Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

އޮޅުވައިނުލާށެވެ. ކާޅުގެ ހާއްޔަށް ބިސްއަޅަނީ ކޮވެއްޔެވެ.

އެކަކު ކުރި މަސައްކަތުން އަނެކަކު ނާޖާއިޒު ފައިދާ ހޯދުމުގެ ކަންކަމަށް މިސާލު ބަސްބަސް ހެދިފައިހުރޭ

ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2021 | އާދީއްތަ 14:53
ކާޅު: ދިވެހި ބަހުގައި ވަރަށް ގިނަ މިސާލުތައް ރައްދު ކުރެވޭ ލަދުކުޑަ ދޫންޏެއް

ކާޅު: ދިވެހި ބަހުގައި ވަރަށް ގިނަ މިސާލުތައް ރައްދު ކުރެވޭ ލަދުކުޑަ ދޫންޏެއް

މި ރާއްޖޭގެ ރަށްރަށުގައި އެންމެ އާއްމު ދޫންޏަކީ ކާޅެވެ. އޭގެ ސިފަޔާއި މިޒާޖު ނުދަންނަ ދިވެއްސަކު ނޫޅޭނެއެވެ. ކާޅަކީ ކަޅުކުލައިގެ ދޫންޏެކެވެ. އިންސާނުން ކައިބޮއި އުޅޭ އެއްޗިއްސާއި ހަޑި ކުނި ބުންޏާއި ފުޅަތަކެތި ވެސް ކައިއުޅޭ ވަރަށް ލަދުކުޑަ ދޫންޏެކެވެ. ޖެހިލުންވުމެއް، ބިރުގަތުމެއް އަމްދުން ނުހުރެއެވެ. ލަދު ހަޔާތުގެ ކަންފުޅެއްވެސް ނުހުރޭމެއެވެ. މީސްތަކުންނަށް ލަނޑު ދިނުމުގައި ފާހަގަކުރެވޭ އެއްޗެކެވެ. އެސޮރު އުޅޭނީ ނިކަން ސްމާޓްކަމަށް ހެދިގެންނެވެ.

މި ބިންމަތީގައި އެންމެ ފުރަތަމަ އިންސާނަކު އަނެއް އިންސާނަކު މެރީމާ މައްޔިތާގެ ހަށިގަނޑާމެދު ކަންތައްކުރަންވީ ގޮތް ނޭނގިފައި ހުއްޓައި ދެން ހަދަންވީ ގޮތުގެ މިސާލު ގާތިލަށް ދެއްކީވެސް ކާޅުކަމަށް ބުނެވެއެވެ. ބިންމަތީގައި ވަޅެއް ކޮނެ ވަޅުލައި ފޮރުވާންވީކަން އަންގައިދިނީ ކާޅުކަމަށް ބުނެވެއެވެ. އެހައިވެސް އެސޮރުގެ ތޫނުފިލިކަން ބޮޑެވެ. ބުއްދިވެރިކަން ބޮޑެވެ. އެހެންވެގެން ކާޅާމެދު ދިވެހި ބަހުގައި ވަރަށް ގިނަ މިސާލު ބަސްބަސް އެކުލެވިގެންވެއެވެ. އެހެން އެވަނީވެސް އެސޮރުމެންގެ ނުބައިކަމާއި ނުލަފާކަން ދިވެހިން ތަޖުރިބާކޮށްފައިވާ އަދި ތަޖުރިބާކުރަމުންދާ މިންވަރުގެ ބޮޑުކަމުންނެވެ.

ދިވެހިންގެ ތެރޭގައި އެއްވެސް ބަނިޔާދަން ކަމެއް ނެތިފައި ލަދުކުޑަ ގޮތްގޮތަށް އުޅޭ މީހުންނާމެދު ވަރަށް ކާޅު މީހެކޭ ބުނެވެއެވެ. ތިމާޔާއި ނުބެހޭ ކަންކަމާ ގާތްނުވެ ދުރުގައި ހުރުމަށް އިންޒާރުދީ އެންގުމަށް ކާޅު ކެޔަސް ސޮއްނުގޮވާށޭ ބުނެވެއެވެ. ހިތާވެގެން އުޅޭ އަންހެންކުއްޖާ އެހެން ފިރިހެނަކާ އިނުންފަދަ އެއްވެސް ހާލެއްގައި އަތުން ބީވުމަށް ނޭދެވޭ އެއްޗެއް ބީވެގެން ގެއްލިގެން ދިޔުންފަދަ ކަންކަން ސިފަ ކުރުމަށް ވެސް އިހުގެ މުސްކުޅިން ބުނެއުޅުނު މިސާލު ބަހަކީ ތެޔޮ ނާށި ކާޅު ގެންދިއުމެވެ. މިޒާތުގެ އަދިވެސް ކިތަންމެ ބަހެކެވެ.

މިފެންވަރަށް އެސޮރުގެ ސްމާޓްކަން ބޮޑުވިޔަސް އެސޮރަށް ވެސް ލަނޑުދޭ ދޫންޏެއް އުޅެއެވެ. އެއީ ކޮވެއްޔެވެ. ކޮވެެއްޔަކީ އޭގެ ސިފަ ކާޅާއި ދާދި އެއްގޮތް ދޫންޏެކެވެ. އެކަމަކު ކާޅަށްވުރެ ތުން ކުރުވެފައި ލޯ ރަތްވާނެއެވެ. ގޮވެލިވެސް ވަރަށް ތަފާތުވާނެއެވެ.

ކޮންމެއަކަސް ކޮވެއްޔަކީ އަމިއްލަޔަށް ހާލިހަދައިގެން ބިސްއަޅާ ދޫންޏެއް ނޫނެވެ. އެސޮރު ބިސްއަޅަނީ ކާޅުގެ ހާއްޔަށެވެ. ދެން ކާޅުވެސް އެއީ ތިމަންނާގެ ބިހެކޭ ހީކޮށް އެބިސްފީކޮށް ތޮށިގަނޑު ފަޅާލައިފައި ޅައެއްޗެއް ނުކުމެ ވަކިވަރަކަށް ބޮޑުވަންދެން ތިމަންނާގެ އަމިއްލަ ދަރިޔެކޭ ހިތައިގެން މައިކާޅު އުޅޭނެއެވެ. މިހެން އުޅެއުޅެފައި އެއީ ކޮވެލީގެ ދަރިއެއްކަން އެނގުނީމާ ހާލިން ވައްޓައިލާނެއެވެ. ފައްސައިލާނެއެވެ. އޭރު އޮންނާނީ ޅައެއްޗަށް ބޭނުންވާ ހުރިހާ މަރުހަލާއެއް ފުރިހަމަވެފައެވެ.

ކޮވެލީގެ ފަރާތުން ކާޅަށް ލިބޭ ލޮޓިވެސް ދިވެހި ބަހުގެ މިސާލުބަސްބަހުގެ ތެރޭގައި އާދެއެވެ. ތިމާގެ އަމިއްލަ ކަންކަންވެސް އަމިއްލަ އަތުން ނުކޮށް އެހެންމީހުން ލައްވައި ކުރުވައި މުހުތާދު ފުއްދުން ފަދަ ކަންކަން ސިފަ ކުރުމަށް ދިވެހިންގެ މެދުގައި ބުނެވޭ ބަހަކީ ކާޅުގެ ހާއްޔަށް ކޮވެލި ބިސްއެޅުން ނުވަތަ ކޮވެލީގެ ބިސް ފީކުރަން ކާޅުއޮތުން ފަދަ ކޮންމެވެސް ބަހެކެވެ. ހަމަ މިމާނައިގައި އަދި އެހެން ބަހެއްވެސް ބޭނުން ކުރެވެއެވެ. އެއީ މީދަލު ހަތްތީން ވާ ފެންބުއިމެވެ. މީދަލުގެ ބުރަ މަސައްކަތުން ކުރުނބާ ބޮވޭގޮތް ހެދީމާ އޭގެ ފައިދާ ވާ ނަގާގޮތުގެ ވާހަކައެވެ.

އެކަކު ކުރި މަސައްކަތުން އަނެކަކު ނާޖާއިޒު ފައިދާ ހޯދުމުގެ ކަންކަމަށް އަދި މިނޫންވެސް ބަސްބަސް ހުރުން އެކަށީގެންވެއެވެ. ބަޔާން މިކުރެވުނީ ދިވެހީންގެ ތެރޭގައި އެންމެ އާއްމުކޮށް ބޭނުންކޮށް އުޅޭ ދެ ބަހެވެ. މިހުންނަނީ ދިވެހީން ވަރަށް ރަނގަޅަށް ދަންނަ ކަންކަމެވެ. މީދަލާއި ވާލާއި ކާޅާއި ކޮވެލީގެ ކަންކަން ދިވެހީންނަށް މީހަކު ކިޔައިދޭކަށް ނުޖެހޭނެއެވެ. އެސޮރުމެންގެ މިޒާޖާއި އާދަތަކުގެ މައްޗަށް ހެދިފައި ހުންނަ މިސާލު ބަސްބަހުގެ މާނަވެސް ކިޔައިދޭކަށް ނުޖެހޭނެއެވެ.

އެކަމަކު މިޒަމާނުގައި އެބަސްބަސް ބޭނުންކުރާ ގޮތާއި އޭގެ މާނަވެސް އޮޅުވައިލެވޭތޯ ބައެއް މީހުން މަސައްކަތް ކުރެއެވެ. މިދާކަށް ރެޔަކުވެސް މީހަކު ބުނި އަޑުއިވުނެވެ. ކޮވެލީގެ ހާއްޔަށް ކާޅު ބިސްއަޅާ ބީދައިންނެވެ. އަޖައިބު ހީވެއެވެ. ދުވަހަކުވެސް ހާލި ނުހަދާ ދޫންޏެއްގެ ހާއްޔަށް އެހެން އެއްޗަކަށް ބިސްއެޅޭނެ ބާވައެވެ. އެއީ ވާނޭ ކަމެއް ނޫނެވެ. ދިމާއަށް ކުރިމަތިން ކަޅާހުދުން ފެންނާން ހުންނަ މިޒާތުގެ ހާމަކަންބޮޑު ކަންކަން އޮޅުވައިލަން އުޅޭ މީހަކު ދެން އޮޅުވައިނުލާނީ ކޮންކަމެއް ބާވައެވެ. ނަހަދާނީ ކޮން ދޮގެެއް ބާވައެވެ.

ދިވެހި ސަގާފަތު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހީންނަށް ދިވެހި ނަންނަން ކިޔުމުގެ ސަގާފަތު ނުއުވި 9 ގަރުނު ވަނީ!

ދިވެހީންނަށް ދިވެހި ނަންނަން ކިޔުމުގެ ސަގާފަތު ނުއުވި 9 ގަރުނު ވަނީ!

18 އޯގަސްޓު 2021

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު