Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮޕް26 ބައްދަލުވުން

ކޮޕް26ން ނެރޭ ނަތީޖާ ވާނީ އިންސާނުންގެ ދިރިތިބުމާއި ގުޅިފައިވާ ނަތީޖާއަކަށް: ޝާހިދު

27 އޯގަސްޓު 2021 | ހުކުރު 09:59

އަންނަ ނޮވެމްބަރު މަހު މޫސުމީ ބަދަލުތަކާ ބެހޭ ބައިނަލްއަގުވާމީ ބައްދަލުވުން އޮންނާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 27 އޯގަސްޓު 2021 | ހުކުރު 09:59
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ކޮޕް26ން ރަނގަޅު ނަތީޖާއެއް ނެރުމަކީ އިންސާނުންގެ ދިރިތިބުމާ ގުޅިފައިވާ ކަމެއް ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިފަދައިން ވިދާޅުވީ އދ. ގެ އާންމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން ޖަޕާނުގެ ނިކެއި ނޫހަށް ދެއްވި އިންޓަރވިއުއެއްގައެވެ. މި އިންޓަރވިއުގައި ޝާހިދު ވިދާޅުވީ އަންނަ ނޮވެމްބަރު މަހު އޮންނަ މޫސުމީ ބަދަލުތަކާ ބެހޭ ބައިނަލްއަގުވާމީ ބައްދަލުވުން، ކޮޕް26ން ރަނގަޅު ނަތީޖާއެއް ހޯދުމަކީ އިންސާނުންގެ ދިރިތިބުމާއި ގުޅިފައިވާ ކަމެއް ކަމަށެވެ.

ވަކިން ޚާއްސަކޮށް ރާއްޖެ ފަދަ ކުޑަ ގައުމަކަށް މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުން ބޮޑުކަމަށާއި، މިހާރުވެސް މިކަމުގެ ސަބަބުން އެކި ކަންކަމާ ކުރިމަތިލާންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން މި ކޮންފަރެންސުން ނިންމާ ނިންމުންތަކަކީ ބައެއްގެ ފުރާނައާއި ގުޅިފައިވާ ނިންމުންތަކަކަށް ވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ކޮޕް26 ބައްދަލުވުން އޮންނާނީ އަންނަ އޮކްޓޯބަރު މަހު އިނގިރޭސިވިލާތުގެ ގްލެސްގޯގައެވެ.

މިމަހުގެ 18 ވަނަ ދުވަހު މިނިސްޓަރ ޝާހިދު ވަނީ ކޮޕް26 ގެ ރިޔާސަތު ބަލަހައްޓަވާ އަލޮކް ޝަރްމާއާ ބައްދަލުކުރައްވާފައެވެ. އަލޮކް ޝަރުމާއާއެކު މިނިސްޓަރ ޝާހިދު، ލަންޑަންގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި އދ.ގެ އާއްމު މަޖިލީހުގެ 76 ވަނަ ދައުރުގައި ރިޔާސަތުން އިސްކަން ދެއްވާނެ ކަންތައްތަކާ ގުޅޭ ގޮތުންނާއި، ކޮޕް26 އަށް ތައްޔާރުވުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ވަނީ އަލޮކް ޝަރްމާއަށް އަރުވާފައެވެ.

މޫސުމީ ބަދަލުތަކާއި ދުނިޔެއަށް ބޭނުންވާ މުހިއްމު ކަންތައްތަކަކީ މިނިސްޓަރު ޝާހިދު އދ.ގެ އާއްމު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވާއިރު އިސްކަން ދެއްވާނެ ކަންތައްތަކެވެ.

ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދުކޮޕް26

އިތުރަށް ކިޔާލަން

25 އޮކްޓޯބަރު 2024

ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު

25 އޮކްޓޯބަރު 2024
ކޮންމެ ޤައުމަކީވެސް ބައިނަލްއަގްވާމީ ސުލްހައާއި ހަމަޖެހުމާއި ކުރިއެރުމަށް މަސައްކަތްކުރެވޭނެ ޤައުމެއް - ޝާހިދު
11 ނޮވެމްބަރު 2023

ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޢުދުވާންތައް ހުއްޓުވުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ރައީސްގެ ހާއްސަ މަންދޫބު ޢަރަބް އިސްލާމިކް އެކްސްޓްރާ-އޯޑިނަރީ ސަމިޓުގައި ގޮވާލައްވައިފި

23 ޖޫން 2023

މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

23 ޖޫން 2023
މިނިސްޓަރު ޝާހިދު އެމެރިކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
04 ޖޫން 2023

"ދިވެހި ރައްޔިތުން ގުނބޯ ނުހެއްދޭނެ"

04 ޖޫން 2023
"ދިވެހި ރައްޔިތުން ގުނބޯ ނުހެއްދޭނެ"
02 ޖޫން 2023

ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުން މަޢުލޫމާތުދީފި

02 ޖޫން 2023
ޚާރިޖީ ސިޔާސަތާއި ގުޅޭގޮތުން މަޢުލޫމާތުދީފި
07 އެޕްރީލު 2023

އދ ގެ ހިޔުމަން ރައިޓްސް ކައުންސިލުގެ ބައްދަލުވުން: ރާއްޖޭގެ ފަރާތުން 29 ބަޔާނެއް އިއްވާ، 19 ޤަރާރެއް ކޯ-ސްޕޮންސާ ކުރި

07 އެޕްރީލު 2023
އދ ގެ ހިޔުމަން ރައިޓްސް ކައުންސިލުގެ ބައްދަލުވުން: ރާއްޖޭގެ ފަރާތުން 29 ބަޔާނެއް އިއްވާ، 19 ޤަރާރެއް ކޯ-ސްޕޮންސާ ކުރި
27 މާރިޗު 2023

ކާރިސާތަކުން ރައްކާތެރިވުމަށް އދ.ގެ އެހީ ދިވެހިރާއްޖެއަށް

27 މާރިޗު 2023
ކާރިސާތަކުން ރައްކާތެރިވުމަށް އދ.ގެ އެހީ ދިވެހިރާއްޖެއަށް
16 މާރިޗު 2023

ކޮމަންވެލްތު ޤައުމުތަކުގެ މެދުގައި މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ޝާހިދު ގޮވާލައްވައިފި

16 މާރިޗު 2023
ކޮމަންވެލްތު ޤައުމުތަކުގެ މެދުގައި މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ޝާހިދު ގޮވާލައްވައިފި
15 މާރިޗު 2023

ދިވެހިރާއްޖެއިން ގާނާއާ އެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

15 މާރިޗު 2023
ދިވެހިރާއްޖެއިން ގާނާއާ އެކު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި
14 މާރިޗު 2023

ކޮމަންވެލްތު ދުވަހުގެ ޙަރަކާތްތަކުގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވައިފި

14 މާރިޗު 2023
ކޮމަންވެލްތު ދުވަހުގެ ޙަރަކާތްތަކުގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް