Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފޭކް ބުކިންގ

ފޭކު ބްކިން ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަނީ

20 އޯގަސްޓު 2021 | ހުކުރު 06:55

ރާއްޖެއަށް އަންނަނީ، ފަތުރުވެރިންގެ ގޮތުގައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 20 އޯގަސްޓު 2021 | ހުކުރު 06:55
އިމިގްރޭޝަން ކައުންޓަރުން މީހަކު ޚިދުމަތް ލިބިގަންނަނީ

އިމިގްރޭޝަން ކައުންޓަރުން މީހަކު ޚިދުމަތް ލިބިގަންނަނީ

ފޭކު ބުކިންގ ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ފަށާފައިވާކަމަށް އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވިދާޅުވެއްޖެއެވެ.

ހަނަފީ ވީދާޅުވީ، މިކަން ހުއްޓުވުމަށް އިމިގްރޭޝަންގެ ސިސްޓަމްތަކަށް ބަދަލު ގެންނަން ނިންމާފައިވާ ކަމަށާއި، މިކަމުގައި ފުލުހުންނާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިހާރުވެސް ބޯޑަރ ކޮންޓްރޯލުން ވަރަށް ބޮޑަށް ފިލްޓަރ ކުރަމުން އަންނަކަން ފާހަގަކުރައްވަމުން ހަނަފީ ވިދާޅުވީ، އަލަށް ތަންފީޒުކުރާ ކަންކަމާއެކީ މިކަމުގައި ހައްލެއް ފެނިގެންދާނެ ކަަމަށެވެ.

Advertisement - newsAdvertisement

މިކަމުގައި މަދު ބަޔަކު ޝާމިލްވި ނަމަވެސް، މިއީ މުޅި އިންޑަސްޓްރީއަށް ލިބޭ ހުތުރު ނަމެއްގެ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން މަދުން ނަމަވެސް މިކަން ކުރަމުން އަންނަ މީހުން ހޯދައި، ގާނޫނުގެ ކުރިމައްޗަށް ގެނައުމުގެ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދާކަަމަށް ވިދާޅުވިއެވެ. އެއީ ކޮންމެ ގައުމެއްގެ ބައެއް ކަމަށްވިޔަސް އެމީހުން ރާއްޖެއަށް އަންނަނީ، ފަތުރުވެރިންގެ ގޮތުގައި ކަމަށް ހަނަފީ ވިދާޅުވިއެވެ. ރައީސް ޞާލިޙް ވެސް ވިދާޅުވެފައިވާ ފަދައިން ފަތުރުވެރިކަން ރަނގަޅުވެ އިޤްތިޞާދު ރަނގަޅުވަމުން އަންނަ ދަނޑިވަޅެއްގައި، މަދު ބަޔަކު ކުރާ މިފަދަ ނޭދެވޭ ކަމެއްގެ ސަބަބުން މުޅި އިންޑަސްޓްރީއަށް ހުތުރު ނަމެއް ލިބުމުގެ ފުރުސަތު ނުދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ފަތުރުވެރިން ރާއްޖެއަށް އެތެރެވުމުގެ ކުރިން ތިބޭނެ ތަނެއް އިމިގްރޭޝަނަށް، ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހެއެވެ. އެގޮތަށް ހުށަހަޅާއިރު، އެއްތަނަކަށް މާގިނަ ބުކިންގ ހައްދާފައި ހުންނަ ތަންތަން ބަލައި ޗެކްކުރަން ފަށާފައިވާ ކަމަށް ހަނަފީ ވިދާޅުވިއެވެ.

ފޭކް ބުކިންގައި ރާއްޖެއަށް އެތެރެވުމަށް މަސައްކަތްކުރި 183 މީހަކު އޮގަސްޓް 16 ވަނަ ދުވަހު ޗާޓަރ ޕްލައިޓެއްގައި ވަނީ ފޮނުވާލާފައެވެ. މިމަހުގެ ތެރޭގައި ފޭކް ބުކިންގގައި ރާއްޖެ އައިސް މަގުމަތިވި 27 މީހަކު މިހާރު ވެސް ޔޫތް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ފުޓްބޯޅަ ސްކޫލެއްގައި އެބަތިބި ކަމަށާއި، އެމީހުން ރާއްޖެ އައި މުއްދަތު ހަމަވުމުން ފުރާނެ ކަމަށް ވިދާޅުވިއެވެ. އެމީހުން ތިބޭތަން ފިޔަވައި އެހެން ހުރިހާ ޚަރަދެއް ކުރަނީ އެމީހުން އަމިއްލައަށް ކަަމަށް ވިދާޅުވިއެވެ. މި މައްސަލައިގައި މިހާރު ބިދޭސީއަކު ހައްޔަރުކޮށް އޭނާގެ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

މިގޮތަށް ފޭކް ބުކިންގގައި ރާއްޖެ އަންނަ ގިނަ މީހުންގެ ތެރޭގައި ގިނައީ އިންޑިއާ މީހުންނެވެ. މި މީހުން ގިނައިން އަންނަނީ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު އެހެން ގައުމަކަށް ދަތުރުކުރުމުގެ ބޭނުމުގައެވެ. މި މަހުގެ 18 ވަނަ ދުވަހު ރާއްޖެ އައިސް ހުޅުމާލެއަށް އައި ބަޔަކާ ވާހަކަ ދައްކާލުމުން އެމީހުން ބުނީ ރާއްޖެއަށް އައީ ދުބާއީއަށް ދިޔުމަށް ކަރަންޓީން މުއްދަތު ފުރިހަމަކުރުމަށް ކަމަށެވެ. ރާއްޖޭގައި އެ މީހުން ބުކިންގ ހައްދާފައި އޮތީ، ސަފާރީ އަކަށެވެ.

މި މީހުން ބުނީ، 14 ދުވަހަށް ފުލް ބޯރޑް ބުކިންއަކަށް ބޮލަކަށް 200،000 ރުޕީސް ދިން ކަމަށެވެ. އެއީ ގާތްގަނޑަކަށް 41،600 ދިވެހި ރުފިޔާއެވެ.

ކޮވިޑާ ދެކޮޅަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އަޅާފައިވާ ފިޔަވަޅުތަކާ ހިލާފަށް މީހުން ދިރިއުޅޭ ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެންނަ މައްސަލަ ބޮޑުވެ، އެކަން ހުއްޓުވަން އިންސްޕެކްޝަނެއް ވެސް މިހާރު ވަނީ ފަށާފައެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި

01 ފެބުރުއަރީ 2017
އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށްދިން މުއްދަތު އިތުރުކޮށްފި
31 ޖެނުއަރީ 2017

ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ

31 ޖެނުއަރީ 2017
ބްލީޗް ބުއި ކުއްޖާ އިތުރު ޓެސްޓް ހެދުމަށް މާލެ ގެންނަނީ
30 ޖެނުއަރީ 2017

ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި

30 ޖެނުއަރީ 2017
ސީން އޮފް ކްރައިމް އޮފިސަރުންގެ ޢިލްމާއި ހުނަރު އިތުރު ކުރުމަށް ޕްރޮގްރާމެއް ފަށައިފި
28 ޖެނުއަރީ 2017

މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް

28 ޖެނުއަރީ 2017
މާލެ ސިޓީ ކައުންސިލް މެމްބަރު ޒައިދުގެ ބަންދަށް އިތުރު 15 ދުވަސް
25 ޖެނުއަރީ 2017

އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ

25 ޖެނުއަރީ 2017
އަލިފާނުގެ ޙާދިސާތަކުން ލިބިދާނެ ގެއްލުން ކުޑަކުރުމަށް އުޅަނދުތަކުގެ ރައްކާތެރިކަން އިތުރުކުރާނަން: ޑިފެންސް މިނިސްޓަރ
24 ޖެނުއަރީ 2017

ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ

24 ޖެނުއަރީ 2017
ޑެންގީ ހުން އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ: އެޗްޕީއޭ
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް