Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކޮސްޓާ އެތުލެޓިކޯއަށް ބަދަލުވުން

ކޮސްޓާ އެންމެ ފަހުން ބްރެޒިލުގެ އެތުލެޓިކޯއަށް

ކޮސްޓާ ހުރީ ހަތް މަސް ވަންދެން އެއްވެސް ކުލަބަކާ ނުގުޅެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 16 އޯގަސްޓު 2021 | ހޯމަ 11:40
އެތުލެޓިކޯ މިނޭރޯއާ ގުޅުނު ސްޕެއިނުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ

އެތުލެޓިކޯ މިނޭރޯއާ ގުޅުނު ސްޕެއިނުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުގެ އެއްބަސްވުން އުވާލި ސްޕެއިނުގެ ފޯވާޑް ޑިއޭގޯ ކޮސްޓާ އެންމެ ފަހުން ބްރެޒިލުގެ އެތުލެޓިކޯ މިނޭރޯއަށް ސޮއިކޮށްފިއެވެ.

އެތުލެޓިކޯއާއެކު ކޮސްޓާ ހަދާފައި އޮތް އެއްބަސްވުން މި އަހަރުގެ ހޫނު މޫސުމުގައި ހަމަވަން އޮތް ނަމަވެސް، ކޮސްޓާ ވަނީ އަމިއްލައަށް އެއްބަސްވުން އުވާލުމަށް އެ ކުލަބުގައި އެދިފައެވެ. އެއާއެކު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެތުލެޓިކޯއިން ވަނީ ކޮސްޓާގެ އެދުމުގެ މަތިން އޭނާގެ އެއްބަސްވުން އުވާލާފައެވެ. ރިޕޯޓުތައް ބުނާ ގޮތުން އުމުރުން 32 އަހަރުގެ ކޮސްޓާ އާއި އެތުލެޓިކޯގެ ކޯޗިން ސްޓާފަކާ މައްސަލަޖެހި، އޭނާ އެ ޓީމު ދޫކޮށްލަން ނިންމީ އެ ޓީމާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އޮތް ހަ މަސް ދުވަހަށް އެއްވެސް ބަދަލެއް ހޯދުމެއް ނެތިއެވެ.

އެތުލެޓިކޯ އެއްބަސްވުން އުވާލި ނަމަވެސް، މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާގައި ކޮސްޓާ އެއްވެސް ޓީމަކާ ގުޅިފައެއް ނުވެއެވެ. ހަތް މަސް ވަންދެން އެއްވެސް ކުލަބަކާ ނުގުޅެ ހުރުމަށްފަހު ހިލޭ ޓްރާންސްފާއެއްގެ ދަށުން ކޮސްޓާ ވަނީ ބްރެޒިލުގެ އެތުލެޓިކޯއަށް ސޮއިކޮށްފައެވެ. އަދި އޭނާ ވަނީ އެ ކުލަބާއެކު އަންނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެއްބަސްވުން ހަދާފައެވެ.

ބްރެޒިލުގެ އެތުލެޓިކޯއަށް ކޮސްޓާ ސޮއިކުރިއިރު، އޭނާ ފުޓްބޯޅަ ކެރިއަރު ފަށާފައިވަނީވެސް އެ ގައުމުންނެވެ. ބްރެޒިލަށް އުފަން ކޮސްޓާ ވަނީ އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމަށް ދެ މެޗު ކުޅެދީފައެވެ. އެކަމަކު އެ ދެ މެޗަކީ ފީފާގެ މެޗުތަކެއް ކަމަށް ނުވާތީ، ކޮސްޓާ ވަނީ ފަހުން ސްޕެއިންގެ ރަށްވެހިކަން ހޯދައި، އެ ގައުމުގެ ގައުމީ ޓީމަށް ކުޅެފައެވެ.

ބްރެޒިލުގެ ކުލަބަކަށް ކޮސްޓާ ބަދަލުވިއިރު، އޭނާ އެންމެ ބޮޑަށް ވިދާލީ އިނގިރޭސި ކުލަބު ޗެލްސީންނެވެ. އެގޮތުން ކޮސްޓާ ވަނީ ޗެލްސީއާއެކު އިނގިރޭސި ޕްރިމިއާ ލީގު ދެ ފަހަރު އަދި އިނގިރޭސި ލީގު ކަޕް އެއް ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އެތުލެޓިކޯއާއެކު ސްޕެނިޝް ލީގު، ސްޕެނިޝް ކަޕް އަދި ޔުއެފާ ޔޫރޮޕާ ލީގުވެސް ކާމިޔާބުކޮށްފައެވެ.

ޑިއޭގޯ ކޮސްޓާ

އިތުރަށް ކިޔާލަން

13 އޯގަސްޓު 2023

ޑިއޭގޯ ކޮސްޓާ ބްރެޒިލްގެ ބޮޓަފޯގޯއަށް ސޮއިކޮށްފި

13 އޯގަސްޓު 2023
ޑިއޭގޯ ކޮސްޓާ ބްރެޒިލްގެ ބޮޓަފޯގޯއަށް ސޮއިކޮށްފި
25 މާރިޗު 2021

ކޮސްޓާއާއެކު ބެންފީކާ އެއްބަސްވުމަކަށް؟

25 މާރިޗު 2021
ކޮސްޓާއާއެކު ބެންފީކާ އެއްބަސްވުމަކަށް؟
29 މާރިޗު 2020

ކޮސްޓާ ހޯދުމަށް ރޯމާއިން މަސައްކަތް ކުރަނީ

29 މާރިޗު 2020
ކޮސްޓާ ހޯދުމަށް ރޯމާއިން މަސައްކަތް ކުރަނީ
09 ޖޫން 2018

ޑަގްލަސް ކޮސްޓާ ޔުވެންޓަސްއަށް ގެންގޮސްފި

09 ޖޫން 2018
ޑަގްލަސް ކޮސްޓާ ޔުވެންޓަސްއަށް ގެންގޮސްފި
03 މެއި 2018

ކޮސްޓާގެ ނުރައްކަލަށް އާސެނަލް ސަމާލުވާނެ

03 މެއި 2018
ކޮސްޓާގެ ނުރައްކަލަށް އާސެނަލް ސަމާލުވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު