Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ކަޕް

ބެންގަލޫރު އަތުންވެސް މާޒިޔާއަށް ނާކާމިޔާބު

މުބާރާތުގައި ކުޅުނު ތިން މެޗުންވެސް މާޒިޔާ ވަނީ ބަލިވެފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 24 އޯގަސްޓު 2021 | އަންގާރަ 18:13
މާޒިޔާ އާއި ބެންގަލޫރު ބައްދަލުކުރި މެޗުގެ ތެރެއިން

މާޒިޔާ އާއި ބެންގަލޫރު ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާއަށް ޚާއްސަ ގްރޫޕުގައި ކުޅުނު ފަހު މެޗުން އިންޑިއާގެ ބެންގަލޫރު އެފްސީން ފަސޭހަކަމާއެކު ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށްފިއެވެ.

އަންގާރަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ބެންގަލޫރު މޮޅުވީ 6-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުން މާޒިޔާ ބަލިވިއިރު، މުބާރާތުގައި ކުޅުނު ތިން މެޗުންވެސް އެ ޓީމު ވަނީ ބަލިވެފައެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި މާޒިޔާއިން ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަތުން 2-0 ގެ ނަތީޖާއަކުން ބަލިވިއިރު، ދެވަނަ މެޗުން އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަތުން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުގެ ވަރަށް ކުރީކޮޅު ބެންގަލޫރުން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަވަނަ މިނެޓުގައި ގޯލުއި ސަރްތާކް ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އުދަންތާ ސިންގް ކުމާރެވެ. މި ލަނޑާއެކު މާޒިޔާއިން އެ ޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 10 ވަނަ މިނެޓުގައި މާޒިޔާގެ ހަމްޒާ މުޙައްމަދު (ހަމްޕު) ވަނީ އޭރިއާ ބޭރުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އަދި އޭގެ ތިން މިނެޓު ފަހުން ބެންގަލޫރު ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު މާޒިޔާގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ފޮނުވާލި ހަމަލާ ބެންގަލޫރުގެ ގޯލްކީޕަރު ގުރްޕްރީތު ސިންގް ސަންދޫރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

އެކަމަކު މެޗުގެ 20 ވަނަ މިނެޓުގައި ބެންގަލޫރުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މާޒިޔާގެ ގޯލްކީޕަރު ހުސައިން ޝަރީފަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްލެއިޓަން އޮގަސްޓޯއެވެ. އަދި މެޗުގައި ބެންގަލޫރުން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލިއޯން އޮގަސްޓައިންއެވެ.

މެޗުގެ ދެވަނަ ހާފުގައި މާޒިޔާއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް މެޗުގެ ކޮންޓްރޯލް ނެގިއިރު، މި ހާފުގައި މާޒިޔާގެ ހަމްޕު އާއި ސްޓެވާޓަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. މި މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 68 ވަނަ މިނެޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހަމްޕުއެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ބެންގަލޫރުން ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ސިވާ ސަކްތި ނާރާޔަންއެވެ.

ނަމަވެސް މެޗުގެ 82 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ އިތުރު ލަނޑެއް ޖަހައި ފަރަގުކުޑަކޮށްފައެވެ. ހަމްޕުގެ އެހީތެރިކަމާއެކު މި ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އިތުބާރު ފޯވާޑް އަސަދުﷲ އަބްދުﷲ އެވެ. އެކަމަކު އޭގެ މިނެޓެއް ފަހުން ބިދްޔަޝާގަރު ސިންގް ބެންގަލޫރަށް ލީޑު ފުޅާކޮށްދިންއިރު، މެޗުގެ އިތުރު ވަގުތުގައި އޭނާ ވަނީ އެ ޓީމުގެ ހަވަނަ ލަނޑުވެސް ކާމިޔާބުކޮށްދީފައެވެ.

މި ނަތީޖާއާއެކު މާޒިޔާއިން މި ފަހަރުގެ އޭއެފްސީ ކަޕް ނިންމާލީ ގްރޫޕުގެ ފުލުގައި އޮވެގެންނެވެ. އެގޮތުން ކުޅުނު ތިން މެޗުންވެސް އެ ޓީމަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ. އަދި ތިންވަނައިގައި އޮތް ބެންގަލޫރަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބުނުއިރު، މި ގްރޫޕުން އަނެއް ބުރަށް ދަތުރު ކޮށްފައިވަނީ އެއްވަނަ ހޯދި އިންޑިއާގެ އޭޓީކޭ މޯހާން ބަގާންއެވެ. އެ ޓީމަށް ހަތް ޕޮއިންޓް ލިބުނުއިރު، ދެވަނައަށް ދިޔައީ ފަސް ޕޮއިންޓް ހޯދި ބަޝުންދަރާއެވެ.

އޭއެފްސީ ކަޕްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންބެންގަލޫރު އެފްސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު