Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ފައިޒަރ ވެކްސިން ދޭން ފެށުން

ސްކޫލް ދަރިވަރުންނަށް ވެކްސިން ޖަހަން ފަށައިފި

ފުރަތަމަ ދުވަހު 600ހާ ދަރިވަރުންނަށް ވެކްސިން ޖެހުމަށް ހަމަޖެހިފޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 15 އޯގަސްޓު 2021 | އާދީއްތަ 07:04
ސްކޫލް ދަރިވަރުންނަށް ވެކްސިން ދޭން ފެށުން

ސްކޫލް ދަރިވަރުންނަށް ވެކްސިން ދޭން ފެށުން

އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ އުމުރުފުރައިގެ ސްކޫލް ދަރިވަރުންނަށް ފައިޒަރ ވެކްސިން ޖަހަން ފަށައިފިއެވެ.

ފައިޒަރ ވެކްސިން ޖަހަން ފަށާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު އިސްލާމީ މަރުކަޒުގައެވެ. ސްކޫލް ދަރިވަރުންގެ އިތުރުން އާންމުންނަށް މި ވެކްސިން ޖެހުމަށް ވަނީ ހުޅުވާލާފައެވެ. އެޕޮއިންޓްމެންޓް ހެއްދުމުން ވެކްސިން ޖެހުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Advertisement - newsAdvertisement

އިސްލާމީ މަރުކަޒުގައި އާދީއްތަ ދުވަހު ސްކޫލް ދަރިވަރުންނަށް ފައިޒަރ ވެކްސިން ޖަހަން ފެށުމުގެ އިންތިޒާމުތައް ބައްލަވައިލެއްވުމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވަނީ ވަޑައިގެންފައެވެ. މިނިސްޓަރު ނަސީމު ވިދާޅުވީ، ވެކްސިން ދިނުމަށް މި ފެށި އާބާދީއަކީ މުހިއްމު އާބާދީއެއް ކަމަށެވެ. ފުރަތަމަ ދުވަހު 600 އެއްހާ ދަރިވަރުންނަށް ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ކަމަށާއި، އެއްވެސް ދަތިކަމެއް ނެތި ކުރިއަށްދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލްތައް ހުޅުވިގެން މިހާތަނަށް ކޮވިޑްގެ ރިޕޯޓެއް ސްކޫލްތަކުން އައިސްފައި ނުވާކަން އުފަލާއެކު ފާހަގަކުރައްވާ ކަމަަށެވެ. ރާއްޖެއަކީ ވެކްސިން ޕްރޮގްރާމްގައި ކާމިޔާބު ގައުމެއްކަމަށާއި، ލީޑަރޝިޕްގެ ފަރާތުން ވިސްނުންތެރިކަމާއެކު ކުރެއްވި މަސައްކަތްޕުޅުގެ ނަތީޖާ ވަރަށް ފުރިހަމަ ކަމަށް މިނިސްޓަރު ނަސީމު ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ދަރިވަރުންގެ ކިޔެވުން ހުއްޓި، ސްކޫލްތައް ބަންދު ކުރަންޖެހިދާނެ ކަމަށް އޮތް ބިރު މިހާރު ފިލައިގެން ގޮސްފައިވާ ކަމަށެވެ. ދަރިވަރުން ހާޒިރު ކޮށްގެން ކިޔަވައިދެވޭނެ އުއްމީދުތައް އައު ވެގެން ހިނގައްޖެ ކަމަށާއި، މަދު ގައުމަކަށް ލިބިފައި އޮތް މި ފުރުސަތުގެ ބޭނުން، ބެލެނިވެރިން ހިއްޕަވައި ދަރިވަރުންނަށް ވެކްސިން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ޔޫއެސްގެ އެހީގައި ރާއްޖެއަށް 128,600 ޑޯޒް ފައިޒަރ ވެކްސިން ލިބިފައިވާ ކަމަށެވެ. ފައިޒަރ ވެކްސިނަކީ އުމުރުން 12 އަހަރުން މަތީގެ މީހުންނަށް ޖެހުމަށް ހުއްދަ ލިބިފައިވާ ވެކްސިނެއް ކަމުން މި ފަހަރު ލިބިފައިވާ ފައިޒަރ ވެކްސިން ޖަހާނީ ވަކި އުމުރު ފުރާތަކަކަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިދިޔަ ދިރާސީ އަހަރު 10 ނިންމި ކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ސްކޫލްތައް މެދުވެރިކޮށެވެ. ފައިޒަރ ވެކްސިން ޖެހުމަށް ޝަރުތުހަމަވާ އާއްމުންނަށް ވެކްސިން ޖަހަންފަށާފައިވާއިރު، މާލޭ ސަރަޙައްދުގައި މި ވެކްސިން ޖަހާނެ ސެންޓަރުތަކާއި ގަޑިތައް އެޗް.ޕީ.އޭއިން ވަނީ އިއުލާންކޮށްފައެވެ.

މާލޭ ސަރަޙައްދުގައި ފައިޒަރ ވެކްސިން ޖަހާނެ ސެންޓަރުތަކާއި ގަޑިތައް

އިސްލާމީ މަރުކަޒު - ހެނދުނު 9:00 އިން ހަވީރު 4:00 އަށް

ހުޅުމާލޭ ހޮސްޕިޓަލް - މެންދުރު 1:00 އިން ހަވީރު 4:00 އަށް

ވިލިމާލެ ޔޫތު ސެންޓަރު - މެންދުރު 1:00 އިން ހަވީރު 4:00 އަށް (އާއްމުކޮށް ޖަހަން ފަށާނީ އޯގަސްޓް 16 އިން ފެށިގެން)

އެޗް.ޕީ.އޭއިން ވަނީ ސްކޫލްތަކުގެ ދަރިވަރުންނާއި މިދިޔަ ދިރާސީ އަހަރު ގްރޭޑް 10 ނިންމި ކުދިން ފިޔަވާ، 12 އަހަރާއި 17 އަހަރުގެ ކުދިންނާއި މާބަނޑުމީހުންނާއި ވެކްސިން ޖެހުމަށް ޝަރުތުހަމަވާ އެހެން ފަރާތްތައް ވެކްސިން ޖެހުމަށް book.hpa.gov.mv މެދުވެރިކޮށް އެޕޮއިންޓްމަންޓް ހަދައިގެން ވެކްސިން ޖަހަންދިއުމަށް އިލްތިމާސްކޮށްފައެވެ. އަދި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ފަރާތްތަކުން ވެކްސިން ޖެހުމަށްދާއިރު އައި.ޑީ ކާޑު ނުވަތަ ޕާސްޕޯޓާއެކު ކަމާގުޅުންހުރި ލިޔެކިޔުންތައް ގެންދިއުމަށް ވަނީ އަންގަވާފައިވެއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަން ހެލްތު މިނިސްޓްރީކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމްކޮވިޑް-19

ކޮމެންޓް

އިތުރަށް ކިޔާލަން

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

އަސާސީ ބޭސް ނުލިބޭ މައްސަލަ: މިނިސްޓަރު ވިދާޅުވީ ނުލިބެނީ ޑޮކްޓަރުން ލިޔާ ބްރޭންޑުގެ ބޭސް ކަމަށް

26 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

އެއް ފަހަރާ ތިން ދަތް ނެގި އަންހެނެއް، ފަރުވާ ދިން ކްލިނިކްގެ އިހުމާލުން މަރުވެއްޖެ ކަމަށް އާއިލާ އިން ތުހުމަތު ކޮށްފި

17 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު