Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕައިލެޓަށް ހާޓްއެޓޭކެއް

ޕައިލެޓަށް ހާޓްއެޓޭކެއް ޖެހިގެން އެމަރޖެންސީކޮށް ނާގްޕޫރަށް ޖައްސައިފި

28 އޯގަސްޓު 2021 | ހޮނިހިރު 04:35

ހާދިސާ ހިނގިއިރު ފްލައިޓުގައި 126 ފަސިންޖަރުން ތިބި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 އޯގަސްޓު 2021 | ހޮނިހިރު 04:35
ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ބީމާން

ބަންގްލަދޭޝްގެ ގައުމީ އެއާލައިން، ބީމާން

ބަންގްލަދޭޝްގެ ގައުމީ އެއާލައިން ކަމަށްވާ ބީމާންގެ ފްލައިޓެއްގެ ޕައިލެޓަށް ހާޓް އެޓޭކެއް ޖެހި، އެމަރޖެންސީކޮށް އިންޑިޔާގެ ނާގްޕޫރަށް ޖައްސައިފިއެވެ.

ކެޕްޓަން ނައުޝާދަށް ހާޓް އެޓޭކެއް ޖެހުނީ 126 ފަސިންޖަރުންނާއެކު އޮމާނުގެ މަސްކަތުން ބަންގްލަދޭޝްގެ ޑާކާއަށް ދަތުރުކުރަމުންދަނިކޮށެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ހިންދުސްތާން ޓައިމްސްގައި ރިޕޯޓުކޮށްފައި ވާގޮތުން މި ހާދިސާ ދިމާވުމުން އެކަން ކޮލްކަތާ އެއަރ ޓްރެފިކް ކޮންޓްރޯލަށް ވަނީ އަންގާފައެވެ. އަދި މެޑިކަލް އެމަރޖެންސީއެއްގެ ގޮތުގައި އިންޑިއާގެ ނާގްޕޫރް އެއާޕޯޓަށް ޖެއްސުމަށް ކޮލްކަތާ އެއަރ ޓްރެފިކް ކޮންޓްރޯލުން އަންގާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

މި ހާދިސާ ހިނގި އިރު ބޯޓު ދަތުރުކުރަމުންދިޔައީ އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ޗެޓިސްގަރުގެ މަތިން ކަމަށް ހިންދުސްތާން ޓައިމްސްގައި ވެއެވެ. ހުކުރު ދުވަހުގެ ހެނދުނު 11:37 އެހާއިރު ނާގްޕޫރް އިންޓަރނޭޝަނަލް އެއާޕޯޓަށް ބޯޓު ޖައްސާފައިވާކަމަށާއި، އެއަށްފަހު ޕައިލެޓް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވެއެވެ.

ރިޕޯޓުތައް ބުނާގޮތުން މި ބޯޓު ޖައްސާފައިވަނީ ރައްކާތެރިކަމާއެކުއެވެ. އަދި ބޯޓުގައި ތިބި ފަސިންޖަރުންގެ ހާލުވެސް ރަނގަޅެވެ. ޕައިލެޓުގެ ހާލުވެސް މިހާރު ރަނގަޅު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނާގްޕޫރް އެއާޕޯޓުގެ ޑައިރެކްޓަރާ ހަވާލާދީ ހިންދުސްތާން ޓައިމްސްގައި ވާގޮތުން އެހެން ފްލައިޓެއް ގެންގޮސްގެން ބީމާންގެ ފްލައިޓުގައި ތިބި މީހުން މިހާރު ވަނީ ޑާކާއަށް ގެންގޮސްފައެވެ.

ބަންގްލަދޭޝް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ގަވާއިދާއި ހިލާފަށް ބިދޭސީން ގެނެސްގެން މަނީލޯންޑަރ ކުރި ބިދޭސީ އަކު ތިން އަހަރަށް ޖަލަށްލާ، 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި

16 ޑިސެމްބަރު 2025
ގަވާއިދާއި ހިލާފަށް ބިދޭސީން ގެނެސްގެން މަނީލޯންޑަރ ކުރި ބިދޭސީ އަކު ތިން އަހަރަށް ޖަލަށްލާ، 75،000 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފި
05 ޑިސެމްބަރު 2025

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
30 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
14 ނޮވެމްބަރު 2025

ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ

14 ނޮވެމްބަރު 2025
ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ
04 ނޮވެމްބަރު 2025

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

04 ނޮވެމްބަރު 2025
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ
24 އޮކްޓޯބަރު 2025

މި ސަރަހައްދުގައި ދިއިރުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ

24 އޮކްޓޯބަރު 2025
މި ސަރަހައްދުގައި ދިއިރުޅުމުގެ ހަރަދު އެންމެ ބޮޑު ގައުމަކީ ރާއްޖެ
18 އޮކްޓޯބަރު 2025

ބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި ބޮޑު އަލިފާނުގެ ހާދިސާ އެއް ހިނގާ އެއަރޕޯޓު ހުއްޓުމަކަށް

18 އޮކްޓޯބަރު 2025
ބަންގްލަދޭޝްގެ މައި އެއަރޕޯޓުގައި ބޮޑު އަލިފާނުގެ ހާދިސާ އެއް ހިނގާ އެއަރޕޯޓު ހުއްޓުމަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް