Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޮލިމްޕިކްސްއަށް ފެތުންތެރިން ކަނޑައެޅުން

ފީނާގެ އެންގުމަށް އޮލިމްޕިކްސްގެ ފުރުސަތު ސާޖިނާ އާއި މުބާލަށް

ފެތުންތެރިން ބަދަލުކުރަން ޖެހުނީ ފީނާގެ ރޭންކިންއަށް ބަލަން އެންގުމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 5 ޖުލައި 2021 | ހޯމަ 10:15
އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރަން ކަނޑައެޅި ފެތުންތެރިން ކަމަށްވާ ސާޖިނާ އާއި މުބާލް

އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރަން ކަނޑައެޅި ފެތުންތެރިން ކަމަށްވާ ސާޖިނާ އާއި މުބާލް

ދުނިޔޭގެ ފެތުމުގެ މައި ޖަމިއްޔާ، ފީނާ އިން ކަނޑައެޅި އުސޫލުތަކާ ގުޅިގެން މި އަހަރުގެ ޖުލައި މަހު ބާއްވާ ޓޯކިއޯ އޮލިމްޕިކް ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިންގެ ގޮތުގައި އައިޝަތު ސާޖިނާ އާއި މުބާލް އައްޒާމް އިބްރާހީމް ހަމަޖައްސައިފިއެވެ.

މީގެ ކުރިން މިދިޔަ މެއި މަހު ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ އޮލިމްޕިކްސްގެ ފުރުސަތު އަލީ އިމްއާނާއި އައިޝަތު ސައުސަން ދީފައެވެ. އެ ދެ ފެތުންތެރިންނަށް އެ ފުރުސަތު ދިނީ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުން ފެށިގެން މެއި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ބޭއްވުނު ޓްރަޔަލުގެ ނަތީޖާއަށް ބަލައިގެންނެވެ.

އެގޮތުން ޓްރަޔަލުގައި އިމްއާނަށް ވަނީ 3،140 ޕޮއިންޓް ލިބިފައެވެ. ދެން އޭނާއާ ވާދަކުރި މުބާލަށް ލިބިފައިވަނީ 3،024 ޕޮއިންޓެވެ. މީގެ އިތުރުން އޮލިމްޕިކްސްއިން ސައުސަން ޖާގަ ހޯދީ ޓްރަޔަލުގައި 2،997 ޕޮއިންޓް ހަމަކޮށްގެންނެވެ. އަންހެން ބައިގައި ދެން ވާދަކުރި ސާޖިނާއަށް ލިބިފައިވަނީ 2،905 ޕޮއިންޓެވެ.

އެކަމަކު އާދީއްތަ ދުވަހު ސްވިމިން އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓްރަޔަލްތަކުގެ ނަތީޖާއަށް ބަލައި އިއްމާނާއި ސައުސަންގެ ނަން އޮލިމްޕިކް ކޮމިޓީ އާއި ފީނާއަށް ފޮނުވައި، އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާނީ އެ ދެ ފެތުންތެރިން ކަމުގައި ކަނޑައެޅިއެވެ. އެކަމަކު އެއީ އޮލިމްޕިކްސްއަށް ކޮލިފައިނުވާ ގައުމުތަކުގެ ފެތުންތެރިން ހޮވުމުގައި އަމަލުކުރާނީ ފީނާގެ ގަވާއިދުގައި އޮންނަގޮތުން އެ ފެޑެރޭޝަނުގެ ރޭންކިންއަށް ބަލައި، އެންމެ މަތިން ޕޮއިންޓް ހޯދާފައިވާ ފެތުންތެރިންނަށް ފުރުސަތު ދޭ ގޮތަށް ކަމަށް މިިދިޔަ މަހު 25 ވަނަ ދުވަހު ފީނާއިން އެންގި ކަމަށްވެސް ވަނީ ބުނެފައެވެ.

އެހެންކަމުން އެހާ ވަގުތު ކުޑަތަން ވެފައި ވަނިކޮށް ފީނާގެ ނިންމުން އެހެން ގޮތަކަށް ބަދަލުކުރުމުން، ރާއްޖެއިން ފެތުންތެރިން ނެގުމުގައި އަމަލުކޮށްފައިވާ އުސޫލަކީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު ފީނާއިން އެންގި އެންގުމާ އެއްގޮތަށް ކުރިއަށް ގެންދިޔަ ކަމެއް ކަމަށް އެ ފެޑެރޭޝަނަށް އަންގާފައިވާނެ ކަމަވެސް ވަނީ ބުނެފައެވެ. އަދި އޮލިމްޕިކްސް ފަދަ ބޮޑު މުބާރާތެއްގައި ރާއްޖެ ތަމްސީލުކުރާ ފެތުންތެރިން އިއުލާނުކޮށް، އެ ފެތުންތެރިން ވާދަކުރާ އިވެންޓުތަކަށް ތަމްރީނު ހަދަމުން ދަނިކޮށް ފެތުންތެރިން ބަދަލުވުމަކީ ފެތުންތެރިންނާއި ކޯޗުންނާއި އާއިލާތަކުން އަދި އެސޯސިއޭޝަންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއް ކަމަށް ފީނާއަށް އަންގާފައިވާނެ ކަމަށްވެސް ސްވިމިން އެސޯސިއޭޝަނުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެކަމަކު ސްވިމިން އެސޯސިއޭޝަނުން އެ ގޮތަށް ފީނާއަށް އެންގި ނަމަވެސް، އޮލިމްޕިކްސްއަށް ކޮލިފައިނުވާ ފެތުންތެރިން ބައިވެރިކުރަން ގައުމުތަކަށް ފުރުސަތު ދޭނީ ފީނާގެ އުސޫލުގައިވާ ގޮތަށް ރޭންކިންއަށް ބަލައިގެން ކަމަށާއި، ކުރިން ވަކިގޮތަކަށް އެންގިފައި އޮތް ނަމަވެސް އެ ގޮތަށް ނުބަލަން ފީނާއިން ނިންމާފައިވާ ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެއެވެ.

އެހެންކަމުން ފީނާ ރޭންކިންއަށް ބަލައި އޮލިމްޕިކްސްގެ ފުރުސަތު ސާޖިނާ އާއި މުބާލަށް ދިނުމަށް ސްވިމިން އެސޯސިއޭޝަނުން ވަނީ ނިންމާފައެވެ. އޮލިމްޕިކްސްގައި މުބާލް ވާދަކުރާނީ 100 މީޓަރު ފްރީސްޓައިލް އިވެންޓުގައެވެ. އަދި ސާޖިނާ ވާދަކުރާނީ 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައެވެ. މި ދެ ފެތުންތެރިންނަކީ އޮލިމްޕިކް ސްކޮލަޝިޕުގެ ދަށުން ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއެކު ތަމްރީނު ހެދުމުގެ ފުރުސަތު އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން ދިނުމުން، ރާއްޖޭން ބޭރުގައި ތަމްރީނު ހަދަމުންދާ ދެ ފެތުންތެރިންނެވެ.

މި އަހަރުގެ ޖުލައި މަހު ޓޯކިއޯ އޮލިމްޕިކްސް ބާއްވާއިރު، މިއީ މިދިޔަ އަހަރުގެ ގޭމްސްއެވެ. އެކަމަކު ކޮވިޑް-19 ގެ ސަބަބުން އޮލިމްޕިކްސް ފަސްކުރިއިރު، މިހާރު ވަނީ މި އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އޮލިމްޕިކްސް ބާއްވަން ތާވަލުކޮށްފައެވެ.

ޓޯކިއޯ އޮލިމްޕިކްސްސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތަޒްކިޔާ، އިޒްޔާން، މެރާލް އަދި ރިހާން ޤައުމީ ރެކޯޑު އައު ކޮށްފި

ތަޒްކިޔާ، އިޒްޔާން، މެރާލް އަދި ރިހާން ޤައުމީ ރެކޯޑު އައު ކޮށްފި

07 އޮކްޓޯބަރު 2024
ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

06 ފެބުރުއަރީ 2024
ސަތޭކަ މީޓަރު ބަޓަފްލައި ރޭހުން މެރާލް ރަން މެޑަލް ހޯދައިފި

ސަތޭކަ މީޓަރު ބަޓަފްލައި ރޭހުން މެރާލް ރަން މެޑަލް ހޯދައިފި

27 ޑިސެމްބަރު 2023
ފަތާ ޓްރެކަށް ނަޖިސް ޖަމާވާ މައްސަލަ، ދާއިމީ ޙައްލެއް ހޯދުމަށް މަސައްކަތް ކުރަނީ

ފަތާ ޓްރެކަށް ނަޖިސް ޖަމާވާ މައްސަލަ، ދާއިމީ ޙައްލެއް ހޯދުމަށް މަސައްކަތް ކުރަނީ

19 ޑިސެމްބަރު 2023
އެޗްޕީއޭގެ އެންގުމަކަށް މާލޭ ސިވިމިން ޓްރެކް ބަންދު ކޮށްފި

އެޗްޕީއޭގެ އެންގުމަކަށް މާލޭ ސިވިމިން ޓްރެކް ބަންދު ކޮށްފި

10 އޯގަސްޓު 2023

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު