Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19 ވެކްސިން

އާދީއްތަ ދުވަހު ވެކްސިންގެ ދެވަނަ ޑޯޒް ޖެހީ 1،602 މީހުން

ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންގެ އަދަދަކީ 285,931

އިސްމާއިލް އާޒިމް
އިސްމާއިލް އާޒިމް | 9 އޯގަސްޓު 2021 | ހޯމަ 18:08
ކުޅުދުއްފުށީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށްދަނީ

ކުޅުދުއްފުށީގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ކުރިއަށްދަނީ

ރާއްޖެއިން އިތުރު 1،602 މީހުން ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ އިތުރު 1،602 މީހުން ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާއިރު, މީގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހި 953 މީހުންނާއި އަތޮޅުތަކުން ދެވަނަ ޑޯޒް ފުރިހަމަކުރި 649 މީހުންކަމަށެވެ.

Advertisement - newsAdvertisement

މިދިޔަ ހޮނިހިރު ދުވަހު އަތޮޅު ތެރެއިން އިތުރު 481 މީހަކު ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި މާލެ ސަރަހައްދުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނީ 669 މީހުންނެވެ. އެއާއެކު ރާއްޖެއިން މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދު 331,654ށް އަރާފައިވާއިރު، ދެވަނަ ޑޯޒް ޖަހާފައިވާ މީހުންގެ އަދަދަކީ 285,931 އެވެ.

ވެކްސިން ނުޖަހާ މީހުންނަށް ބައެއް ޚިދުމަތްތައް ލިބިގަތުމުގައި މިހާރު ވަނީ ހުރަސްތަކެއް އަޅާފައެވެ. އެގޮތުން ސެޕްޓެމްބަރު 1 ވަނަ ދުވަހުގެ ފަހުން, ވެކްސިން ނުޖަހައި ދަތުރުކުރާ މީހުންގެ ރިލީޒް ސާމްޕަލް ދެން ހިލޭ ހަދައި ނުދޭނެ ކަމަށް އެޗްއީއޯސީން ވަނީ ބުނެފައެވެ. އަދި ވެކްސިން ނުޖަހާ މީހުންނަށް އެތެރޭގެ އުދުހުންތަކުން ވެސް ދަތުރުނުކުރެވޭ ގޮތަށް ނިންމުމަށް ސަރުކާރުން މަޝްވަރާތައް ފަށާފައިވާއިރު، ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ ތިބި މީހުންނަށް ކެފޭ ރެސްޓޯރެންޓުތަކުން ޚިދުމަތް ނުދިނުމަށްވެސް ސަރުކާރުން ވަނީ ނިންމާފައެވެ.

ވެކްސިން ޖެހުމަށްޓަކައި ގްރޭޓަރ މާލެ ސަރަހައްދުގައި 6 ވެކްސިނޭޝަން ސެންޓަރ އަދި 3 މޯބައިލް ޓީމް ހަރަކާތްތެރިވެއެވެ. އަތޮޅުތެރޭގައި ވެކްސިން ޖެހުމަށް 176 ސެންޓަރެއް ދަނީ އޮޕަރޭޓްކުރަމުންނެވެ.

ކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމް

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2022

ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް 1391 މީހުން ޖަހައިފި

21 ނޮވެމްބަރު 2022
ކޮވިޑް-19 ވެކްސިންގެ ދެވަނަ ބޫސްޓަރ ޑޯޒް 1391 މީހުން ޖަހައިފި
07 ނޮވެމްބަރު 2022

1381 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

07 ނޮވެމްބަރު 2022
1381 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި
24 އޮކްޓޯބަރު 2022

1366 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

24 އޮކްޓޯބަރު 2022
1366 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި
10 އޮކްޓޯބަރު 2022

1345 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި

10 އޮކްޓޯބަރު 2022
1345 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ޖަހައިފި
26 ސެޕްޓެމްބަރު 2022

1338 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ފުރިހަމަކޮށްފި

26 ސެޕްޓެމްބަރު 2022
1338 މީހުން ބޫސްޓަރ ދެވަނަ ޑޯޒް ފުރިހަމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު