Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޫސުމީ ބަދަލުތައް

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވާ ކާރިސާތައް މިގަރުނުގެ ފަހުކޮޅު އަހަރަކު އެއްފަހަރު އަންނާނެ - އައިޕީސީސީ ރިޕޯޓް

ރިޕޯޓް ތައްޔާރުކުރުމުގައި ދުނިޔޭގެ 66 ގައުމަކުން 234 ސައިންޓިސްޓުން ބައިވެރިވެފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 އޯގަސްޓު 2021 | ހޯމަ 17:45
މޫސުން ގޯސްވުމުގެ ސަބަބުން ހއ. ހޯރަފުއްޓަށް އުދައެރުން

މޫސުން ގޯސްވުމުގެ ސަބަބުން ހއ. ހޯރަފުއްޓަށް އުދައެރުން

ކަނޑުގެ ލޮނުގަނޑު އުފުލުމެ ސަބަބުން ދިމާވާ ކާރިސާތައް މީގެ ކުރިން، ކޮންމެ 100 އަހަރަކުން އެއް އަހަރަކު ފެނުނު ކަމުގައި ވީނަމަވެސް، މިވަގުތުގެ އަންދާޒާތަކުން، މި ފަދަ ކާރިސާތައް މި ގަރުނުގެ ފަހުކޮޅުގައި، އަހަރަކު އެއް ފަހަރު އަންނާނެ ކަމަށް އިންޓަރ ގަވަރމެންޓަލް ޕެނަލް އޮން ކަލްއިމެޓް ޗޭންޖް (އައިޕީސީީސީ) އިން މިއަދު ހާމަކުރި ރިޕޯޓުގައި ބުނެފިއެވެ.

ކައިރި މުސްތަގުބަލެއްގައި ޖައްވަށް ބޭރުކުރެވޭ ވިހަ ގޭހުގެ މިންވަރު ބޮޑުތަނުން ދަށްކޮށް، މިހާރުން މިހާރަށް އަވަސް ހައްލެއް ނުހޯދައިފިނަމަ، ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީސް ސެލްސިއަސްގައި ހިފެހެއްޓުމަށްޓަކައި ކަޑައަޅާފައިވާ ލަނޑުދަޑިއަށް ވާސިލް ނުވެވޭނެ ކަމަށް، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން ދިރާސާކުރާ އެންމެ ތަޖުރިބާކާރު ސައިންޓިސްޓުން ހިމެނޭ، ބައިނަލްއަގްވާމީ ޖަމިއްޔާ ކަމުގައިވާ، އައިޕީސީސީން ހާމަކުރި ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އަދި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ މޫސުމީ ނިޒާމަށް ވަނީ ބޮޑެތި ބަދަލުތަކެއް ވަރަށް އަވަސް ބާރުމިނެއްގައި އައިސްފައި ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް މިހާތަނަށް ފެނިފައިނުވާފަދަ ބަދަލުތައް ފެނުން އެކަށީގެންވާ ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

މި ރިޕޯޓްގައި ބަޔާންކޮށްފައިވަނީ ސިނާއީ އިންގިލާބުން ފެށިގެން މިއަދާ ހަމައަށްވެސް އިންސާނުންގެ އަމަލުތަކުގެ ސަބަބުން ޖައްވު ހޫނުވަމުން އަންނަކަމަށާއި، އަދި މިވަގުތު ޖައްވަށް ބޭރުކުރެވޭ ވިހަ ގޭހުގެ މިންވަރު ހުރީ ގާތްގަޑަކަށް އަހަރަކު 40 ގިގަ ޓަނުގައި ކަމަށެވެ. އަދި ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި އެވެރެޖްކޮށް އަހަރަކު މިވަރަށް ވިހަ ގޭސް ބޭރެކުރެވޭނަމަ، ކުރިއަށް އޮތްތަނުގައި 1.5 ޑިގްރީއަށް ވުރެ މައްޗަށް ދެނިޔޭގެ ފިނިހޫނުމިން އަރައިގެންދާނެކަމަށެވެ. ވިހަގޭހުގެ ސަބަބުން ކުރާ އަސަރުތަކުގެ ތެރޭގައި، ދުނިޔޭގެ މޫސުމީ ނިޒާމު އާދަޔާޚިލާފަށް ބަދަލުވެ، ބައެއް ހިސާބުތަކަށް ވިއްސާރަ ކުރާ މިންވަރު އިންތިހާއަށް އިތުރުވެ، ފެންބޮޑުވުމުގެ ކާރިސާތައް އިތުރުވެ، އަނެއްބައި ހިސާބުތަކަށް ވާރޭވެހޭ މިންވަރު އިންތިހާއަށް ދަށްވެ، ފެނަށް ޖެހުން އިތުރުވެފައިވެއެވެ. ހަމަ އެއާއިއެކު، ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު މި ގަރުނުގެ ތެރޭގައި ހުއްޓުމެއްނެތި އުފުލެމުން އަންނާނެކަމަށާއި، މިކަމުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމުތަކުގެ ގޮނޑުދޮށްތައް ގިރާ މިންވަރު އިތުރުވެ ފެންބޮޑުވާ މިންވަރުވެސް އިތުރުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި، މި ފަދައިން، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިމާވާ ކާރިސާތައް މީގެ ކުރިން، ކޮންމެ 100 އަހަރަކުން އެއް އަހަރަކު ފެނުނު ކަމުގައި ވީނަމަވެސް، މިވަގުތުގެ އަންދާޒާތަކުން، މި ފަދަ ކާރިސާތައް  މި ގަރުނުގެ ފަހުކޮޅުގައި، އަހަރަކު އެއް ފަހަރު އަންނާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ. އަދި، 2 ޑިގްރީ ސެލްސިއަސްގައި ދުނިޔޭގެ ފިނިހޫނުމިން ހުންނަނަމަ، ޖައްވު ހޫނުވުމުގެ ސަބަބުން ނިކުންނަ ކާރިސާތައް އިތުރުވެ، ސިއްހީ ގޮތުން  ކުރާ ނޭދެވޭ އަސަރު އިތުރުވެ، ދަނޑުތައް ހަލާކުވެ ކާބޯތަކެތީގެ ޔަގީންކަން ކަށަވަރުކުރުމަށް ދަތިވުން އެކަށީގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް، މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުންނަމަ، ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ވަރަށް ހަލުވިކަމާއިއެކު އެކަށީގެންވާ މިންވަރަށް ޖައްވަށް ދޫކުރެވޭ ވިހަ ގޭހުގެ މިންވަރު މަދުކުރެވިއްޖެނަމަ، މޫސުމީ ބަދަލުތަކުން ކުރާ އަސަރު ކުޑަކުރެވޭނެއެވެ. އެހެންނަމަވެސް މީގެ ނަތީޖާ ފެންނަން މަދުވެގެން 20-30 އަހަރު ނަގާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މި ރިޕޯޓަކީ އައިޕީސީސީގެ 6 ވަނަ އެސެސްމަންޓަށް، އެއް ވަނަ ވޯރކިންގ ގްރޫޕްގެ ނިންމުންތައް ބަޔާންކޮށް ހުށައަޅާފައިވާ ރިޕޯޓެކެވެ. މި ރިޕޯޓުގެ މަގްސަދަކީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ނިމިދިޔަ އަހަރުތަކުގައާއި، މިހާރު އަދި ކުރިއަށް އޮތް ތަނުގައި ކުރާނެ އަސަރު ހޯދާ ދިރާސާކުރުމެވެ. މި ރިޕޯޓްވަނީ މިދިޔަ ހުކުރު ދުވަހު، ދުނިޔޭގެ 196 ގައުމަކުން ބަލައިގެންފައެވެ. ކޮވިޑްގެ ހާލަތާއި ގުޅިގެން މި ރިޕޯޓާއި ބެހޭ ބަހުސްތައް މިއަހަރު ހިނގާފައިވަނީ 26 ޖުލައި އިން ފެށިގެން 2 ހަފުތާއަށް ދެމިގެން ދިޔަ އޮންލައިން ސެޝަންތަކެއްގައެވެ. މިގޮތުން އޮންލައިންކޮށް ބަހުސްކުރެވި ބަލައިގަނެވުނު އައިޕީސީސީގެ ފުރަތަމަ ރިޕޯޓަށް މި ރިޕޯޓް ވެގެންދާނެއެވެ. މި ރިޕޯޓް ތައްޔާރުކުރުމުގައި ދުނިޔޭގެ 66 ގައުމަކުން 234 ސައިންޓިސްޓުން މަސައްކަތްކޮށްފައިވެއެވެ.

މޫސުންއައިޕީސީސީއިންޓަރ ގަވަރމެންޓަލް ޕެނަލް އޮން ކަލްއިމެޓް ޗޭންޖް

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި

16 އޮކްޓޯބަރު 2025
މުޅި ރާއްޖެއަށް ވައިޓް އެލަރޓް ނެރެފި
14 އޮކްޓޯބަރު 2025

އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!

14 އޮކްޓޯބަރު 2025
އޮކްޓޫބަރު 17 އާއި ހަމައަށް މޫސުން ގޯސް، ސަމާލުވެލައްވާ!
20 އޯގަސްޓު 2025

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި

20 އޯގަސްޓު 2025
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފި
05 އޯގަސްޓު 2025

ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި

05 އޯގަސްޓު 2025
ވައިގަދަވެ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި
18 ޖުލައި 2025

ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު

18 ޖުލައި 2025
ރާއްޖޭގެ ބޮޑު ބަޔަކަށް ރީނދޫ އިންޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު