Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގެ ހާލަތު

ކާބުލް އެއަރޕޯޓުގެ ބޭރުގައި ގޮވުންތަކެއް ގޮވާ މަދުވެގެން 13 މީހުން މަރުވެއްޖެ

26 އޯގަސްޓު 2021 | ބުރާސްފަތި 15:54

މަދުވެގެން 60 މީހުން ވަނީ ޒަޚަމްކޮށްލާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 އޯގަސްޓު 2021 | ބުރާސްފަތި 15:54
ކާބުލް އެއަރޕޯޓް ބޭރުގައި ގޮވުންތަކެއް ގޮވާ ދުން އަރަމުންދަނީ

ކާބުލް އެއަރޕޯޓް ބޭރުގައި ގޮވުންތަކެއް ގޮވާ ދުން އަރަމުންދަނީ

އަފްޣާނިސްތާނުން ފައިބަން ބޭނުންވާ މީހުން ބޭލުމުގެ މަސައްކަތް ކާބުލް އެއަރޕޯޓުގައި ހިނގަމުންދަނިކޮށް ކާބުލް އެއަރޕޯޓު ބޭރުގައި ބާރުގަދަ ގޮވުންތަކެއް ގޮވާ 13 މީހުން މަރުވެއްޖެއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕެންޓަގަން އިން ވަނީ ގޮވުންތަކެއް ގޮވިކަން ކަށަވަރުކޮށްދީފައެވެ. އެގޮތުން ދެ ގޮވުމެއް ގޮވާފައިވާކަމަށް ޕެންޓަގަންއިން ވަނީ ބުނެފައެވެ. މީގެތެރެއިން އެއް ގޮއްވުމަކީ ޖާނުން ފިދާއުވުމުގެ ހަމަލާއަކަށް ވެދާނެކަމަށްވެސް ވަނީ ބުނެފައެވެ. މިގޮވުމުގެ ސަބަބުން އެމެރިކާ ސިފައިންގެ މަދުވެގެން ތިން މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

މިގޮވުންތަކުގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްތަކަށް ދަނީ ގެންދަމުންނެވެ. ހޮސްޕިޓަލްތަކާއި ހަވާލާދީ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން މިގޮވުންތަކުގެ ސަބަބުން ޒަޚަމްވެގެން މަދުވެގެން 60 މީހުން ހޮސްޕިޓަލްތަކަށް ވަނީ ގެނެސްފައެވެ.

ތާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު އައުމަށްފަހު ފާއިތުވެގެންދިޔަ ދުވަސްތަކުގައި އެމެރިކާ އާ އެމެރިކާ އާ ގުޅިފައިވާ ގައުމުތަކުން އަންނަނީ އަފްޣާނިސްތާނުން މީހުން ބޭލުމުގެ މަސައްކަތްކުރަމުންނެވެ. އޭގެތެރޭގައި އެގައުމުތަކުގެ ރައްޔިތުންގެ އިތުރުން އަފްޣާނިސްތާން ދޫކޮށްދާން ބޭނުންވާ އަފްޣާނިސްތާނުގެ ރައްޔިތުންވެސް ހިމެނެއެވެ.

އެމަސައްކަތް ކުރިޔަށްދާއިރު ތާލިބާނުން ހަމަލާތަކެއް ދީފާނެކަމުގެ އިންޒާރު ހުޅަނގުގެ ގައުމުތަކުން އައީ ދެމުންނެވެ. މިހާތަނަށް އައިއިރު 88،000ށް ވުރެ ގިނަ މީހުން އަފްޣާނިސްތާނުން ބޭލިފައިވާކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. ކޮންމެ 39 މިނެޓަކުން އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓެއް ގެންދަނީ ކާބުލް އެއަރޕޯޓުން ފުރަމުންނެވެ.

ކާބުލް އެއަރޕޯޓު ވަށައިގެންވާ ސަރަހައްދުތަކުގެ ސެކިޔުރިޓީ ކަންކަން ބަލަހައްޓަމުން ގެންދަނީ ތާލިބާންގެ ހަނގުރާމަވެރިންނެވެ. ކާބުލްގައި ހުރި އަލްޖަޒީރާގެ ރިޕޯޓަރާއި ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓްކިށްފައިވާ ގޮތުގައި އެމެރިކާ ޕާސްޕޯޓު ގެންގުޅޭ 1500 މީހުން ކާބުލްގައި އަދި ނުފޭބި އެބަތިބިކަމަށެވެ.

އެމެރިކާ އާއި ތާލިބާނުންނާ ދެމެދު މީހުން ބޭލުމުގައި ވަނީ އެއްބަސްވުމެއް ހަދާފައެވެ. މިއެއްބަސްވުމުގެ ދަށުން ތާލިބާނުން ބުނެފައިވަނީ ޕާސްޕޯޓު ނުވަތަ ގްރީން ކާޑު ނުވަތަ އެނޫންވެސް ވެރިފައިޑް ޑޮކިޔުމެންޓެއް ނެތް މީހުންނަށް ގައުމުދޫކޮށް ނުދެވޭނެކަން ކަށަވަރުކުރާނެ ކަމަށެވެ. ނަމަވެސް ވެރިފައިޑް ޑޮކިޔުމަންޓަކީ ކޮބައިތޯ ބެލުމުގައި އޮޅުންތަކެއް އަރާފައިވާ ކަމަށް އަލްޖަޒީރާ ރިޕޯޓަރ ވަނީ ބުނެފައެވެ.

މީގެއިތުރުން ކަންދަހާރުގެ އެއަރޕޯޓު ވަނީ އަލުން ހުޅުވާލާފައިކަމަށްވެސް އަލްޖަޒީރާގައި ވަނީ ރިޕޯޓްކޮށްފައެވެ. އެހެންކަމުން ކާބުލް އެއަރޕޯޓް ބަންދުކުރިނަމަވެސް ބައިނަލްއަގްވާމީ ފްލައިޓްތައް އުދުހުމުގެ ފުރުސަތު މިއާއެކު ފަހިވެގެންގޮސްފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

އަފްޣާނިސްތާންތާލިބާން

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި

06 ޑިސެމްބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނުން އަނެއްކާ ވެސް ހަމަލާތައް ބަދަލު ކޮށްފި
25 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް

25 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބޮން އަޅައިފި، ތާލިބާން ސަރުކާރުން ބުނަނީ ހަމަލާ ދިނީ ޕާކިސްތާނުން ކަމަށް
24 ނޮވެމްބަރު 2025

ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި

24 ނޮވެމްބަރު 2025
ބަޑި ހިފައިގެން ތިބި ބަޔަކު ޕާކިސްތާނުގެ އަސްކަރީ މަރުކަޒަށް ހަމަލާދީ، ތިން މީހުން މަރާލައި، މަދުވެގެން ފަސް މީހުން ޒަހަމް ކޮށްލައިފި
08 ނޮވެމްބަރު 2025

އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ

08 ނޮވެމްބަރު 2025
އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް އަނެއްކާ ވެސް ފެއިލް ވެއްޖެ
03 ނޮވެމްބަރު 2025

އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ

03 ނޮވެމްބަރު 2025
އަފްޣާނިސްތާނަށް ބާރުގަދަ ބިންހެލުމެއް، މަދުވެގެން 20 މީހުން މަރުވެއްޖެ
29 އޮކްޓޯބަރު 2025

ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ

29 އޮކްޓޯބަރު 2025
ޕާކިސްތާން އާއި އަފްޣާނިސްތާންގެ ސުލްޙައިގެ މަޝްވަރާތައް ފެއިލްވެއްޖެ
27 އޮކްޓޯބަރު 2025

އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

27 އޮކްޓޯބަރު 2025
އަފްޣާނިސްތާން އާއި ޕާކިސްތާންގެ ހަމަނުޖެހުން ވަރަށް އަވަހަށް ޙައްލު ކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
19 އޮކްޓޯބަރު 2025

ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި

19 އޮކްޓޯބަރު 2025
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ސުލްޙަ ޤާއިމު ކުރުމުގެ މަޝްވަރާތައް ދޯހާގައި ފަށައިފި
12 އޮކްޓޯބަރު 2025

އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ

12 އޮކްޓޯބަރު 2025
އަފްޣާން-ޕާކިސްތާނު ބޯޑަރު ގައި ދެ ގައުމުން ވަރުގަދަ ހަމަލާތަކެއް ބަދަލު ކުރަނީ
21 ސެޕްޓެމްބަރު 2025

އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި

21 ސެޕްޓެމްބަރު 2025
އަފްޣާނިސްތާނުގެ ބަގްރާމް އެއަރބޭސް އަނބުރާ އެމެރިކާ އަށް ނުދީފިނަމަ އެ ގައުމަށް ވަރަށް ނުބައި ކަންތައްތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ޓްރަމްޕް އިންޒާރުދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް