Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކެޕިޓަލް މާރކެޓް

ސަރުކާރު ހިއްސާވާ 30 ކުންފުނީގެ ތެރެއިން ލިސްޓްކޮށްފައި އޮތީ 10 ކުންފުނި: މުހައްމަދު ހުސައިން މަނިކު

ސީދާ ސަރުކާރުން އިސްނަގަންޖެހޭ ކަންކަން އެބަހުރި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 24 އޯގަސްޓު 2021 | އަންގާރަ 01:53
މުހައްމަދު ހުސައިން މަނިކު - ސީއީއޯ، ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ

މުހައްމަދު ހުސައިން މަނިކު - ސީއީއޯ، ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ

ސަރުކާރު ހިއްސާވާ 30 ކުންފުނި އޮތް އިރު، ލިސްޓްކޮށްފައި އޮތީ 10 ކުންފުނި ކަމަށް ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މަނިކު ވިދާޅުވީ، ހިއްސާގެ ވިޔަފާރި ކުރާތާ ދުވަސްތަކެއް ވެފައިވީނަމަވެސް އެކަމުގައި މާބޮޑު ކުރިއެރުންތަކެއް ލިބިފައި ނެތް ކަމަށެވެ. މިކަމުގައި ސީދާ ސަރުކާރުން އިސްނަގަންޖެހޭ ކަންކަން އެބަހުރި ކަން ފާހަގަކުރައްވަމުން މަނިކު ވިދާޅުވީ، ސަރުކާރު ހިއްސާވާ 30 ކުންފުނި އޮތް އިރު، ލިސްޓްކޮށްފައި އޮތީ 10 ކުންފުނި ކަމަށެވެ. ބައެއް ކުންފުނި ތަކަކީ، ސަރުކާރުގެ ހިއްސާ ހިފަހައްޓާފައި ހުރި ކުންފުނިތައް ކަމަށާއި، އޭގެ ބައެއް ހިއްސާ މާރކެޓަށް ނެރެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ސަރުކާރުން އެހާ ބޮޑު ހިއްސާއެއް ނުހިފަހައްޓާ ކެޕިޓަލް މާރކެޓަށް އޭގެ ބައެއް ވިއްކާލާން ޖެހޭ ކަމަށް ވިދާޅުވިއެވެ. ރައްޔިތުންނަށް ހަމަހަމަކަން ގެނެސްދެވޭނީ، ކެޕިޓަލް މާރކެޓަށް ފުރުސަތު ދީގެން ކަމަށާއި، ސަސްޓެއިނަބަލް ޑިވެލޮޕްމެންޓް ގޯލްތައް ވެސް ހާސިލް ކުރެވޭނީ، އެ ފުރުސަތު ދީގެން ކަމަށް ވިދާޅުވިއެވެ.

ލިސްޓެޑް ކުންފުންޏަކަށް ވުމުން ދެފުށް ފެންނަ ގޮތަކަށް ކަންކަން ހިނގާނެ ކަމަށާއި، ހިއްސާދާރުންގެ ކަނބޮޑުވުންތައް ފައުޅުކުރުމުގެ ފުރުސަތު ފަހިވެ، ހައްގު ހޯދޭނެ ކަމަށް ވިދާޅުވިއެވެ. ހިއްސާގެ ބާޒާރުގައި މެދުފަންތީގެ ކުންފުނިތަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށާއި،  ކުންފުނިތަކުން ހިއްސާގެ ބާޒާރަށް އަހުލުވެރި ނުވުމުގެ ސަބަބުން ގޮންޖެހުންތައް އެބަހުރި ކަމަށް ވިދާޅުވިއެވެ.

މަނިކު ވިދާޅުވީ، އުންމީދަކީ، ދެއަހަރެއްހާ ދުވަހުގެ ތެރޭގައި، ހިއްސާގެ ބާޒާރަށް ބޮޑު ބަދަލެއް ލިބެގެން ދިޔުން ކަމަށާއި، އެކަމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. ޒަމާނީ ޓެކްނޮލޮޖީތަކާއެކު އެކަމަށް މަސައްކަތް ފަށައިގަތުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓް އޮތޮރިޓީގެ ޑެޕިއުޓީ މެނޭޖަރ އަނިލް އާދަމް ވިދާޅުވީ، ރާއްޖޭގެ އުމްރާނީ ތަރައްގީއާއި، އެހެނިހެން ކަންކަމަށް ޚަރަދުކުރުމުގައި ހިއްސާގެ ބާޒާރު އިތުރަށް ތަރައްގީކުރުމުން އާއްމު ރައްޔިތުންނަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށެވެ.  

ފޮރިން އިންވެސްޓަރުންނަށް ރާއްޖޭގެ ހިއްސާގެ ބާޒާރަށް ވަންނަން ދޮރުތަކެއް ހުޅުވެންޖެހޭ ކަމަށާއި، ހިއްސާގެ ބާޒާރަކީ އިޖްތިމާއީ މައްސަލަތަކަށް އޮތް ހައްލެއް ކަމަށް ވެސް އަނިލް ވިދާޅުވިއެވެ.  

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު