Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައްޕަރު އަލުން ފިއްލަދޫގެ އިޚްތިޞާޞްގެ ތެރެއަށް

ރައްޔިތުން ބޭނުންވާގޮތަށް، ފިއްލަދޫގެ އިޚްތިޞާޞްގެ ތެރެއަށް ދައްޕަރު އަލުން ލުމަށް ރައީސް ނިންމަވައިފި

އެކަމާގުޅިގެން އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމެއް ހޯމަ ދުވަހު ބޭއްވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 4 އޮކްޓޯބަރު 2021 | ހޯމަ 14:57
ހއ. ދައްޕަރު

ހއ. ދައްޕަރު

ހއ. ފިއްލަދޫ ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ދައްޕަރު އަލުން ހިމެނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވައިފިއެވެ.

އެކަމާގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒު "ރާއްޖެ އެމްވީ"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ, އެކަމާގުޅޭގޮތުން އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމެއް ހޯމަ ދުވަހު ބޭއްވުނުކަމަށެވެ. އަދި އެކަމުގައި ފިއްލަދޫ ކައުންސިލާ ބައްދަލުކޮށް މަޝްވަރާތައް ކުރެވި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި އެކަމާއި ގުޅިގެން މަޝްވަރާތައް ކުރެވުނުކަމަށެވެ. އަދި މިސަރުކާރުން އަތޮޅުތައް ތަރައްގީކުރަން ބޭނުންވަނީ ރައްޔިތުން ބޭނުންވާގޮތަށްކަމަށެވެ. ކުރިންވެސް ސަރުކާރުން ބޭނުންވީ އެސަރަހައްދުގައި ހިންގޭ އިޤްތިޞާދީ ހަރަކާތްތަކަކީ ފިއްލަދޫ ކައުންސިލާ ގުޅިގެން ހިންގޭ ހަރަކާތްތަކެއްގެ ގޮތުގައި ކުރިޔަށް ގެންދިޔުމަށް ކަމަށެވެ.

Advertisement - newsAdvertisement

ހއ. ފިއްލަދޫއާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ދައްޕަރު، އެ ރަށުގެ އިޚްތިޞާޞްގެ ތެރޭގައި އަލުން ހިމެނުމަށް ގޮވާލައި، 467 މީހުންގެ ސޮއިއާއެކު ރައްޔިތުންގެ މަޖިލީހަށް ވަނީ ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. ފިއްލަދޫއާ އެއް ފަޅެއްގައި އޮންނަ ދައްޕަރަކީ އެރަށުގެ ގިނަ ރައްޔިތުން ޕިކްނިކް ގޮސް އުޅޭ ފަޅު ރަށެކެވެ. ފިއްލަދޫގެ އިޚްތިޞާޞުން ދައްޕަރު ވަކިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން 29 އޮގަސްޓްވީ އާދީއްތަ ދުވަހު ނެރުއްވި ޤަރާރަކުންނެވެ.

ދައްޕަރަކީ ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ރަށެކެވެ. މޫދާ ގުޅިފައިވާ ބޮޑު ކުޅިއެއް އެރަށުގައި އޮވެއެވެ. 2010 ވަނަ އަހަރު އެރަށުގައި ރިސޯޓެއް އެޅުމަށް ހަވާލު ކުރިއެވެ. ނަމަވެސް ފަހުން އެތަނުގައި ރިސޯޓް ހެދުމުގެ މަޝްރޫޢު ވަނީ ހުއްޓާލާފައެވެ. އޭގެ ފަހުން 18 މާރޗް 2020ގައި ރައީސް ޞާލިޙު ވަނީ ފިއްލަދޫގެ އިޚްތިޞާޞްގެ ތެރޭގައި ދައްޕަރު ހިމަނާފައެވެ.

ފިއްލަދޫދައްޕަރު

އިތުރަށް ކިޔާލަން

29 ޖޫން 2025

ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހުއްޓި، ހަލާކުވަނީ

29 ޖޫން 2025
ފިއްލަދޫ ސްކޫލުގެ މަލްޓިޕަރޕަސް ހޯލް އިމާރާތުގެ މަސައްކަތް ހުއްޓި، ހަލާކުވަނީ
01 މެއި 2025

ތިން ރަށެއްގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ޚާއްސަ އޮޕަރޭޝަންތަކެއް ހިންގައި 6 މީހަކު ހައްޔަރުކޮށްފި

01 މެއި 2025
ތިން ރަށެއްގައި މަސްތުވާތަކެއްޗާއި ދެކޮޅަށް ޚާއްސަ އޮޕަރޭޝަންތަކެއް ހިންގައި 6 މީހަކު ހައްޔަރުކޮށްފި
01 ސެޕްޓެމްބަރު 2021

ދައްޕަރު މައްސަލާގައި ރައްޔިތުންގެ ވިސްނުމާ ސަރުކާރުން ދެކޮޅު ނުހަދާނެ - މަބްރޫކް

01 ސެޕްޓެމްބަރު 2021
ދައްޕަރު މައްސަލާގައި ރައްޔިތުންގެ ވިސްނުމާ ސަރުކާރުން ދެކޮޅު ނުހަދާނެ - މަބްރޫކް
01 ސެޕްޓެމްބަރު 2021

ސަރުކާރުގެ ވިސްނުން ހުރީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް ދައްޕަރު ތަރައްގީ ކުރަން: މަބްރޫކް

01 ސެޕްޓެމްބަރު 2021
ސަރުކާރުގެ ވިސްނުން ހުރީ ރިއަލް އެސްޓޭޓް ޓޫރިޒަމަށް ދައްޕަރު ތަރައްގީ ކުރަން: މަބްރޫކް
01 ސެޕްޓެމްބަރު 2021

ފިއްލަދޫއިން ދައްޕަރު ވަކިކުރުމާ ގުޅިގެން ޓްރާންސްޕޭރެންސީން ކަންބޮޑުވުން ފާޅުކޮށްފި

01 ސެޕްޓެމްބަރު 2021
ފިއްލަދޫއިން ދައްޕަރު ވަކިކުރުމާ ގުޅިގެން ޓްރާންސްޕޭރެންސީން ކަންބޮޑުވުން ފާޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު