Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިނގިރޭސިވިލާތުގެ ހާލަތު

ޖުލައި މަހުގެ ފަހުން އިނގިރޭސިވިލާތުގައި އެންމެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވަނީ ފާއިތުވި ހަތް ދުވަހު

28 އޯގަސްޓު 2021 | ހޮނިހިރު 04:19

ފާއިތުވި ހަފުތާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު އޭގެކުރީ ހަފުތާ އާ އަޅާބަލާއިރު ވަނީ 9.1 އިންސައްތަ އިތުރުވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 28 އޯގަސްޓު 2021 | ހޮނިހިރު 04:19
ލަންޑަންގެ އޮކްސްފޯރޑް ސާކަސް ސަރަހައްދުގައި މީހުން ހަރަކާތްތެރިވަނީ

ލަންޑަންގެ އޮކްސްފޯރޑް ސާކަސް ސަރަހައްދުގައި މީހުން ހަރަކާތްތެރިވަނީ

ހަލުވިކަމާއެކު ޑެލްޓާ ވޭރިއަންޓް ފެތުރެމުންދާއިރު އިނގިރޭސިވިލާތުގައި ޖުލައި މަހުގެ ފަހުން ދުވާލެއްގެ މައްޗަށް ފެންނަ ކޮވިޑް ކޭހުގެ އަދަދު ފާއިތުވި ހަތް ދުވަހު އިތުރުވެފައިވާކަމަށް އެގައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

ހުކުރު ދުވަހު އެގައުމުގައި 38،046 މީހުންނަށް ކޮވިޑް ޖެހިފައިވާއިރު ބުރާސްފަތި ދުވަހު ކޮވިޑް ޖެހިފައިވަނީ 38،281 މީހުންނަށެވެ. ފާއިތުވި ހަތް ދުވަހު ކޮވިޑް ޖެހުނު މީހުންގެ އަދަދު 239،237ށް އަރައެވެ. މިއީ ޖުލައި މަހުގެ ފަހުކޮޅުން ފެށިގެން ހަފުތާއެއްހާ ތެރޭގައި މިހާ ގިނަ އަދަދެއްގެ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރާ ފުރަތަމަ ފަހަރެވެ.

ފާއިތުވި ހަފުތާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު އޭގެކުރީ ހަފުތާ އާ އަޅާބަލާއިރު ވަނީ 9.1 އިންސައްތަ އިތުރުވެފައެވެ. ބަލި ޖެހިގެން މަރުވި މީހުންގެ އަދަދުވެސް ވަނީ ހަމަ އެމިންވަރަށް މަތިވެފައެވެ.

ބްރިޓެން އޮފިސް ފޮރ ނޭޝަނަލް ސްޓެޓިސްޓިކްސް އިން އަންދާޒާކޮށްފައިވާ ގޮތުގައި ފާއިތުވި ހަފުތާގައި އިނގިރޭސިވިލާތުގައި ކޮންމެ 70 މީހަކުން އެކަކަށް ވަނީ ކޮވިޑް ޖެހިފައެވެ. އޭގެކުރީ ހަފުތާގައި އެއަދަދު ހުރީ ކޮންމެ 80 މީހަކުން އެކަކެވެ.

މީގެކުރިން އައި ސަރޖުތަކުގައި މީހުން މަރުވެފައިވާ ނިސްބަތަށް ބަލާއިރު މިފަހަރު މަރުވާ މީހުންގެ އަދަދު ވަނީ މަދުވެފައެވެ. އޭގެ ސަބަބަކީ ގިނަ އަދަދެއްގެ ބަޔަކަށް ވެކްސިން ދީފައިވުމެވެ. އުމުރުން 16 އަހަރުން މަތީގެ 78 އިންސައްތަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ.

އެގައުމުގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ހުރީ 132،243ގައެވެ. ޖުލައި 19ގެ ފަހުން އިނގިރޭސިވިލާތުގައި ކޮވިޑް ފެތުރުން ކޮންޓްރޯލްކުރުމަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއްހެން ވަނީ އުވާލައި ލުއިތައް ދީފައެވެ.

ކޮވިޑް-19އިނގިރޭސިވިލާތް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
16 ނޮވެމްބަރު 2025

އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި

16 ނޮވެމްބަރު 2025
އިނގިރޭސިވިލާތުން ދާއިމީ ހިމާޔަތް ހޯދަން ބޭނުންވާ ފަރާތްތަކަށް ދިގުު އިންތިޒާރެއް ކުރަން ޖެހޭ ގޮތް ހަދައިފި
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
20 ސެޕްޓެމްބަރު 2024

ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ

20 ސެޕްޓެމްބަރު 2024
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް