Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އޯލެވެލް އިމްތިހާނުގައި ރަޔާން ހޯދި ކާމިޔާބީ

އުމުރުން 10 އަހަރުގެ ރަޔާން: ވާން ބޭނުންވަނީ ސައިންޓިސްޓަކަށް

ގްރޭޑް އެކަކުން ފެށިގެން ސައިންސްގެ ކަންކަމަށް ޝައުގުވެރިކަން ފާޅުކުރަން ފެށި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2021 | ހޯމަ 18:47
ރަޔާން ރިޔާޒް އަބްދުލް ވާހިދު

ރަޔާން ރިޔާޒް އަބްދުލް ވާހިދު

އުމުރުން އެންމެ 10 އަހަރުގައި ރާއްޖޭގެ ކުއްޖަކު އޯލެވެލް އިމްތިހާނުގައި ކެމިސްޓްރީ ހަދައި، އެ މާއްދާއިން އޭ ސްޓަރ ހޯދި ވާހަކައަކީ މިދިޔަ މެއި ޖޫންގައި އޯލެވެލް އިމްތިހާނު ހެދި ކުދިންގެ ނަތީޖާ ލިބުނު ހިސާބުން ފެށިގެން ސޯޝަލް މީޑިއާގައާއި އަދިވެސް އެނޫން ގޮތްގޮތުން އެންމެ ބޮޑަށް ދެކެވެމުން އަންނަ އެއް ވާހަކައެވެ. އެ ކުއްޖާއަކީ ކޮން ކުއްޖެއްކަން ނޭނގޭ ގިނަ ބަޔަކުވެސް ވަނީ އެކުއްޖާ އެ ހޯދި ކާމިޔާބީއަށް މަރުހަބާ ކިޔާފައެވެ.

ދުނިޔޭގެ އެހެން ގައުމުތަކުގައި ކޮންމެ ދުވަހަކުހެން މިފަދަ އެތައް ކާމިޔާބީއެއް ހޯދަމުން އަންނަ އިރު، މި ކުޑަ ކުޑަ ކުއްޖާ ހޯދި ކާމިޔާބީއަކީ ރާއްޖޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ވަރުގެ ކާމިޔާބީއެކެވެ. ރާއްޖޭގައި އައު ރެކޯޑެއް މިފަހަރު މި ބިންދާލީ ހއ. އިހަވަންދޫއަށް ނިސްބަތްވާ ރަޔާން ރިޔާޒް އަބްދުލް ވާހިދެއެވެ. ރަޔާން މިވަގުތު ތައުލީމު ހާސިލްކުރަމުންދަނީ ހުރަވީ ސްކޫލްގެ ގްރޭޑް 5 ގައެވެ.

ރަޔާންގެ ކާމިޔާބީއާ ގުޅޭގޮތުން ރާއްޖެ އެމްވީއާ ވާހަކަދައްކަމުން ރަޔާންގެ މަންމަ އައިޝަތު ޔުމްނާ ބުނީ ރަޔާނަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް ކަމަށެވެ. ރަޔާނަކީ ވަރަށް ތަފާތު ޚާއްސަ ހުނަރުތަކެއް ލިބިފައިވާ ކުއްޖެއްކަން ފާހަގަކޮށް ރަޔާންގެ މަންމަ ބުނީ ސައިންސްގެ ކަންކަން ދެނެގަތުމަށް ރަޔާންގެ ޚާއްސަ ޝައުގުވެރިކަމެއް ހުންނަ ކަމަށެވެ. އެންމެ ކުޑައިރުން ފެށިގެން ވެސް ފޮތް ކިޔުމާއި، އިތުރު ކަންކަން ދެނަގަތުމުގެ ޝައުގުވެރިކަން ހުންނަކަމަށާއި ގްރޭޑް 1 އިން ފެށިގެންވެސް ސައިންސަށް ޚާއްސަ ޝައުގުވެރިކަމެއް ހުރިކަން ޔުމްނާ ފާހަގަކުރިއެވެ. ކެމިސްޓްރީއަށް ޝައުގުވެރިކަން ފާޅުކުރަންފެށީ ގްރޭޑް 3 ހިސާބުން ކަމަށް އޭނާގެ މަންމަ ވަނީ ބުނެފައެވެ.

ރަޔާން މަންމަ އަކީ ކެމިސްޓްރީ ޓީޗަރަކަށް ވާއިރު ސައިންސްގެ ކަންކަން އެނގުމަށް ރަޔާންގެ ޝައުގުވެރިކަން ހުންނަ ވަރުން ދޭތެރެ ދޭތެރެއިން ބައެއް އެއްޗެހި ކިޔަވައިދޭކަމަށް ޔުމްނާ ބުނެފައިވެއެވެ. އޭނާ ގެންގުޅޭ ފޮތްތައްވެސް ރަޔާން ކިޔައި އުޅޭކަން ފާހަގަކުރިއެވެ. ރަޔާންގެ ޝައުގުވެރިކަން ކެމިސްޓްރީއަށް ދިޔައީ އެހިސާބުން ކަމަށް ވެދާނެ ކަމަށް އެނާގެ މަންމަ ބުންޏެވެ. ރަޔާންގެ ޝައުގުވެރިކަން ކެމިސްޓްރީއަށް ދިޔަ ހިސާބުން އޭނާ އަމިއްލައަށް އިތުރު ކަންކަން ބަލައި ދިރާސާކޮށް، ކެމިސްޓްރީއާ ގުޅުންހުރި އިތުރު ކަންކަން ދެނެގަތުމަށް މަސައްކަތްކޮށްފައިވާކަމަށް ޔުމްނާ ބުންޏެވެ.

އިހަވަންދޫން މާލެއަށް ބަދަލުވީ 2019 ގައި ކަމަށާއި، އޭރު ކެމިސްޓްރީގެ އެކި ކަންކަން އުނގެނުމަށް ރަޔާންގެ ހުރި ޝައުގުވެރިކަން އިިތުރަށް ބޮޑުވެފައިވާކަމަށް ޔުމްނާ ބުނެފައިވެއެވެ. ޔުމްނާ ބުނީ ހުސްވަގުތުތަކުގައި ކުޅިވަރު ކުޅުމުގައި ކޮންމެވެސް ވަރަކަށް އުޅުނު ނަމަވެސް ރަޔާން ގިނަ ވަގުތު ހޭދަކުރަނީ މިކަމާއި ގުޅުންހުރި އިތުރު މައުލޫމާތު ހޯދުމުގައި ކަމަށެވެ. އެގޮތުން އެކި އެކި ކޮމްޕައުންޑްތައް ދިރާސާކުރުމުގައި ގިނަ ވަގުތު ހޭދަކުރާކަމަށާއި މިކަންކަމާއި ގުޅުންހުރި އެކި ޕްރެޒެންޓޭޝަންތައް ހަދާފައިވާކަމަށް ބުނެފައިވެއެވެ.

ރަޔާން މަންމަ ބުނީ ކެމިސްޓްރީގެ ކަންކަން ދެނެގަތުމަށް ރަޔާންގެ ޝައުގުވެރިކަން ހުރިއިރުވެސް އިމްތިހާނުގައި ބޭންދުމުގެ ވިސްނުމެއް އޭރުވެސް ގެންގުޅެފައި ނުވާ ކަމަށެވެ. 2020 ވަނަ އަހަރު އައި ލޮކްޑައުނާއެކުވެސް ރަޔާން ގިނަ ވަގުތު ހޭދަކުރީ މިކަންކަން ދިރާސާކުރުމުގައި ކަމަށާއި، ނޭނގޭ ކަމެއް އުޅޭނަމަ އެކަމެއް ސާފުކުރާ ކަމަށް މަންމަ ބުނެފައިވެއެވެ. ރަޔާން ކެމިސްޓްރީއަށް ދިން ޝައުގުގެ ސަބަބުން މިކަމަށް އިލްމު ހުރިވަރު ބަލާލުމަށް ޕާސްޓް ޕޭޕަރެއް ދީފައިވާކަމަށާއި، މި ޕޭޕަރުން ވަރަށް ރަނގަޅު ނަތީޖާއެއް ހޯދި ކަމަށް ޔުމްނާ ބުނެފައިވެއެވެ.

އޯލެވެލް އިމްތިހާނުގައި ބައިވެރިކުރުމުގެ ވިސްނުން އައީ އެ ހިސާބުން ކަމަށާއި، އިމްތިހާނަށް ތައްޔާރު ކުރުމުގެ މަސައްކަތްވެސް ފެށީ އެހިސާބުން ކަމަށް ޔުމްނާ ބުނެފައިވެއެވެ. މެއި ޖޫންގެ އިމްތިހާނަށް ރަޔާން ތައްޔާރުކުރުމުގެ މަސައްކަތް ފެށީ ފެބްރުއަރީ މަހުގައި ކަމަށް ރަޔާންގެ މަންމަ ބުނެފައިވެއެވެ. އިމްތިހާނަށް ތައްޔާރުކޮށްދިނުމަށް 3 މަސްތެރޭގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާނެ ކަމަށް ޔުމްނާ ބުންޏެވެ.

ރަޔާންއަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުއްޖަކަށް ވެފައި، ގިނައިރު އެއް ތަނަކު އިންނަން ޖެހެންޏާ ރަޔާނަށް އުނދަގޫވެއެވެ. ބޮޑުވަމުން އަންނައިރު އިމްތިހާނުތަކުގައި ބައިވެރިވާން ޖެހޭނެތީ، މިފަދަ ހާލަތެއްގައި ރަޔާންގެ އަމަލުތައް ހުންނާނެ ގޮތްވެސް ބަލާލަން ބޭނުންވި ކަމަށް ޔުމްނާ ބުނެފައިވެއެވެ. އެހެންކަމުން ޕްރައިވެޓްކޮށް އޯލެވެލް އިމްތިހާނުގައި ބައިވެރިކުރީ ކަމަށް ބުނެފައިވެއެވެ. އިމްތިހާނު ހެދިއިރާއި، އިމްތިހާނުގެ ކުރިންވެސް އޯޓިޒަމް ސްކޫލުގެ ފަރާތުން ރަޔާނަށް ލިބުނު އެއްބާރުލުން ޔުމްނާ ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ޕޭޕަރު ނިންމަން ކަނޑައެޅިފައި އިން ވަގުތަށްވުރެ އަވަހަށް ޕޭޕަރު ނިންމާލިކަންވެސް ފާހަގަކުރިއެވެ.

ޔުމްނާ އިތުރަށް ބުނީ މި އިމްތިހާނުގައި ރަޔާން ހޯދި ކާމިޔާބީއާއިމެދު ވަރަށް ބޮޑަށް އުފާ ކުރާ ކަމަށެވެ. އެހެންނަމަވެސް އެންމެ ބޮޑު އުފަލެއް ލިބެނީ ރަޔާންގެ ހުރި ޚާއްސަ ސިފަތަކާއެކުވެސް އިމްތިހާނު ނިންމައި، ރަނގަޅު ނަތީޖާއެއް ހޯދީތީ ކަމަށް ބުނެފައިވެއެވެ. ޔުމްނާ ވަނީ ރަޔާންގެ ހުންނަ ޚާއްސަ ސިފަތަކުގެ ސަބަބުން މީގެ ކުރިން ވަރަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނުކަން ފާހަގަކޮށްފައެވެ. މުޖުތަމައު މިކަމަށް އަހުލުވެރިވެފައިވާ މިންވަރު ކުޑަކަމުން ދިމާވި މިފަދަ އެތައް ކަމަކާހުރެ ރަޔާންއަށް އިތުރަށް ކުރިއަށް ދިއުމަށް ދަތިވިކަމަށާއި، މިފަދަ ކަންކަމަށް މުޖުތަމައު އަހުލުވެރިވުން ވަރަށް މުހިންމު ކަމަށް ޔުމްނާ ބުނެފައިވެއެވެ.

ޔުމްނާ ބުނީ ސައިންސްގެ ދާއިރާއަށް ރަޔާންގެ ހުންނަ ޚާއްސަ ލޯތްބާއެކު ރަޔާން ބޭނުންވަނީ ކެމިސްޓްރީ ދާއިރާއިން ސައިންޓިސްޓަކަށް ވާން ކަމަށެވެ. އަދި މިކަމުގައި ރަޔާނަށް ބޭނުންވާ އެއްބާރުލުން އަބަދުވެސް ދޭނެކަން ޔުމްނާ ވަނީ ބުނެފައެވެ.

ރަޔާން ރިޔާޒް އަބްދުލް ވާހިދުކެމިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟

ރިލްވާންގެ ވާހަކަ ދެއްކުމުން ފުލުހުން "ހާޑުވަނީ" ކީއްވެ؟

10 އޯގަސްޓު 2017
ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

ރިލްވާން ކޮބާ؟ ތިން އަހަރުވީ އިރުވެސް ޖަވާބު ނުލިބުނު ސުވާލު!

08 އޯގަސްޓު 2017
މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް

19 ޖުލައި 2017
ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!

ބްރިޖެއް އަޅައިގެން ސިންގަޕޫރަށްވާން އުޅޭ ރާއްޖެ!

02 ޖޫން 2017
ޒުވާން ރައީސް މެކްރޮންއަކީ ކޮން ބޭފުޅެއް؟

ޒުވާން ރައީސް މެކްރޮންއަކީ ކޮން ބޭފުޅެއް؟

09 މެއި 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު