Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޓޯކިއޯ އޮލިމްޕިކްސް

ޓޯކިއޯ އޮލިމްޕިކްސް - މެޑަލް ލިސްޓުގެ އެއްވަނައިގައި އެމެރިކާ

ލިސްޓުގެ ދެވަނަ ހޯދީ 88 މެޑަލް ހޯދި ޗައިނާ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 9 އޯގަސްޓު 2021 | ހޯމަ 10:16
ޓޯކިއޯ އޮލިމްޕިކްސްގެ އަންހެނުންގެ ބާސްކެޓްބޯޅައިން ރަން މެޑަލް ހޯދި އެމެރިކާ ޓީމު

ޓޯކިއޯ އޮލިމްޕިކްސްގެ އަންހެނުންގެ ބާސްކެޓްބޯޅައިން ރަން މެޑަލް ހޯދި އެމެރިކާ ޓީމު

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު އޮލިމްޕިކް ގޭމްސް 2020 ގެ މެޑަލް ތާވަލުގެ އެއްވަނަ އަނެއްކާވެސް އެމެރިކާއިން ހޯދައިފިއެވެ.

ދުނިޔޭގެ 200 ށްވުރެ ގިނަ ގައުމުން ބައިވެރިވާ ގޭމްސް މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހު ފެށިއިރު، އާދީއްތަ ދުވަހު ގޭމްސް ވަނީ ރަސްމީކޮށް ނިންމާލާފައެވެ. މި ފަހަރުގެ ގޭމްސްގެ މެޑަލް ތާވަލުގެ އެއްވަނަ އެމެރިކާއިން ހޯދިއިރު، 1996 ވަނަ އަހަރުން ފެށިގެން މިހާތަނަށް ބޭއްވި ކޮންމެ އޮލިމްޕިކްސް އެއްގެވެސް މެޑަލް ތާވަލުގެ އެއްވަނަ އެ ގައުމުން އަންނަނީ ހޯދަމުންނެވެ.

މި ފަހަރުގެ އޮލިމްޕިކްސްގައި އެމެރިކާގެ 626 އެތުލީޓުން ވާދަކުރިއިރު، އެ ގައުމުން ވަނީ 39 ރަން މެޑަލް ހޯދާފައެވެ. އަދި 41 ރިހި މެޑަލް ހޯދިއިރު، އެ ގައުމުން ވަނީ 33 ލޯ މެޑަލް ހޯދާފައެވެ. މިއީ ޖުމްލަ 113 މެޑެއްޔެވެ. މެޑަލް ލިސްޓުގެ ދެވަނައިގައި އޮތް ޗައިނާއިން ވަނީ ޖުމްލަ 88 މެޑަލް ހޯދާފައެވެ. އެއީ 38 ރަން މެޑެއްޔާއި، 32 ރިހި މެޑަލް އަދި 18 ލޯ މެޑެއްޔެވެ.

ދެން މި ލިސްޓުގެ ތިންވަނަ ހޯދި ޖަޕާނުން ވަނީ ޖުމްލަ 58 މެޑަލް ހޯދާފައެވެ. އެއީ 27 ރަން މެޑެއްޔާއި، 14 ރިހި މެޑަލް އަދި 17 ލޯ މެޑެއްޔެވެ. މެޑަލް ލިސްޓުގެ ހަތަރުވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އެ މީހުންނަށް ޖުމްލަ 65 މެޑަލް ލިބުނަސް މެޑަލް ތާވަލުގައި ފަހަތުގައި އޮތީ ރަން މެޑަލް މަދުވުމުންނެވެ. އިނގިރޭސިވިލާތުން 22 ރަން މެޑަލް ހޯދިއިރު، އެ މީހުން ވަނީ 21 ރިހި މެޑަލް އަދި 22 ލޯ މެޑަލްވެސް ހޯދާފައެވެ.

ލިސްޓުގެ ފަސްވަނައިގައި ނިންމީ ރަޝިއަން އޮލިމްޕިކް ކޮމިޓީ (އާރްއޯސީ) އެވެ. މި ފަހަރުގެ ގޭމްސްއާ ކުރިމަތިލިއިރު ރަޝިއާ ސަސްޕެންޝަނެއްގައި އޮތުމުން، އޮލިމްޕިކްސްގައި އެ ގައުމުގެ އެތުލީޓުން ވާދަކުރުމުގެ ފުރުސަތު ދިނީ އާރްއޯސީގެ ނަމުގައެވެ. 300 ށްވުރެ ގިނަ އެތުލީޓުން އާރްއޯސީގެ ނަމުގައި ވާދަކުރިއިރު، އެ މީހުން ވަނީ ޖުމްލަ 71 މެޑަލް ހޯދާފައެވެ. އެއީ 20 ރަން މެޑެއްޔާއި، 28 ރިހި މެޑަލް އަދި 23 ލޯ މެޑެއްޔެވެ.

މި ފަހަރުގެ އޮލިމްޕިކްސް ނިންމުމުގެ ރަސްމިއްޔާތު އާދީއްތަ ދުވަހުގެރޭ ބޭއްވިއިރު، މި ރަސްމިއްޔާތުވެސް ބާއްވާފައިވަނީ ފަޅު ސްޓޭޑިއަމެއްގައެވެ. އަދި މި ފަހަރުގެ ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތު ބަލަމްވެސް ވައްދާފައިވަނީ 1،000 ށްވުރެ މަދު މީހުންނެވެ.

ކޮވިޑް-19 އާ ގުޅިގެން މިދިޔަ އަހަރުގެ އޮލިމްޕިކްސް މި އަހަރު ބޭއްވިއިރު، މިއީ ތާރީޚުގައި އޮލިމްޕިކްސް ފަސްކުރި ފުރަތަމަ ފަހަރެވެ. އޮލިމްޕިކްސްއަށް ފަހު ޕެރަލިމްޕިކްސް ބާއްވަން ތާވަލުކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން އަންނަ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށެވެ.

ޓޯކިއޯ އޮލިމްޕިކްސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސްޕެއިން ބަލިކޮށް ބްރެޒިލުން ރަން މެޑަލް ދިފާއުކޮށްފި

ސްޕެއިން ބަލިކޮށް ބްރެޒިލުން ރަން މެޑަލް ދިފާއުކޮށްފި

07 އޯގަސްޓު 2021
ސްވިޑެން ބަލިކޮށް ކެނެޑާއަށް ރަން މެޑަލް

ސްވިޑެން ބަލިކޮށް ކެނެޑާއަށް ރަން މެޑަލް

06 އޯގަސްޓު 2021
ފްރާންސް ބަލިވިއިރު، ބްރެޒިލަށް މޮޅެއް

ފްރާންސް ބަލިވިއިރު، ބްރެޒިލަށް މޮޅެއް

22 ޖުލައި 2021
އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ މުބާލާއި ނަބާހާ

އޮލިމްޕިކްސްގައި ދިވެހި ދިދަ އުފުލާނީ މުބާލާއި ނަބާހާ

22 ޖުލައި 2021
ފުރަތަމަ މެޗުން ބަލިވެ އެމެރިކާގެ ސިލްސިލާއަށް ނިމުމެއް

ފުރަތަމަ މެޗުން ބަލިވެ އެމެރިކާގެ ސިލްސިލާއަށް ނިމުމެއް

21 ޖުލައި 2021

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު