Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކެންސަރު ހޮސްޕިޓަލް

ކެންސަރު ހޮސްޕިޓަލުގެ މަސައްކަތްތައް ފެށުމަށް އަންނަ ހަފުތާގައި ޓީމެއް ރާއްޖެ އަންނަނީ

މިއީ އިންޑިއާގެ އެހީގައި ގާއިމްކުރާ ހޮސްޕިޓަލެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 1 ސެޕްޓެމްބަރު 2021 | ބުދަ 10:35
ގަމުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގަމުގައި ކުރިއަށް ގެންދިޔަ ހަފްލާއެއްގައި އިއުލާންކުރައްވަނީ

ގަމުގައި ކެންސަރު ހޮސްޕިޓަލެއް އެޅުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ގަމުގައި ކުރިއަށް ގެންދިޔަ ހަފްލާއެއްގައި އިއުލާންކުރައްވަނީ

ސަރުކާރުގެ ސިއްހީ ޚިދުމަތް ތަރައްގީކޮށް ލާމަރުކަޒުކުރުމުގެ މަސައްކަތުގެ ދަށުން ރާއްޖޭގައި ގާއިމްކުރާ ފުރަަތަމަ ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް މި އަހަރު ފެށިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވައުދުވެވަޑައިގެންނެވި ގޮތަށް އެ މަސައްކަތް ފެށުމަށް އަންނަ ހަފުތާގައި ޓީމެއް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ބުދަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި ލ. ގަމު ކެންސަރު ހޮސްޕިޓަލް ހެދުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން ޓީމެއް ރާއްޖެ އަންނާނެ ކަމަށެވެ. އަދި އެ ޓީމް ވަޑައިގަންނަވަނީ ޑީޓެއިލް ޕްރޮޖެކްޓް ރިވިއު ހެދުމަށް ކަމަށާއި، ރިވިއު ހެދުމަށްފަހު ޕްރޮޖެކްޓް ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ކަންކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.

Advertisement - newsAdvertisement

ހައްދުންމަތީގެ ދެ ރަށަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ގަމަށް ވަޑައިގެން، އެ ރަށުގައި ކުރިއަށްގެންދިޔަ ތަރައްޤީގެ ތިން މަޝްރޫޢެއްގެ ނިމުން ފާހަގަކުރުމުގެ ގޮތުން، އެ ތިން ޚިދުމަތް އިފްތިތާޙުކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހު ރައީސް ވިދާޅުވީ އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން އަޅާ ކެންސަރު ހޮސްޕިޓަލާ ގުޅޭގޮތުން ރައީސް ވިދާޅުވީ ސަރުކާރުން ޞިއްޙީ ޚިދުމަތްތައް އިތުރަށް ތަރައްޤީކުރުމުގެ ތެރޭގައި، ކެންސަރު ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތް އެބައޮތް ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ، އެ ހޮސްޕިޓަލް، ލ. އަތޮޅު ގަމުގައި އެޅުން ކަމަށެވެ.

މި ހޮސްޕިޓަލަކީ އިންޑިއާގެ އެހީގެ ދަށުގައި އަޅާ ހޮސްޕިޓަލެއްކަމުން، މިއާބެހޭ ލިޔެކިޔުންތައް، އިންޑިއާ ސަރުކާރާ ޙިއްޞާކޮށްފައިވާ ކަމަށް ރައީސް އޭރު ވިދާޅުވިއެވެ. އަދި އިރާދަކުރެއްވިއްޔާ ލަސްތަކެއްނުވެ އެކަމާބެހޭ ނިންމުންތައް ނިމި، އެ ހޮސްޕިޓަލް ޢަމަލީގޮތުން އެޅުމުގެ މަސައްކަތް، 2021 ވަނަ އަހަރު ފެށިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް ޤާއިމު ކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާޙިމް އަމީރު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. 2021 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް އިއްވަވަމުން މިނިސްޓަރު ވިދާޅުވީ، ސިއްހީ ދާއިރާއިން އަލަށް ފެށުމަށް ކަނޑައަޅާފައިވާ މުހިންމު އެއް މަޝްރޫއަކީ ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް ގާއިމުކުރުމުގެ މަޝްރޫއު ކަމަށެވެ.

އެގޮތުން މި މަޝްރޫއު ވެގެންދާނީ ކެންސަރާއި، ގައިންގަޔަށް ނާރާ އެހެނިހެން ބަލިތަކުގައި މަރުވާ އަދަދު 2018 ގައި ހުރި މިންވަރުން 15 އިންސައްތަ ދަށް ކުރުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މުހިންމު މަޝްރޫއަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކެންސަރު ހޮސްޕިޓަލް ފުރަތަމަ އެޅުމަށް ނިންމީ ހުޅުމާލޭގައެވެ. އެކަން ހާމަކޮށްފައިވަނީ ނިމިގެންދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއެވެ. އިންޑިއާއާއި ރާއްޖެއާ ދެމެދު މުހިންމު 4 އެއްބަސްވުމެއް ބަދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވެފައިވަނީ އެ ގައުމުން ރާއްޖެއަށް ގިނަ އެހީތަކެއް ފޯރުކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ހުޅުމާލޭގައި ކެންސަރުގެ ހޮސްޕިޓަލަކާއި ކްރިކެޓް ދަނޑެއް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯދީ ވިދާޅުވިއެވެ.

ކެންސަރު ހޮސްޕިޓަލެއް ރާއްޖޭގައި އެޅުމަަށް ނިންމާފައިވާ އިރު، ކެންސަރު ބައްޔަކީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން އެންމެ ގިނައިން ބޭސްފަރުވާގެ ޚިދުމަތް ހޯދާ ބަލިކަމަށް އާސަންދައިގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކެންސަރ ހޮސްޕިޓަލްކެންސަރ ހޮސްޕިޓަލް ލ. ގަންރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުމަބްރޫކު ޢަޒީޒްދިވެހި ރާއްޖެ-އިންޑިއާގެ ގުުޅުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
"ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލްގެ މާލެ ބަދަލުކޮށް އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް މިނިސްޓަރު ނާޘިމް އަށް ވިދާޅެއް ނުވެވުނު"

"ގަމުގައި އަޅަން ނިންމާފައިވާ ކެންސަރު ހޮސްޕިޓަލްގެ މާލެ ބަދަލުކޮށް އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް މިނިސްޓަރު ނާޘިމް އަށް ވިދާޅެއް ނުވެވުނު"

17 ޖުލައި 2025
މަނިކުފާނެވެ، ދެން އިންޑިއާ އަށް ދޭނީ ފެނުކައްކާ ބޮލީގެ އިއްޒަތް ތޯއެވެ؟

މަނިކުފާނެވެ، ދެން އިންޑިއާ އަށް ދޭނީ ފެނުކައްކާ ބޮލީގެ އިއްޒަތް ތޯއެވެ؟

11 އޮކްޓޯބަރު 2024
އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރާނަން - ރައީސް

އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުގެ ދެމެދުގައި މުތަޤާބިލު މަސައްކަތްތަކެއް ކުރާނަން - ރައީސް

08 އޮކްޓޯބަރު 2024
އިންޑިއާ އަކީ ދެގޮތެއް ނުވެ އޮންނަ ރާއްޖޭގެ ބައިވެރިއެއްކަން އެ ޤައުމުން ދަނީ ސާބިތުކޮށްދެމުން - ރައީސް މުއިއްޒު

އިންޑިއާ އަކީ ދެގޮތެއް ނުވެ އޮންނަ ރާއްޖޭގެ ބައިވެރިއެއްކަން އެ ޤައުމުން ދަނީ ސާބިތުކޮށްދެމުން - ރައީސް މުއިއްޒު

08 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު