Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންތިގާލީ އިންސާފު

ރާއްޖެޓީވީން 3 މައްސަލައެއް އޮމްބަޑްސްޕާރސަންގެ އޮފީހަށް ހުށަހަޅައިފި

ރާއްޖެޓީވީގެ މައި ސްޓޫޑިއޯގެ ތެރެއަށް ޕެޓްރޯލް އަޅާ ރޯކޮށްލުމުގެ ސަބަބުން ލިބުނު ގެއްލުމާއި ހައްގުތައް ހޯދުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 18 އޯގަސްޓު 2021 | ބުދަ 13:10
ރާއްޖެޓީވީގެ ސްޓޫޑިއޯ ރޯކޮށްލާފައިވަނީ، 2013ވަނަ އަހަރު

ރާއްޖެޓީވީގެ ސްޓޫޑިއޯ ރޯކޮށްލާފައިވަނީ، 2013ވަނަ އަހަރު

ރާއްޖެޓީވީން 3 މައްސަލައެއް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީހަށް ހުށަހަޅައިފިއެވެ.

އޮމްބަޑްސްޕާރސަންގެ އޮފީހަށް ހުށަހެޅޭނީ، ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ރާވައި ހިންގި އަމަލެއްގެ ސަބަބުން، ނުވަތަ އެފަދަ އަމަލެއްގެ ނަތީޖާއެއްގެ ސަބަބުން އިންސާނީ ހައްގެއް ނުވަތަ އަސާސީ ހައްގެއް ނިގުޅައިގެންފައިވާ މައްސަލަތަކެވެ.

Advertisement - newsAdvertisement

ރާއްޖެޓީވީން މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 18ވަަނަ ދުވަހުއެވެ.

ރާއްޖެޓީވީން ހުށަހަޅާފައިވަނީ، 7 އޮކްޓޯބަރ 2013ގައި ހަތިޔާރާއެކު ބަޔަކު ވަދެ ރާއްޓީވީގެ މައި ސްޓޫޑިއޯގެ ތެރެއަށް ޕެޓްރޯލް އަޅާ ރޯކޮށްލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި ހައްގުތައް ހޯދުމަށެވެެ. މި މަންޒަރު އެ އިމާރާތުގެ ސީސީޓީވީ ކެމެރާތަކަށް ރެކޯޑް ކުރެވިފައި ހުރިކަމަށް މައްސަލައިގައި ބަޔާން ކޮށްފައިވެއެވެ. ސްޓޭޝަނުގައި ރޯކޮށްލާފައިވަނީ، ކުރިންވެސް އެކިފަހަރުމަތިން ސްޓޭޝަންގެ މަސައްކަތްތައް ހުއްޓުވުމަށް އޭރު ތިއްބެވި ސިޔާސީ އެކި ބޭފުޅުން މަސައްކަތްކޮށް ކާމިޔާބު ނުވުމުން ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ރައްޖެޓީވީއަށް 11.6 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށްވެސް ބުނެފައިވެއެވެ. މި މައްސަލަ ކަމާ ގުޅުންހުރި އިދާރާތަކުން ބަލާފައި ނުވާތީ، ރާއްޖެޓީވީއަށް އިންސާފު ލިބޭނެ ގޮތަކަށް މައްސަލަ ބަލައި ދިނުމަށް ވަނީ އެދިފައެވެ.

ދެވަނަ މައްސަލައަކަށް ހުށަހަޅާފައިވަނީ 26 އޮކްޓޯބަރ 2016ވަނަ ދުވަހުގެރޭ ރާއްޖެޓީވީން ލައިވްކުރި ޕްރޮގްރާމެއްގައި، ކުރީގެ ރައީސް ޔާމީންއަބްދުލް ގައްޔޫމްގެ އަބުރު ގެއްލޭފަދަ ގޮތަކަށް ވާހަކަދައްކާފައިވާ ކަމަށް ބުނެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅު އަޅާފައިވަނީ، ގާނޫނީ އިމުގެ ބޭރުން ކަމަށްވާތީ މިކަމާ ގުޅިގެން ރާއްޖެޓީވީއަށް ސީދާ އެއް މިލައަން ރުފިޔާގެ ގެއްލުން ލިބިފައިވާތީ، އެ ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދިނުމަށެވެ.

ތިންވަނަ މައްސަލައަކީ، 28 ޖުލައި 2017 ގައި ރާއްޖެޓީވީން ވަގުތުން ގެނެސްދިން ޕްރޮގްރާމެއްގައި އޭރު ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރ މުހައްމަދު މުސްތަފާ ދައްކަވާފައިވާ ވާހަކަތަކަކާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ފަރާތުން ފިޔަވަޅު އަޅާފައިވާ މައްސަލައެވެ. ރާއްޖެޓީވީން އެދިފައިވަނީ، އެ ފިޔަވަޅަކީ، ގާނޫނީ އިމުގެ ބޭރުން އަޅަފައިވާ ފިޔަވަޅެއް ކަމަށް ކަނޑައަޅައިދިނުމަށާއި، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހުނު ފަސް ލައްކަ ރުފިޔާ އަނބުރާ ރުޖޫއަކުރުމަށް ކަމާ ގުޅުން ހުރި މުއައްސަސާތަކަށް އަންގައި ދިނުމަށެވެ.

އޮމްބަޑްސްޕާރސަންގެ އޮފީން ބަލަނީ، 1 ޖެނުއަރީ 1953ން ފެށިގެން 17 ނޮވެމްބަރ 2018 އާ ހަމައަށް ހިނގާފައިވާ މައްސަލަތަކެވެ. އާއްމުން ހުށަހަޅާ މައްސަލަ ތަކުގެ އިތުރުން އަމިއްލަ އަށް އިސްނަގައިގެންވެސް މައްސަލަ ބެލުމުގެ ބާރު އެ އޮފީހަށް ލިބިގެންވާއިރު، އެގޮތަށް ބަލާނީ ޕަބްލިކް އިންޓަރެސްޓް ހިމެނޭ މައްސަލަތައްކަަމަށްވެސް އެ އޮފީހުން ބުނެއެވެ. ޕަބްލިކް ހިއަރިންއަކަށް ދާން ޖެހޭ މައްސަލަތަކުގައި އެކަން އެގޮތަށް ކުރާނެ ކަމަށްވެސް އެ އޮފީހުން ވަނީ މައުލޫމާތުދީފައެވެ.

ޖިނާއީ ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމާއި، ތަހުގީގުކުރި މައްސަލައެއްގެ މަދަނީ ގެއްލުމުގެ ބަދަލު ހޯދުމާއި، މުދަލާއި ފައިސާ އަނބުރާ ހޯދުމުގެ ކަންކަން ހިމެނޭނަމަ، ފިޔަވަޅު އެޅުމަށްޓަކައި އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ބާރު އެ އޮފީހަށް ލިބިގެންވެއެވެ.

އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާރސަންގެ އޮފީސްރާއްޖެޓީވީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

06 ސެޕްޓެމްބަރު 2025
ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

15 މެއި 2025
ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

04 ފެބުރުއަރީ 2025
ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

01 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު