Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހެލްތު ޑޭ ފެސިލިޓީ

ފިއްލަދޫ ކައުންސިލުން އެރަށުގައި ހެލްތު ޑޭ ފެސިލިޓީއެއް ގާއިމްކުރަނީ

ފެސިލިޓީ އަޅާ ފަރާތަކަށް 50އަހަރަށް، ގެސްޓް ހައުސް/ހޮޓާ އެޅުމަށް ދޫކުރުމަށް ބިމަށް އެދުމުގެ ފުރުސަތު ހުޅުވާލާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2023 | ހުކުރު 05:35
ފިއްލަދޫގައި ކުރިއަށް ގެންދިޔަ ހެލްތު ސްކްރީނިންގ ޕްރޮގްރާމެއްގެ ތެރެއިން

ފިއްލަދޫގައި ކުރިއަށް ގެންދިޔަ ހެލްތު ސްކްރީނިންގ ޕްރޮގްރާމެއްގެ ތެރެއިން

ހއ. ފިލައްދޫ ކައުންސިލުން އެރަށުގައި ހެލްތު ޑޭ ފެސިލިޓީއެއް ގާއިމްކުރުމަށް ނިންމައިފިއެވެ.

ފިއްލަދޫ ކައުންސިލުން ބުނީ ކައުންސިލުން ތަރައްޤީކުރާ 2000 އެނދުގެ ޓޫރިސްޓް ވިލެޖައް އަމާޒުކޮށް ކައުންސިލުން ދައްކާ ބިމެއްގައި، "ހެލްތު ޑޭ ފެސިލިޓީއެއް" ތަރައްގީކޮށް ކައުންސިލާއި ހަވާލުކުރާނެ ފަރާތަކަށް 50 ހާސް އަކަފޫޓުގެ ބިމެއް އަކަފޫޓަކަށް މަދުވެގެން މަހަކު 50ލާރީގެ ރޭޓުން 50އަހަރަށް، ގެސްޓް ހައުސް/ހޮޓާ އެޅުމަށް ދޫކުރުމަށް ބިމަށް އެދުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"ހެލްތު ޑޭ ފެސިލިޓީއެއް" ޑިވެލޮޕްކުރެވޭނެ މިންގަނޑުތަކުގެ ތެރޭގައި 11 ކަމެއް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި އެ ފެސިލިޓީގައި މަދުވެގެން 4 ކޮންސަލްޓޭޝަން ރޫމް، ޑެންޓަލް ރޫމް، ލެބޯޓަރީ، އެކްސްރޭ، ފާމަސީ، އޮފީސް، ޓްރީޓްމަންޓްރޫމް، ޕޯޓިކޯ އަދި މިނޫންވެސް މިކަމާއި ގުޅުން ހުރި ޚިދުމަތްތައް ޤާއިމް ކޮށްދޭންވާނެ ކަމަށް ބުނެފައިވެއެވެ. މިޚިދުމަތާއި ތަނުގެ ފެންވަރަކީ ޓޫރިސްޓުންނަށް ޚިދުމަތްދެވޭނެ ޒަމާނީ ފެންވަރުގެ ތަނަކަށް ވާންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން މި ފެސިލިޓީގެ މަސައްކަތް ނިންމުމަށްފަހު، ފެސިލިޓީ ކައުންސިލާއި ހަވާލު ކުރަންވާނެ ކަމަށާއި ފެސިލިޓީ ހިންގުމުގެ ޤާބިލް އަދި މިފަދަ ފެސިލިޓީއެއް ހިންގުމުގެ 15 އަހަރުގެ ތަޖުރިބާހުރި ފަރާތަކަށް ވާންވާނެ ކަމަށް ބުނެފައިވެއެވެ.

މީގެއިތުރުން މި ފެސިލިޓީ މަދުވެގެން 3 އަހަރު ކައުންސިލާއި ގުޅިގެން ހިންގުމުގެ ހުރިހައި ކަމެއް ކޮށްދީ ޒިންމާނަގަންވާނީ ޕްރޮޕޯސަލް ހުށައަޅާ ކާމިޔާބުކުރާ ފަރާތުން ކަމަށާއި އަދި ޓޫރިޒަމް ވިލެޖަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާނެ ތަނަކަށްވާނެތީ، މިފެސިލިޓީގައި ވާރކްޕާރމިޓް މެޑިކަލް މަސައްކަތް ފުރިހަމައަށް ހެދޭނެގޮތް ހަމަޖެހިފައި ހުންނަންވާނެ ކަމަށް ބުނެފައިވެއެވެ.

އެގޮތުން ފެސިލިޓީ ހިންގަމުން ދާއިރު އަހަރެއްގެ މައްޗަށް މަދުވެގެން 20 މެޑިކަލް ސްޕެޝަލިސްޓު އަދި ސްޕަރ ސްޕެސިއަލިޓީ ވިޒިޓް ހަމަޖައްސަންވާނެ ކަމަށް ބުނެފައިވެއެވެ. އަދި މި ފެސިލިޓީ ކައުންސިލާއި ހަވާލުކުރާއިރު ހުންނަންވާނީ ޕްރޮޕޯސަލް ކާމިޔާބުކުރާ ފަރާތުގެ އަމިއްލަ ޚަރަދުގައި ކައުންސިލުން ދައްކާ ބިމުގައި، ފުލީ އިކުއިޕްކޮށް އެކްޝަން، ލެބޯޓަރީ އަދި މިނޫންވެސް ފެސިލިޓީތައް ޤާއިމުކޮށް ފުރިހަމަ ކުރެވިފައި ކަމަށް ކައުންސިލުން ބުނެއެވެ.

އަދި ޕްރޮޕޯސަލް ކާމިޔާބުކުރާ ފަރާތުން 1 މިލިއަން ރުފިޔާގެ ޑިޕޮސިޓެއް ކައުންސިލައް ދައްކަންވާނެ ކަމަށް ބުނެފައިވެއެވެ. މި ޕްރޮޕޯސަލް ކާމިޔާބުކުރާފަރާތުން ގެސްޓްހައުސް/ހޮޓާއެޅުމަށް ދޫކުރެވޭ ބިމަށް ކަނޑައެޅިފައިވާ ކުލި ދައްކަން ފަށާނީ ބިމުގެ އެގްރިމެންޓްގައި ސޮއިކުރާ ތާރީޚުން ފެށިގެން 61 ވަނަ މީލާދީ މަހުންފެށިގެން ކަމަށް ބުނެފައިވެއެވެ. އަދި ގެސްޓްހައުސް/ ހޮޓާ އެޅުމާއި ފެސިލިޓީގެ މަސައްކަތް ނިންމައި، މަދުވެގެން 2 އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފަށަންވާނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ބިމަށްއެދި ހުށައަޅާ ފަރާތުން، ހުށައަޅާ އިތުރު ކަންކަމާއި ސީއެސް އާރުގެ ގޮތުގައި ހުށައަޅާ ކަންކަމަށް ބަލައި އިސްކަންދެވޭނެ ކަމަށް ބުނެފައިވެއެވެ.

ހެލްތު ޑޭ ފެސިލިޓީހއ. ފިއްލަދޫހއ. ފިއްލަދޫ ކައުންސިލް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހުއްޓި، ހަލާކުވަނީ

ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހުއްޓި، ހަލާކުވަނީ

29 ޖޫން 2025
ފިއްލަދޫ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

ފިއްލަދޫ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

01 ޖޫން 2023
ފިއްލަދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން "ފިއްލަދޫ ކައުންސިލް ކަޕް 2021" ބޭއްވުމަށް ހަމަޖެހިއްޖެ

ފިއްލަދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން "ފިއްލަދޫ ކައުންސިލް ކަޕް 2021" ބޭއްވުމަށް ހަމަޖެހިއްޖެ

21 ނޮވެމްބަރު 2021
ދައްޕަރު މައްސަލާގައި ރައްޔިތުންގެ ވިސްނުމާ ސަރުކާރުން ދެކޮޅު ނުހަދާނެ - މަބްރޫކް

ދައްޕަރު މައްސަލާގައި ރައްޔިތުންގެ ވިސްނުމާ ސަރުކާރުން ދެކޮޅު ނުހަދާނެ - މަބްރޫކް

01 ސެޕްޓެމްބަރު 2021
ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

ބަލިން ރައްކާތެރިވުމަށް ޕަބްލިކް ހެލްތު ލާމަރުކަޒުކޮށް، އަވަސް މައުލޫމާތު ފޯރުކޮށްދޭން ޖެހޭ:ނަޝީދު

15 މާރިޗު 2017

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު