Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެތިލަފުށިން ދުން އެރުން ހުއްޓުވަނީ

ތިލަފުށީ ގޮނޑުން ދުންއެރުން އޮކްޓޯބަރު މަހުގެ ނިޔަލަށް ހައްލުކުރަނީ

20 އޯގަސްޓު 2021 | ހުކުރު 05:47

ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ޤާއިމުކުރާއިރު ދުން ވީހާވެސް މަދުން އަރާގޮތަކަަށް މަސައްކަތް ކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 20 އޯގަސްޓު 2021 | ހުކުރު 05:47
ތިލަފުށީގެ ކުނިގޮނޑު - ދުން އެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަނީ

ތިލަފުށީގެ ކުނިގޮނޑު - ދުން އެރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަނީ

މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް، ތިލަފުށީ ގޮނޑުން ދުންއެރުން ހުއްޓުމަކަށް ގެނެވޭނެ ކަމުގައި އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވައި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅުގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީން ފަށާފައިވާ ކަމަށެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާ ގުޅިގެން ފަށާފައިވާ މި މަސައްކަތުގެ ދަށުން މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް، ދުންއެރުން ހުއްޓުމަކަށް ގެނެވޭނެ ކަމަށް ބެލެވޭކަމުގައި ވެސް މިނިސްޓްރީން ބުނެއެވެ. އަދި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ޤާއިމުކުރާއިރު މިނިސްޓްރީން ބަލަމުންގެންދަނީ އެތަނުން އަރާ ދުން ވީހާވެސް މަދުކޮށްގެން އެމަސައްކަތްކޮށް ނިންމާލުމަށް ކަމަށެވެ.

ނަމަވެސް މިގޮނޑަކީ އެތައް އަހަރެއް ވަންދެން ކުނިއަޅާ އަންދަމުންދާ ގޮނޑެއް ކަމުން މިތަނުގެ ހާލަތު ރަނގަޅުކުރަން ކުރާ މަސައްކަތުގައި ކޮންމެވެސްވަރަކަށް ކޮނެ ހަދަން ޖެހިދާނެތީ ބައެއް ދުވަސްދުވަހު އާދަޔާ ޚިލާފަށް ދުން އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިނިސްޓްރީން ބުނެއެވެ. މިކަމުގެ ސަބަބުން، ތިލަފުށި ހިމެނޭ ސަރަހައްދުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ވަގުތީގޮތުން އުނދަގުލެއްވެދާނެ ކަމަށްވިޔަސް މިއީ ދާއިމީގޮތުން ލިބޭނެ ބޮޑު ލުއިފަސޭހައަކަށްޓަކައި ކުރެވޭ މަސައްކަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯއާ ގުޅިގެން މަސައްކަތް ކުރަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ގޮނޑުން ދުންއެރުން ހުއްޓުވައި އަދި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ޤާއިމުކޮށް ނިންމާލުމަށް ކަމަށް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމްގެ އެހީގައި މިނިސްޓްރީން ވަނީ ފަށާފައެވެ. އަދި ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ އެހީއާއެކު ފެށުމަށް މިނސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.   

އިތުރަށް ކިޔާލަން

19 މެއި 2017

އައްޑޫގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ: ޑިފެންސް މިނިސްޓަރު

19 މެއި 2017
އައްޑޫގައި ގެއްލުންވި އާއިލާތަކަށް ރަމްޟާން މަހުގެ ކުރިން އާންމު ހާލަތަށް އާދެވޭނެ: ޑިފެންސް މިނިސްޓަރު
15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
14 މެއި 2017

ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން މަޚުލޫފްގެ އިސްތިއުނާފް މާދަމާ ފަށަނީ!

14 މެއި 2017
ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން މަޚުލޫފްގެ އިސްތިއުނާފް މާދަމާ ފަށަނީ!
09 މެއި 2017

ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި

09 މެއި 2017
ކައުންސިލަރުން ހުވާކުރުން ޖޫން މަހުގެ 3 ގައި
04 މެއި 2017

މަޚުލޫފަށް އިއްވި ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން އިސްތިއުނާފް ފަށަނީ!

04 މެއި 2017
މަޚުލޫފަށް އިއްވި ހަ މަހުގެ ހުކުމް ތަންފީޒްކޮށް ނިމުނުތާ ހަތަރު މަސް ފަހުން އިސްތިއުނާފް ފަށަނީ!
24 މާރިޗު 2017

މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް

24 މާރިޗު 2017
މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް
12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
09 މާރިޗު 2017

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!
05 މާރިޗު 2017

ތިލަފުށީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ

05 މާރިޗު 2017
ތިލަފުށީގައި އޮތް ދޯންޏެއްގައި އަލިފާން ރޯވެއްޖެ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް