Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފިއްލަދޫގެ އިހުތިސާސުގެ ދަށުން ދައްޕަރު ވަކިކުރުން

ފިއްލަދޫއިން ދައްޕަރު ވަކިކުރުމާ ގުޅިގެން ޓްރާންސްޕޭރެންސީން ކަންބޮޑުވުން ފާޅުކޮށްފި

ދައްޕަރު ވަކިކޮށްފައި ވަނީ ރައީސްއަށް ލިބޭ ބާރުގެ ދަށުން 29 އޮގަސްޓްވީ އާދިއްތަ ދުވަހު

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2021 | ބުދަ 02:02
ހއ.ފިއްލަދޫ، މިއީ ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ރަށެއް

ހއ.ފިއްލަދޫ، މިއީ ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ރަށެއް

ހއ. ފިއްލަދޫގެ އިޙުތިޞާސްގެ ދަށުން ދައްޕަރު ވަކިކުރުމާ ގުޅިގެން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފިއްލަދޫއާ އެއް ފަޅެއްގައި އޮންނަ ދައްޕަރަކީ އެރަށުގެ ގިނަ ރައްޔިތުން ޕިކްނިކް ގޮސް އުޅޭ ފަޅު ރަށެކެވެ. ފިއްލަދޫގެ އިޙްތިޞާސުން ދައްޕަރު ވަކިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ލިބޭ ބާރުގެ ދަށުން 29 އޮގަސްޓްވީ އާދިއްތަ ދުވަހު ނެރުއްވި ގަރާރަކުންނެވެ.

ފިއްލަދޫގެ އިޙުތިޞާސްގެ ދަށުން ދައްޕަރު ވަކިކުރުމާ ގުޅިގެން އެރަށުގެ ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފައި ވަނިކޮށް ޓްރާންސްޕޭރެންސީން ބުނީ ފިއްލަދޫ ކައުންސިލްއާއި އެރަށުގެ ރައްޔިތުން ދައްޕަރުން ނަފާ ހޯދުމަށް ތައްޔާރުވެ ތިއްބާ އެރަށުގެ ރައްޔިތުންނާ އެއްވެސް ވަރަކަށް މަޝްވަރާކުރުމެއް ނެތި ސަރުކާރުން ނިންމި ނިންމުން ބަލައި ނުގަނެވޭނެ ކަމަށެވެ.

ޓްރާންސްޕޭރެންސީން ބުނީ ފިއްލަދޫގެ އިޙުތިޞާސްގެ ދަށުން ދައްޕަރު ވަކިކޮށްފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށެވެ. މި މައްސަލައާ ގުޅޭގޮތުން ފިއްލަދޫގެ ރައްޔިތުންނާ މަޝްވަރާކުރުމަށް ޓްރާންސްޕޭރެންސީން ވަނީ ގޮވާލާފައިވެއެވެ. އަދި ރައްޔިތުންނަށް މަންފާވާނެ ގޮތަށް ކަންކަން ނިންމުމަށް ވެސް އެދިފައިވެއެވެ.

ފިއްލަދޫގެ އިޙުތިޞާސްގެ ދަށުން ދައްޕަރު ވަކިކުރުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުންދާއިރު، މި ނިންމުމާ ދެކޮޅަށް ''ސޭވް ދައްޕަރު''ގެ ނަމުގައި މިހާރު ވަނީ ޚާއްސަ ކެމްޕޭނެއް ފަށާފައެވެ.

ދައްޕަރަކީ ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ރަށެކެވެ. މޫދާ ގުޅިފައިވާ ބޮޑު ކުޅިއެއް އެރަށުގައި އޮވެއެވެ. 2010 ވަނަ އަހަރު އެރަށުގައި ރިސޯޓެއް އެޅުމަށް ހަވާލު ކުރިއެވެ. ނަމަވެސް ފަހުން އެތަނުގައި ރިސޯޓް ގާއިމުކުރުމުގެ މަޝްރޫއު ވަނީ ހުއްޓާލާފައެވެ. އޭގެ ފަހުން 18 މަރޗް 2020ގައި ރައީސް ޞާލިހު ވަނީ ފިއްލަދޫގެ އިޙުތިޞާސްގެ ތެރޭގައި ދައްޕަރު ހިމަނާފައެވެ.

ފިއްލަދޫދައްޕަރު

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހުއްޓި، ހަލާކުވަނީ

ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހުއްޓި، ހަލާކުވަނީ

29 ޖޫން 2025
ތިން ރަށެއްގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ޚާއްސަ އޮޕަރޭޝަންތަކެއް ހިންގައި 6 މީހަކު ހައްޔަރުކޮށްފި

ތިން ރަށެއްގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ޚާއްސަ އޮޕަރޭޝަންތަކެއް ހިންގައި 6 މީހަކު ހައްޔަރުކޮށްފި

01 މެއި 2025
ރައްޔިތުން ބޭނުންވާގޮތަށް، ފިއްލަދޫގެ އިޚްތިޞާޞްގެ ތެރެއަށް ދައްޕަރު އަލުން ލުމަށް ރައީސް ނިންމަވައިފި

ރައްޔިތުން ބޭނުންވާގޮތަށް، ފިއްލަދޫގެ އިޚްތިޞާޞްގެ ތެރެއަށް ދައްޕަރު އަލުން ލުމަށް ރައީސް ނިންމަވައިފި

04 އޮކްޓޯބަރު 2021
ދައްޕަރު މައްސަލާގައި ރައްޔިތުންގެ ވިސްނުމާ ސަރުކާރުން ދެކޮޅު ނުހަދާނެ - މަބްރޫކް

ދައްޕަރު މައްސަލާގައި ރައްޔިތުންގެ ވިސްނުމާ ސަރުކާރުން ދެކޮޅު ނުހަދާނެ - މަބްރޫކް

01 ސެޕްޓެމްބަރު 2021
ސަރުކާރުގެ ވިސްނުން ހުރީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް ދައްޕަރު ތަރައްގީ ކުރަން: މަބްރޫކް

ސަރުކާރުގެ ވިސްނުން ހުރީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް ދައްޕަރު ތަރައްގީ ކުރަން: މަބްރޫކް

01 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

15 މާރިޗު
ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކެޕިޓަލް ޓްރެވަލް މޯލްޑިވްސް 15 އަހަރުގެ މެދުކެނޑުމަކަށް ފަހު ބީޓީއެލް ޕޯޗުގަލްގައި ވިދާލައިފި

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ވާހަކަތައް ތަފާތު ގޮތަކަށް!

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި
20233 އަހަރު ކުރިން
ރާއްޖެ

އެޗްޑީސީއަށް ރޭކާވެސް ނުލާ، ތިލަފުށިން މިލިއަނަކަށް ބިމެއް ވިއްކާލައިފި

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި
20224 އަހަރު ކުރިން
ރާއްޖެ

ވެލާ އެޅި ބިސްތައް އީޕީއޭގެ ބެލުމުގެ ދަށަށް، ބިސް ފީކުރާނީ ކުޑަހުރާގައި

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލެއިން ކެނަބިސްގަހެއްކަމަށް ޝައްކު ކުރެވޭ ގަހެއް ފެނިއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި
20197 އަހަރު ކުރިން
ރާއްޖެ

އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހުގެ ކާރުން މަސްތުވާތަކެތި އަތުލައިގެންފި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގުން ސެމްސަންގ ގެލެކްސީ އެސް 9 އަދި އެސް 9 ޕްލަސް ފޯނުގެ ޕްރީ އޯޑަރަށް ފުރުސަތު ހުޅުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު