Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމޮޑާނާ ވެކްސިން ފުޅިން އެއްޗެއް ފެނުން

ޖަޕާނުގައި ބޭނުންކުރަމުން އައި މޮޑާނާ ވެކްސިނުން ކަޅުކުލައިގެ އެތިކޮޅުތަކެއް ފެނިއްޖެ

މިހާތަނަށް އެގައުމުގައި އާބާދީގެ 40 އިންސައްތައަށް ދެޑޯޒް ޖަހައި ނިންމާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 2 ސެޕްޓެމްބަރު 2021 | ބުރާސްފަތި 03:54
ކަޅުކުލައިގައި ހުރި މިއެތިކޮޅުތައް ފެނިފައިވާ ބެޗްގައި ހިމެނޭ ވެކްސިންގެ ތެރެއިން، 3,790 މީހެއްގެ ގަޔަށް މި ވެކްސިން ވަނީ ޖަހާފައި

ކަޅުކުލައިގައި ހުރި މިއެތިކޮޅުތައް ފެނިފައިވާ ބެޗްގައި ހިމެނޭ ވެކްސިންގެ ތެރެއިން، 3,790 މީހެއްގެ ގަޔަށް މި ވެކްސިން ވަނީ ޖަހާފައި

ޖަޕާނުގައި ބޭނުން ކުރަމުން އަންނަ މޮޑާނާ ވެކްސިނުން ކަޅުކުލައިގެން އެތިކޮޅުތަކެއް ފެނި، މޮޑާނާ ކޯވިޑް ވެކްސިންގެ އެއް ބެޗް ބޭނުންކުރުން އެގައުމުގައި ހުއްޓާލާއިފިއެވެ.

ޖަޕާނުގެ ސިއްޙީ އިދާރާތަކުން ބުނީ، މޮޑާނާ ވެކްސިން ފުޅިތަކުގެ ތެރެއިން، ކަޅުކުލައިގެ ކުދި އެތިކޮޅުތަކެއް އެންމެ ފުރަތަމަ ފެނިފައިވަނީ ފާމަސިސްޓަކަށް ކަމަށެވެ. ވެކްސިން ފުޅީގެ ތެރެއިން ކަޅުކުލައިގެ އެތިކޮޅެއް ފުރަތަމަ ފެނިފައިވަނީ، އެގައުމުގެ ކަނަގާވާ ޕްރިފެކްޗަރގައެވެ. ޖަޕާނުގެ ކަމާ ގުޅުންހުރި އިދާރާތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، ކަޅުކުލައިގައި ހުރި މިއެތިކޮޅުތައް ފެނިފައިވާ ބެޗްގައި ހިމެނޭ ވެކްސިން، 3,790 މީހެއްގެ ގަޔަށް ވަނީ ޖަހާފައެވެ. އެހެންނަމަވެސް، މިކަން ފާހަގަވީ ހިސާބުން، މި ބެޗްގެ ވެންސިންތައް ޖެހުން ވަނީ ހުއްޓާލާފައެވެ.

މި ހާދިސާ ހިނގާފައިވަނީ، މޮޑާނާ ވެކްސިންގެ 1.63 މިލިއަން ޑޯޒް ބޭނުންކުރުން އެގައުމުގައި ފާއިތުވެދިޔަ ހަފްތާގައި ވެސް މަޑުޖައްސާލާފައި ވަނިކޮށެވެ. ވެކްސިންގައި ނުހިމެނޭ އެއްޗެއް ފެނުމާ ގުޅިގެން، އެއް ބެޗެއްގެ 560,000 އެއްހާ ވެކްސިންގެ ބޭނުން ކުރުން މިހާރުވަނީ މަޑު ޖައްސާލާފައެވެ. މިކަން އިތުރަށް ތަހުގީގުކުރަން ފަށާފައިވާކަމަށް ޖަޕާނުގެ ކަމާބެހޭ ފަރާތްތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

ޖަޕާނުގެ ފާމަސިސްޓަކަށް ކަޅު ކުލައިގެ މި އެތިކޮޅުތައް ފެނިފައިވަނީ، އާންމު އުސޫލުން ވެކްސިން ޖެހުމުގެ ކުރިން ފުޅީގެ ތެރޭގައި ވެކްސިނާ ނުގުޅޭ އެއްވެސް އެއްޗެއް ހުރިތޯ ބެލި ބެލުމުގެ ތެރެއިންނެވެ. ޝައްކު ކުރެވޭ ޒާތުގެ އެއްޗެއް ވެކްސިން ފުޅިތަކުގެ ތެރެއިން ފެނިފައިވާތީ، އެ ސަރަހައްދުގައި ވެކްސިން ފޯރުކޮށްދެމުން އައި ފަރާތުންވަނީ ވެކްސިންތައް އަނބުރާ ގެންގޮސްފައި ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މި ވެކްސިންތައް ޖެހުމުގެ ސަބަބުން އެއްވެސް މީހަކަށް އަދި ސިއްޙީ މައްސަލައެއް ކުރިމަތިވެގެން ރިޕޯޓުކޮށްފައެއް ނުވެއެވެ.

ޖަޕާނުގައި ކޯވިޑް19ގެ ހާލަތު އާދަޔާ ޚިލާފަށް ގޯސްވެފައިވާއިރު، ވެކްސިން ދިނުމުގައި ވެސް ޖަޕާނަށް މާބޮޑު ކުރިއެރުންތަކެއް ލިބިފައެއް ނެތެވެ. މިހާތަނަށް އެގައުމުގައި އާބާދީގެ 40 އިންސައްތައަށް ދެޑޯޒް ޖަހައި ނިންމާފައިވާއިރު، ފުރަތަމަ ޑޯޒް ޖަހާ ނިންމާފައިވަނީ އާބާދީގެ 50 އިންސައްތައަށެވެ.

ޖަޕާންމޮޑާނާކޮވިޑް-19 ވެކްސިންކޮވިޑް-19

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
07 ސެޕްޓެމްބަރު 2025

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

07 ސެޕްޓެމްބަރު 2025
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު