Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކާބުލް އެއަރޕޯޓުގައި ދިން ޓެރަރިސްޓު ހަމަލާ

އަފްޣާނިސްތާނުގެ ކާބުލް އެއަރޕޯޓުގައި ދިން ޓެރަރިސްޓު ހަމަލާ، މިނިސްޓަރ ޝާހިދު ކުށްވެރިކުރައްވައިފި

27 އޯގަސްޓު 2021 | ހުކުރު 02:29

މިނިސްޓަރު ވަނީ އާންމު ރައްޔިތުންނަށް އަނިޔާވެ ފުރާނަ ގެއްލިގެން ދިޔަ ނުރައްކާތެރި ޓެރަރިސްޓު ހަމަލާ ކުއްވެރުކުރައްވާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 27 އޯގަސްޓު 2021 | ހުކުރު 02:29
ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

އަފްޣާނިސްތާނުގެ ކާބުލް އެއަރޕޯޓުގެ ބޭރުގައި ދިން ޓެރަރިސްޓު ހަމަލާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ އިންތިޚާބީ ރައީސް އަބްދުﷲ ޝާހިދު ކުށްވެރިކުރައްވައިފިއެވެ.

މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގިނަ އަދަދެއްގެ އާންމު ރައްޔިތުންނަށް އަނިޔާވެ ފުރާނަ ގެއްލިގެން ދިޔަ ނުރައްކާތެރި ޓެރަރިސްޓު ހަމަލާ ކުއްވެރިކުރައްވާ ކަމަށާއި މިހަމާލާގައި އަނިޔާ ލިބުނު އަދި ފުރާނަ ގެއްލުނު ފަރާތްތަކުގެ އާއިލާތަކަށް ހެޔޮ ދުއާކުރައްވާކަމަށެވެ. އަދި ޓެރަރިޒަމާ ދެކޮޅަށް މުޅި ދުނިޔެ ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށާއި، އަފްޣާނިސްތާނުގެ ރައްޔިތުންނާއެކު އެރައްޔިތުންގެ ރައްކާތެރިކަމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ.

އަފްޣާނިސްތާނުން ފައިބަން ބޭނުންވާ މީހުން ބޭލުމުގެ މަސައްކަތް ކާބުލް އެއަރޕޯޓުގައި ހިނގަމުންދަނިކޮށް ކާބުލް އެއަރޕޯޓު ބޭރުގައި ބާރުގަދަ ގޮވުންތަކެއް ގޮވާފައިވާއިރު، މި ހާދިސާގައި އާންމުންގެ އިތުރުން އެމެރިކާގެ 13 ސިފައިން މަރުވެފައިވާ ކަމަށް މިހާތަނަށް ކޮށްފައިވާ ރިޕޯޓުތަކުން ދައްކައެވެ.

އެމެރިކާގެ އޮފިޝަލުންނާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާތަކުގެ ފަހަތުގައި ވަނީ ކޮން ބައެއްތޯ ބެލުމުގެ ތަހުގީގުދަނީ ކުރިޔަށެވެ. އަދި މިކަމުގެ ފަހަތުގައިވާ ބަޔަކީ އައިއެސްގެ ޚުރާސަން ގްރޫޕްކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވޭކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

އައިއެސްގެ ޚުރާސަން ޖަމާއަތަކީ އެމެރިކާ އާއި ޠާލިބާނުންނާ ވެސް ދެކޮޅު ޖަމާއަތެކެވެ. މި ޖަމާއަތް އަފްޣާނިސްތާނުގައި އުފެދިފައިވަނީ 2015 ވަނަ އަހަރުއެވެ. މިއީ ޠާލިބާން ޖަމާއަތުގެ ތެރެއިން އެޖަމާއަތާ ހިތްހަމަ ނުޖެހިފައިތިބި ހަނގުރާމަވެރިން ބޭނުންކޮށްގެން އައިއެސްއިން އެސަރަހައްދުގައި އުފައްދާފައިވާ ޖަމާއަތެކެވެ.

އަފްޣާނިސްތާނުގެ ކޮންޓްރޯލް ޠާލިބާނުން ނެގުމާއެކު އަފްޣާނިސްތާނުން ފައިބަން ބޭނުންވާ އެތައް ހާސް ބަޔަކު އަންނަނީ ކާބުލް އެއަރޕޯޓަށް ޖަމާވަމުންނެވެ. އެގޮތުން ފާއިތުވި 10 ވަރަކަށް ދުވަހު ވެސް ކާބުލް އެއަރޕޯޓް ހުންނަ ސަރަހައްދު ވަނީ މީހުން ގިނަވެ ތޮއްޖެހިފައެވެ. އަފްޣާނިސްތާނުގައި ތިބި ބޭރު ގައުމުތަކުގެ ފައުޖުތަކާއި ބޭރު ގައުމުތަކުގެ މީހުންގެ އިތުރުން އަފްޣާން ރައްޔިތުންގެ ތެރެއިން ގައުމު ދޫކޮށްދާން ބޭނުންވާ މީހުން ގައުމުން ބޭލުމުގެ ކަންކަން އަންނަނީ ކުރަމުންނެވެ.

އެގޮތުން އެމެރިކާގެ އަސްކަރީ ފްލައިޓެއް ކޮންމެ 39 މިނެޓަކުން ކާބުލް އެއަރޕޯޓުން މީހުން ގޮވައިގެން ފުރާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. މިހާތަނަށް އައިއިރު 88،000ށް ވުރެ ގިނަ މީހުން އަފްޣާނިސްތާނުން ބޭލިފައިވާކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ.

ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދް / ޓްވިޓާއަފްޣާނިސްތާން

އިތުރަށް ކިޔާލަން

03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
01 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ

01 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގައި ވަރުގަދަ ބިން ހެލުމެއްގައި 600 ށް ވުރެ ގިނަ މީހުން މަރުވެއްޖެ
04 ޖުލައި 2025

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ

04 ޖުލައި 2025
އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރު ބަލައިގަތް ފުރަތަމަ ގައުމަކަށް ރަޝިޔާ
12 ޑިސެމްބަރު 2024

މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި

12 ޑިސެމްބަރު 2024
މިނިސްޓްރީގެ ދޮރުމަތިން ބޮމެއް ގޮއްވާލާ ޠާލިބާނުގެ މިނިސްޓަރެއް އަވަހާރަކޮށްލައިފި
26 ޑިސެމްބަރު 2023

ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި

26 ޑިސެމްބަރު 2023
ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ބަޔަކު އެކުގައި ކައިވެނި ހަފްލާ ބާއްބައިފި
04 ނޮވެމްބަރު 2023

އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!

04 ނޮވެމްބަރު 2023
އަފްޣާން ރެފިއުޖީންގެ ގެތަށް، ބުލްޑޯޒަރުތަކުން ބިމާ ހަމަ ކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް