Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިއްލަދޫގައި ބާއްވާ މުބާރާތްތައް

ފިއްލަދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން "ފިއްލަދޫ ކައުންސިލް ކަޕް 2021" ބޭއްވުމަށް ހަމަޖެހިއްޖެ

މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލެވިފައި

މަލީހާ ރަޝީދު
މަލީހާ ރަޝީދު, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2021 | އާދީއްތަ 11:40
ހއ. ފިއްލަދޫގައި ކުރިއަށް ގެންދެވުނު ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން

ހއ. ފިއްލަދޫގައި ކުރިއަށް ގެންދެވުނު ފުޓްބޯޅަ މުބާރާތެއްގެ ތެރެއިން

ހއ. ފިއްލަދޫ ކައުންސިލާއި ފިއްލަދޫ އިޖްތިމާއީ މަރުކަޒު ގުޅިގެން، "ފިއްލަދޫ ކައުންސިލް ކަޕް 2021"ގެ ނަމުގައި ފިއްލަދޫ ދެ ޖިންސުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުޅިވަރު މުބާރާތްތަކެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި މުބަރާތްތައް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ. ފިއްލަދޫ ކައުންސިލުން ހާމަކުރާ ގޮތުގައި މިފަދަ މުބާރާތްތަކެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ފިއްލަދޫ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލަކުރުމާއި، ކުޅިވަރުގެ ދާއިރާއިން މީހުން ބިނާކުރުމެވެ. އެގޮތުން ފިރިހެނުންނަށް ޚާއްސަކޮށްގެން ފުޓްބޯޅަ މުބާރާތެއް ބެއްވުމަށް ހަމަޖެހިފައިވާއިރު، އަންހެނުންނަށް ޚާއްސަކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވަނީ ހޭންޑްބޯޅަ މުބާރާތެކެވެ.

Advertisement - newsAdvertisement

ފިއްލަދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، މި 2 މުބާރާތް ކުރިއަށް ގެންދެވޭނީ މަދުވެގެން 5 ޓީމް ރަޖިސްޓްރީ ކުރެވިގެންނެވެ. އެގޮތުން ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާފައިވާ އެންމެ ފަހުގެ ތާރީޚާ ހަމައަށް، މަދުވެގެން 5 ޓީމް ބައިވެރިނުވާނަމަ، މުބާރާތް ކުރިއަށް ގެންދާނީ މުބާރާތް ކުޅުމަށް ޝައުގުވެރިވާ ކުޅުންތެރިން ޓީމްތަކަށް ބަހާލައިގެން 5 ޓީމް ހަމަވާނަމައެވެ. އަދި ކޮންމެ ޓީމެއްގައި މަދުވެގެން 10 ކުޅުންތެރިން ހިމަނަންވާނެ ކަމަށާއި، ޓީމެއްގައި ގިނަވެގެން (ރަށުންބޭރު ކުޅުންތެރިންނާއެކު) ހިމެނޭނީ 14 ކުޅުންތެރިންކަމަށެވެ. އަދި ކޮންމެ ޓީމެއްގައި ހިމެނޭނީ ރަށުންބޭރު 3 ކުޅުންތެރިން ކަމަށްވެސް ފިއްލަދޫ ކައުންސިލުން ހާމަކުރެއެވެ.   

ފިއްލަދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މި ދެ މުބާރާތުގައިވެސް ބައިވެރިވެވެނީ 14 އަހަރުން މަތީގެ ކުޅުންތެރިންނަށެވެ. އަދި ޓީމްތަކުގެ އޮފިޝަލުންގެ ގޮތުގައި 18 އަހަރުން މަތީގެ ފަރާތްތަތަށް ތިބުމަށާއި 18 އަހަރުން ދަށުގެ ކުޅުންތެރިން ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ފޯމް ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައިއެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00އިން 12:00އަށް، ފިއްލަދޫ ކައުންސިލް އިދާރާއިން ލިބެން ހުންނާނެކަމަށް އެ އިދާރާއިން ހާމަކުރެއެވެ. އެގޮތުން މުބާރާތްތަކުގައި ބައިވެރިވުމަށް އެދޭ ފޯރމް އެ އިދާރާއަށް ހުށަހެޅުމަށް އެދިފައިވާއިރުގައި، ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފޯރމް ހުށަހެޅޭނެ އެންމެ ފަހުގެ ތާރީޚަކީ 25 ނޮވެމްބަރު 2021ވާ ބުރާސްފަތި ދުވަހުގެ 13:30އެވެ. އަދި ހޭންޑްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފޯރމް ހުށަހެޅޭނެ އެންމެފަހު ތާރީޚަކީ 30 ނޮވެމްބަރު 2021ވާ އަންގާރަ ދުވަހުގެ 13:30 ކަމަށްވެސް އެ އިދާރާއިން ހާމަކުރެއެވެ.   

ހއ. ފިއްލަދޫ

އިތުރަށް ކިޔާލަން

29 ޖޫން 2025

ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހުއްޓި، ހަލާކުވަނީ

29 ޖޫން 2025
ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހުއްޓި، ހަލާކުވަނީ
06 އޮކްޓޯބަރު 2023

ފިއްލަދޫ ކައުންސިލުން އެރަށުގައި ހެލްތު ޑޭ ފެސިލިޓީއެއް ގާއިމްކުރަނީ

06 އޮކްޓޯބަރު 2023
ފިއްލަދޫ ކައުންސިލުން އެރަށުގައި ހެލްތު ޑޭ ފެސިލިޓީއެއް ގާއިމްކުރަނީ
01 ޖޫން 2023

ފިއްލަދޫ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި

01 ޖޫން 2023
ފިއްލަދޫ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފި
01 ސެޕްޓެމްބަރު 2021

ދައްޕަރު މައްސަލާގައި ރައްޔިތުންގެ ވިސްނުމާ ސަރުކާރުން ދެކޮޅު ނުހަދާނެ - މަބްރޫކް

01 ސެޕްޓެމްބަރު 2021
ދައްޕަރު މައްސަލާގައި ރައްޔިތުންގެ ވިސްނުމާ ސަރުކާރުން ދެކޮޅު ނުހަދާނެ - މަބްރޫކް
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު