Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ

ރައީސް ނަޝީދަށް ދިން ހަމަލާ ތަހުގީގު ކުރުމަށް އިނގިރޭސިވިލާތުގެ އިތުރު ވަކީލެއް

ރައީސް ނަޝީދަށް ހަމަލާ ދިން ހުރިހާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މަސައްކަތް ކުރައްވާނެ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 18 އޯގަސްޓު 2021 | ބުދަ 12:34
އިނގިރޭސިވިލާތުގެ ކުއީން ކައުންސިލުގެ މެންބަރުއް ކަމަށްވާ ކްރިސްޓީ ބްރައިމް

އިނގިރޭސިވިލާތުގެ ކުއީން ކައުންސިލުގެ މެންބަރުއް ކަމަށްވާ ކްރިސްޓީ ބްރައިމް

މެއި މަހުގެ ހަ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާ ތަހުގީގުގައި އެމަނިކުފާނުގެ ފަރާތުން ވަކާލާތު ކުުރުމަށް އިނގިރޭސިވިލާތުގެ ކުއީން ކައުންސިލުގެ މެންބަރެއް ކަމަށްވާ ކްރިސްޓީ ބްރައިމްލޯ ހަމަޖައްސަވައިފިއެވެ.

މިހަކާ ގުޅިގެން އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާ ރޭވުމާއި ހިންގުމުގައި ޝާމިލުވާ އަދި އެކަމަށް ފަންޑުކުރި މީހުން ހޯދުމަށް އެކަމަނާ މަސައްކަތް ކުރައްވާނެ ކަަމަށެވެ.

Advertisement - newsAdvertisement

މީގެއިތުރުން އެމަނިކުފާނަށް ހަމަލާ ދިން ހުރިހާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ބައިނަލްއަގުވާމީ އަދި ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ފަރުވާ ހޯއްދެވުމަށް އެމަނިކުފާނު މިވަގުތު ރާއްޖެއިން ބޭރުގައި ހުންނެވިއިރު ހޯމަ ދުވަހު ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވައި އެމަނިކުފާނު ރާއްޖެއިން ބޭރުގައި ދިރިއުޅުމަށް ހިތް ޚަލާސްކުރައްވައި އެފުރުސަތު ފަހިކޮށްދެއްވުމަށް އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގައި ވަނީ އެދިވަޑައިގެންފައެވެ. މިކަމާ ގުޅިގެން އެމަނިކުފާނު ވަނީ މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲއަށް ސިޓީއެއް ފޮނުއްވާފައެވެ. ސިޓީގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އެ ސިޓީއަކީ ސަރުކާރާއި ދައުލަތުގެ އިދާރާއަކާ ނުރުހިގެން ފޮނުއްވާ ސިޓީއެއް ނޫން ކަމަށެވެ. އަދި އެއީ މިވަގުތުގެ ހާލަތަށް ރިއާޔަތްކޮށް، އިޚުލާސްތެރިކަމާއެކު ދަންނަވާ ދެންނެވުމެއް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ 6 މެއިގައި އެމަނިކުފާނަށް ދިން ހަމަލާ ރާވައި ހިންގި ފަރާތްތަކުގެ ތަހުގީގު އަދި ނުނިމި ކުރިއަށްދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފައިވުމާއެކު އެ ތަހުގީގު ނިމި، އެކަންރާވައި ހިންގި ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެވި، ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި އެމަނިކުފާނު ރާއްޖެ ވަޑައިގަތުމަކީ އެމަނިކުފާނުގެ އާއިލާއާއި ހެޔޮއެދޭ އެތައް ބަޔަކާއި އަދި އެމަނިކުފާނު ވެސް ޖެހިލުންވާ ކަމެއް ކަމަށެވެ.

ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާރައްޔިތުންގެ މަޖިލިސްކުރީގެ ރައީސް، މުހައްމަދު ނަޝީދު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު