Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދައްޕަރު ޕެޓިޝަން

ކަމާބެހޭ އިދާރާތަކުން މައުލޫމާތު އޮޅުން ފިލުވައިގެން ދައްޕަރު ޕެޓިޝަން މަސައްކަތް ކުރިއަށް ގެންދިޔުމަށް ކޮމިޓީން ނިންމައިފި

ފިއްލަދޫގެ އިޚްތިޞާޞުން ދައްޕަރު ވަކިކޮށްފައި ވަނީ ރައީސް ޞާލިޙު އޯގަސްޓް 29 ވަނަ ދުވަހު ނެރުއްވި ގަރާރަކުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2021 | ބުދަ 14:50
ހއ. ދައްޕަރު އަތިރިމަަތި

ހއ. ދައްޕަރު އަތިރިމަަތި

ދައުލަތުގެ ކަމާބެހޭ އިދާރާތަކުން މައުލޫމާތު އޮޅުން ފިލުވުމަށްފަހު ދައްޕަރު ޕެޓިޝަން މަސައްކަތް ކުރިއަށް ގެންދިޔުމަށް ކޮމިޓީން ނިންމައިފިއެވެ.

ބުދަ ދުވަހު އޮތް ޕެޓިޝަން ކޮމިޓީގެ ބައްދަލުވުމުގައި އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާއު ވިދާޅުވީ, ދައްޕަރާގުޅޭ ކަންބޮޑުވުންތައް އާންމުން ފާޅުކޮށްފައިވާއިރު އިދާރާތަކުން މައުލޫމާތު ސާފުކޮށްގެން ޕެޓިޝަނައިގެން ކުރިޔަށް ދިޔުމަށް ފެންނަ ކަމަށެވެ. އެގޮތުން ފިއްލަދޫ ކައުންސިލާވެސް ކޮމިޓީގެ ފަރާތުން ބައްދަލުކުރުމަށާއި, އިޤްތިޞާދީ މަޝްރޫއެއްގެ ވާހަކައެއް އޮތުމުން، އިކޮނޮމިކް މިނިސްޓަރ, އަދި ފަތުރުވެރިކަމާ ގުޅުން ހުރި ކަމަކަށް ވާތީ ޓޫރިޒަމް މިނިސްޓަރާއި ބައްދަލު ކުރުމަަށް ހުށަހަޅާ ކަމަށް ޝިފާއު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ލާމަރުކަޒީ ގާނޫނުގެ މުހިންމު އަސާސެއް މުގުރިގެން ދާކަމަށް މި ޕެޓިޝަންގައި ފާހަގަކޮށްފައިވާތީވެ, އެއީ ކިހިނެތް ހިނގާފައި އޮތް ކަމެއްތޯ ބެލުމަށް ލޯކަލް ގަވަންމެންޓް އޮތޯރިޓީއާ ވެސް ބައްދަލުކުރުމަށް ޝިފާއު ހުށަހެޅުއްވިއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ކެލާ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފެވެ.

އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއުގެ މި ހުށަހެޅުމަށްފަހު އިނގުރައިދޫ މެމްބަރު ޙަސަން އަޙުމަދު ވަނީ އިތުރު ހުށަހެޅުމެއް ކޮމިޓީއަށް ހުށަހަޅުއްވާފައެވެ. އެއީއެންމެ ފުރަތަމަ އެ މައްސަލައިގައި ފިއްލަދޫ ކައުންސިލާއި ސަރުކާރާ ދެމެދު އެއްވެސް މަޝްވަރާއެއް ކުރިޔަށް ދޭތޯ ބަލައި, ފިއްލަދޫ ނިސްބަތްވާ ދާއިރާގެ މެމްބަރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ރައްޔިތުންގެ ކަންބޮޑުވުންތައް ހިއްސާކޮށްގެން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުމަށެވެ. ޙަސަން ވިދާޅުވީ, އެފަދަ މައްސަލައެއް މީގެ ކުރިން ހދ. ހަނިމާދޫގައި ވެސް ދިމާވުމުން ސަރުކާރުން ރައްޔިތުންގެ އެދުމާ އެއްގޮތަށް ކަންކަން ހައްލުކޮށްދިންކަމަަށާއި, އެކަންކަން ހައްލުކުރުމުގައި ހަނިމާދޫ ދާއިރާގެ މެމްބަރު ވެސް ހަރަކާތްތެރިވިކަމަށެވެ.

މެމްބަރު ޙަސަންގެ ހުށަހެޅުމަށް ރައްދުދެއްވައި ކެލާ ދާއިރާގެ މެމްބަރު ވިދާޅުވީ, އެގޮތަށް މަޝްވަރާތަކެއް ކުރޭތޯ ބެލުމަކީ ކޮމިޓީއަށް ޕެޓިޝަން އައުމުގެ ކުރިން ބަލަންޖެހޭނެ ކަމެއް ކަމަށެެވެ. މިހާރު އެކަނކުރަން މާލަސްވެފައިވާ ކަމަށެވެ.

އެ މައްސަލައަށް އިތުރަށް ވާހަކަދައްކަވަމުން ކެލާ ދާއިރާގެ މެމްބަރު ޝަރީފް ވަނީ އެބޭފުޅާ ނިސްބަތްވާ ދާއިރާގެ މައްސަލައެއް ޕެޓިޝަން ކޮމިޓީއަށް އެހެން މެމްބަރެއް މެދުވެރިކޮށް އައުމުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރައްވާފައެވެ. އަދި އެއީ އާއްމުކޮށް މަޖިލީހުގައި ކަންކުރާ އުސޫލެއް ނޫންކަމަށް ވިދާޅުވިއެވެ.

ފިއްލަދޫގެ އިޚްތިޞާޞުން ދައްޕަރު ވަކިކޮށްފައި ވަނީ ރައީސް ޞާލިޙު އޯގަސްޓް 29 ވަނަ ދުވަހު ނެރުއްވި ގަރާރަކުންނެވެ.

ދައްޕަރުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު