަށާއި، އެފަދަ ވާހަކަތައް ފެތުރުމަކީ ވަރަށް ދެރަ ކަމެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ޕީޕީއެމް/ޕީއެންސީ ބޭއްވި އަައްޑަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙުމަދު ޝިޔާމް މިސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ޚުތުބާގައި ސިޔާސީ ކުލަޖެހިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ. އަދި މިމަހުގެ 3ވީ ހުކުރު ދުވަހު އިއްވި ޚުތުބާއަކީ ސިޔާސީ ޚުތުބާއެއްކަމަށް ވިދާޅުވެފައިވެއެވެ. ޚުތުބާގެ މައުޟޫޢަކީ "އިސްލާމް ދީނުގައި މަަސައްކަތުގެ މަޤާމު"އެވެ.

Advertisement - newsAdvertisement

ޝިޔާމްގެ ވާހަކަތަކާއި ގުޅިގެން ރާއްޖެއެމްވީއަށް މިނިސްޓަރު ޒާހިރު ވިދާޅުވީ ޚުތުބާ ޚާއްސަކުރަނީ މުޖުތަމައުގައި އޮންނަ މައްސަލައަކަށް ކަމަށާއި، އެވަގުތާއި ހާލަތަށް އަބަދުވެސް ބަލާ ކަމަށެވެ. އެގޮތުން އެއިރެއްގައި އޮންނަ މައްސަލައަކާއި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި އަދި ރައްޔިތުންނަށް އިސްލާމް ދީނުގެ ތަރަހައިގެން ތެރެއިން ދޭން ބޭނުންވާ މެސެޖްތައް ޚުތުބާއިން ދެމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިއީ މިއުންމަތުގެ ރަސޫލާ މުޙައްމަދުގެފާނުގެ ވެސް އަމަލުކުރެއްވި ގޮތްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިސަރުކާރުން މިހާތަނަށް ވަކި މައްސަލައެއް ގެނައުމަށް ނުވަތަ ޚުތުބާ ވަކި ގޮތަކަށް ގެނައުމަށް އަންގާފައި ނުވާކަމަށެވެ. އަދި އެކަން މިނިސްޓްރީގެ މަސައްކަތް ކުރާ ޝެއިޚުންނާއި، މުއައްޒަފުންނަށް ރަނގަޅަށް އެނގޭނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ވަކި މައުޟޫތަކަކަށް ޚުތުބާ ލިޔެ ތައްޔާރު ކުރީ މީގެ މާކުރިން ކަމަށާއި، އެދުވަސްތައް ފާއިތުވެފައިވާ ކަމަށެވެ. އަދި ކުރީ ސަރުކާރުތަކުން ޚުތުބާ ސިޔާސީ ކޮށްފައިވާ މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް މިހާރު އެކަން ބަދަލުވެ، އެއިރެއްގެ އެންމެ މުނާސަބު ވާހަކަތައް ޚުތުބާގައި ގެންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހުކުރު ދުވަހު ޚުތުބާ ކިއުމަކީ ދީނީ ކަމެއް ކަމަށާއި، އެއީ މީހުންގެ ހިތުގައި ވަރަށް ބޮޑު ގަދަރެއް ދެވިފައިވާ ކަމެއް ކަމަށެވެ. މީހުންގެ ހިތުގައި ނަފުރަތު އުފެދި, ހައިބަތު ގެއްލޭ ގޮތަށް ކަންކަން ކުރުމަކީ ވަރަށް ދެރަކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދީނީ ކަމެއްގައި މިފަދަ ގޮތަކަށް އެއްވެސް މީހަކު އަމަލުކުރުމަކީ ބަލައިގެނެވޭނެ ކަމެއް ނޫން ކަމަށާއި، ސިޔާސީ މަންފާއެއް ހޯދުމަށް ވެސް އެގޮތަށް ކަންތައްތައް ކޮށްގެން ނުވާނެ ކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

29 މާރިޗު 2017

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލެވޭނެ ކަމަށް ގަބޫލެއް ނުކުރަން: ރިޔާޒް

29 މާރިޗު 2017
ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލެވޭނެ ކަމަށް ގަބޫލެއް ނުކުރަން: ރިޔާޒް
21 މާރިޗު 2017

ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި

21 މާރިޗު 2017
ހުއްދަ ނެތި ވެކްސިން އެތެރެ ނުކުރަން އިލްތިމާސްކޮށްފި
13 މާރިޗު 2017

ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް

13 މާރިޗު 2017
ބައެއް މީޑިއާތަކުން ޖިންސީ ވާހަކަތަކާއި ޖިންސީ ޢަމަލުތަކަށް ހިއްވަރުދޭ ވާހަކަތައް ގެނެސްދޭ، އެކަން ހުއްޓާލަން ޖެހޭ: އެޗްއާރުސީއެމް
07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
22 ފެބުރުއަރީ 2017

އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް

22 ފެބުރުއަރީ 2017
އުމުރުން ދުވަސްވީ މީހެއްގެ މޫނަށް ކެމިކަލް ޖެހި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރަން: ޕޮލިސް
13 ފެބުރުއަރީ 2017

ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު

13 ފެބުރުއަރީ 2017
ޕީޕީއެމްގެ ރިޔާސީ ޕްރައިމެރީ ބާއްވާނެ ކަމަށް ގަބޫލެއް ނުކުރަން : އުމަރު ނަސީރު
07 ފެބުރުއަރީ 2017

ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު

07 ފެބުރުއަރީ 2017
ރިޔާސީ ބަޔާނުގައި ކޮރަޕްޝަންގެ ވާހަކަތައް ނުދެއްކެވީ އަމިއްލަޔަށް އޮރިޔާން ވާނެތީ: އަމީރު
04 ފެބުރުއަރީ 2017

އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އެމްޑީޕީގެ ކޮންޓްރޯލް އެއްވެސް ބޭފުޅަކަށް ނެގިދާނެ ކަމަކަށް ޤަބޫލެއް ނުކުރަން: ރައީސް ނަޝީދު
22 ޖެނުއަރީ 2017

ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި

22 ޖެނުއަރީ 2017
ދޮންކެޔޮ އެންޓަޕްރައިސަސް އަށް ނޭނގި ސަލްޓަންސްގެ ފައިސާ ޚަރަދުނުކުރަން އަންގައިފި
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް